[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަރަކަ 11

17760

ނަރަކައިގެ ދޮރުތައް 

އަދި ﷲ ތަޢާލާ سورة الهمزة ގައި ވަޙީކުރެއްވިއެވެ.

وَيْلٌ لِّكُلِّ هُمَزَةٍ لُّمَزَةٍ ﴿١﴾ الَّذِي جَمَعَ مَالًا وَعَدَّدَهُ ﴿٢﴾ يَحْسَبُ أَنَّ مَالَهُ أَخْلَدَهُ ﴿٣﴾ كَلَّا ۖ لَيُنبَذَنَّ فِي الْحُطَمَةِ ﴿٤﴾ وَمَا أَدْرَاكَ مَا الْحُطَمَةُ ﴿٥﴾ نَارُ اللَّـهِ الْمُوقَدَةُ ﴿٦﴾ الَّتِي تَطَّلِعُ عَلَى الْأَفْئِدَةِ ﴿٧﴾ إِنَّهَا عَلَيْهِم مُّؤْصَدَةٌ ﴿٨﴾ فِي عَمَدٍ مُّمَدَّدَةٍ ﴿٩﴾

މާނައީ:” ޣީބަބުނެ، ފުރައްސާރަކޮށް، ވައްތަރުޖައްސާ ކޮންމެ މީހަކަށް، ގެއްލުމާއި ހަލާކުހުށްޓެވެ. އެމީހާއީ، މުދާ އެއްކޮށް، އެ ގުނައިލަ ގުނައިލައިހުރި މީހާއެވެ. ހަމަކަށަވަރުން، އޭނާގެ މުދާ އޭނާ ދަމަހައްޓާނެކަމަށް އޭނާ ހީކުރެތެވެ. ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ފުނޑުފުޑުކޮށްލަނިވި ނަރަކަޔަށް އޭނާ އެއްލައިލައްވާނެކަން ކަށަވަރެވެ. އަދި، ފުނޑުފުނޑުކޮށްލަނިވި ނަރަކަޔަކީ، ކޮންއެއްޗެއްކަން، ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟ (އެއީ) ﷲގެ އަނދައަނދާ ހުންނަ ނަރަކަޔެވެ. އެއީ ހިތްތަކަށް އޭގެ ހޫނާއި، ވޭން ފޯރުވަނިވި ނަރަކަޔެވެ. ހަމަކަށަވަރުން، އެ ނަރަކަވާނީ، އެއުރެންނާއެކު، ތަޅުލައްވާފައެވެ. ) އެއުރެންވާހުށީ) ދިގުވެގެންވާ ތަނބުތަކެއްގައި ބަންނަވާފައެވެ.”

ނަރަކައިގެ ދޮރުތައް ޤިޔާމަތްދުވަހުގެ ކުރިން ހުޅިވިފައި އަދި ލެއްޕޭނެވެ. ރަމަޟާން މަހުގައި ނަރަކައިގެ ދޮރުތައް ލެއްޕޭނެކަން ރަސޫލު ﷲ صلى الله عليه وسلم ޙަދީޘް ބަސްފުޅުތަކުގައި ބަޔާން ކުރައްވާފައިވެއެވެ.

“ރަމަޟާން މަސް އަތުވެއްޖެ ކަމުގައި ވާނަމަ، ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވޭނެއެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދުކުރެވޭނެވެ. އަދި މާރިދު ޖިންނީއްނާއި އަދި ޝައިޠާނުން ކަސްތަޅު އެޅުވޭނެއެވެ.” [البخاري]

އަދި ވެސް އެހެން ޙަދީޘް ބަސްފުޅެއްގައި އައިސްފައިވެއެވެ.

“ރަމްޟާން މަހުގެ ފުރަތަމަ ރޭ އަތުވެއްޖެ ކަމުގައި ވާނަމަ މާރިދު ޖިންނީއްނާއި ޝައިޠާނުން ކަސްތަޅު އެޅުވޭނެއެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދުކުރެވޭނެއެވެ. އަދި ރަމަޟާން މަސް ނިމެންދެން އޭގެން އެއްވެސް ދޮރެއް ނުހުޅުވޭ ހުއްޓެވެ. އަދި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވޭނެއެވެ. އަދި އޭގެން އެއްވެސް ދޮރެއް އެމަސް ނިމެންދެން ބަންދު ނުކުރެވޭ ހުއްޓެވެ.” [سنن الترمذي و صححه الألباني]

=ނުނިމޭ=

މިލިޔުމުގެ އެހެނިހެން ބައިތައް ބައްލަވާ