[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤިޔާމަތްވުމުގެ ޢަލާމާތްތައް (أَشْرَاطُ السَّاعَةِ) – 12 “ފުރަތަމަ ބަހުޘް”

qiyaamai vumuge

ދެންފަހެ މަރުވުމަށްފަހު [އަލުން ދިރުއްވައި] ފޮނުއްވުމަށް މުޝްރިކުމީހާ ނޭދެއެވެ. ފަހެ [ދުނިޔޭގައި] ދިރިހުރުން ދިގުދެމިގެންވުމަށް އޭނާ ލޯބިކުރެއެވެ. އަދި ޢިލްމު ލިބިހުރެ ކޮށްފައިފައިވާ ކަންކަމާހުރެ، އާޚިރަތުގައި ހުރި ނިކަމެތިކަން ޔަހޫދީން ދަންނަކަން ކަށަވަރެވެ. ފަހެ މިބައިމީހުންނާއި މިބައިމީހުންނާ ވައްތަރުވެގަތް މީހުންނީ މީސްތަކުންކުރެ އެންމެ ނުބައިކަންބޮޑު މީހުންނެވެ. ދުނިޔެވީ ޙަޔާތުގެ ލައްޒަތާއި އަރާމުން ހިތްހަމަ ޖެހުން ލިބިގަތުމަށްޓަކައި، [ދިރިހުރުމަށް] އިންތިހާއަށް ދަހިވެތި ވުމާއި، [ދުނިޔޭގެ ލައްޒަތްތައް ލިބުން] އަވަސްވުމަށް އެދުމާއި، ދަރިފަސްކޮޅުތަކުގެ މައްޗަށް ގަދަވެގަވެގަނެ އެބައިމީހުން އަޅުވެތި ކުރުވުމާއި، އެބައިމީހުންގެ މުދާތަކުގެ މައްޗަށް ވެރިވެގަތުން އެބައިމީހުންގެ ތެރޭގައި ފެތުރެމުންދާތަން ދަނީ ފެންނަމުންނެވެ. މިހެންކަމުން އެބައިމީހުންގެ ތެރެއިން ފާޅުވަމުންދަނީ ދަށުދަރަޖައިގެ އަޚްލާޤާއި ވަލުޖަނަވާރުންގެ އުޅުންތަކެވެ.

އަދި ދުނިޔޭގެ ދިރިއުޅުން އެބައިމީހުންނަށް ފެންނަހިދު، އެބައިމީހުން އުއްމީދު ކުރަމުންއަންނަ، އަވަސްކުރެވިފައިވާ ލައްޒަތަށްޓަކައި ދުނިޔޭގެ ވަރުބަލި ކުރުވުމާއި އެތާނގެ ވޭންތައް އިތުރު ކުރެތެވެ. މަރަށް ހުށަހެޅިގަތުން މަނާކުރާނެ އެއްވެސް ހުރަހެއް އެބައިމީހުންގެ މެދުގައި ނުވާފަދައެވެ. ފަހެ އެހެން ޙަޔާތެއްގެ މަސްއޫލިއްޔަތު އުފުލުމުގެ ކުޅަދާނަކަން އެބައިމީހުންނަށް ލިބިގެން ނުވެއެވެ. އަދި [ދުނިޔޭގެ] މިދިރިއުޅުން ނިންމާލުމުގެ މައްޗަށް އެބައިމީހުންގެ މެދުގައި އެއްވެސް ހުރަހެއްވެސް ނުމެވޭމެއެވެ.

މިހެންމިކަންވީހިނދު އިސްލާމްދީން ވަނީ އާޚިރަތް ދުވަހަށް އީމާންވުމާމެދު ޚާއްޞަ އަހައްމިއްޔަތެއް ދީ، އަދި [އެދުވަސް] ކަށަވަރު ކުރައްވައި، ކީރިތި ޤުރުއާނުގައި ވަޙީ ބަސްފުޅު ބާވައިލައްވާފައެވެ. އަދި [އަލުން ދިރުއްވައި] ފޮނުއްވޭނެކަމާއި ޙިސާބު ބެއްލެވޭނެކަން އަދި ޖަޒާދެއްވޭނޭކަން ވަނީ ޘާބިތު ކޮށްދެއްވާފައެވެ. ފަހެ އެކަމަކީ އެއީ އެބައިމީހުންނާ ދުރުވެގެންވާ ކަމެއް ކަމުގައި ޖާހިލުން [ބުނާ ބުނުމަށް] ދެކޮޅު ހައްދަވާފައެވެ. އަދި އެކަލާނގެ ނަބިއްޔާ صلّى الله عليه وسلّم އަށް ވަނީ އެކަލޭގެފާނު ޙައްޤުގައި ހުންނެވިކަމުގެ މައްޗަށް ހުވާ ކުރެއްވުމަށް އަމުރު ކުރައްވާފައެވެ.

﴿….قُلْ بَلَى وَرَبِّي لَتُبْعَثُنَّ ثُمَّ لَتُنَبَّؤُنَّ بِمَا عَمِلْتُمْ وَذَلِكَ عَلَى اللَّهِ يَسِيرٌ﴾ (سورة التغابن: 7)

މާނައީ: “…ކަލޭގެފާނު ވިދާޅުވާށެވެ! އެހެންނަކުން ނޫނެވެ. ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ގަންދެއްވައި ވިދާޅުވަމެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން އަލުން ދިރުއްވައި ފޮނުއްވާހުށްޓެވެ. ދެން ހަމަކަށަވަރުން، ތިޔަބައިމީހުންކުރި ޢަމަލުތަކުގެ ޚަބަރު، ތިޔަބައިމީހުންނަށް އަންގަވާހުށްޓެވެ. އަދި އެކަންތަކަކީ، ﷲ އަށް ދާދިފަސޭހަ ކަމެކެވެ.”

އަދި ޤިޔާމަތްދުވަހުގައި [މީސްތަކުންގެ] ޙާލަތާއި، ތަޤްވާވެރިވީ އަޅުތަކުންނަށް އެދުވަހުގައި ހުރި ދަރުމައާއި ނުކިޔަމަންތެރިވީ މީހުންނަށް ހުރި ޢަޒާބުގެ ވާހަކަ ޛިކުރު ކުރައްވާފައިވެއެވެ. އަދި އެބައިމީހުންގެ ނަފްސުތައް އެދުވަހާމެދު ޝައްކެއްގެ މަތީގައި ޘާބިތުވެތިބެ ދެކޮޅުވެރިވީމީހުންގެ ބެލުންތައް ވަނީ އެކަމުގައިވާ ޙަޤީޤަތުގެ ދަލީލުތަކާދިމާއަށް އަނބުރާލައްވާފައެވެ. އެދުވަހާއި އަދި އެދުވަހުގައިހުރި ތުރުތުރު އަޅައިގެންދާފަދަ ބިރުވެރިކަމާމެދު މީސްތަކުންގެ ނަޒަރުތައް ހުއްޓިގެން ހިނގައްޖައުމަށްދާންދެނެވެ. އެއީ [ދުނިޔޭގެ] މިދިރިއުޅުމުގެ ކަންކަން ސީދާވެ، އެބައިމީހުންގެ ގާތަށް ރަސޫލުﷲ صلّى الله عليه وسلّم އެއަކާއިގެން ވަޑައިގެންނެވި ޙައްޤު ދީނަށް ތަބާވުމަށްޓަކައެވެ.

=ނުނިމޭ=

މިލިޔުމުގެ އެހެންބައިތައް ބައްލަވާ