[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޒުވާނުންނާއި އަޅުކަމުގެ ލައްޛަތާއި މީރުކަން – 2

DSC_0155

އިތުރު ހެއުކަންތައްކޮށް އުޅުމުގައި ފަރުވާކުޑަކުރުން

ހެއު عمل ތައް ކުރުމުގައި ކަންނެތްވެ އުޅުމާއި އަޅުކަންކުރުމުގައި ފަރުވާ ކުޑަވެ އެކަމަށް އަޅައިލުން ނުބެހެއްޓުމުންނެވެ.
ވީމާ ނަމާދު އަދާކޮށްއުޅޭ ހުށީ ހަމައެކަނި ކުރެވޭ ޙަރަކާތްތަކެއްގެ ގޮތުގައެވެ. ކޮޅަށްހުރުމާއި ގުދުވުމާއި އިށީނުމެކެވެ. އޭގައި އެއްވެސް އަސަރެއް ނުވާނެއެވެ. ހުއްޓިހުރުން ބޭނުންވާހުށީ އެންމެފަހަތު ސަފުގައެވެ. ރަވާތިބު ސުންނަތާއި ނާފިލް ނަމާދާއި ވިތުރިފަދަ ކަންކަމަށް އެއްވެސް ފަރުވާއެއް ނުބަހައްޓާނެތެއެވެ.

އަޅުކަންކުރުމުގައި ފަރުވާކުޑަކޮށް އެކަން އުނިކޮށް އުޅޭމީހުނާއި އެކުގައި އުޅުމަށްދިމާވުން

ޝައްކެއްނެތެއެވެ. އަޅުކަން ކުރުމަށް ފަރުވާކުޑަކޮށް އެކަމަށް ކަމޭނުހިތާ މީހުންނާއި އެކުގައި އުޅުމަށް ދިމާވުމަކީ އަޅުކަންކުރުމަށް އުނިކަމާއި ފަރުވާކުޑަކުރުމުގެ ސަބަބުތަކުގެ ތެރެއިން އެއްސަބަބެއެވެ. އެގޮތަކީ އިންސާނާވާހުށީ އޭނާގެ އެކުވެރިޔާގެ ދީނާއި ގޮތުގައިއެވެ. މިފަދަ ޙާލަތުގައި ޒުވާނާ އަބަދުވެސް ބަލާނީ އަދި ދެކޭނީ އޭނާގެ އެކުވެރިންގެގޮތާއި ނަމޫނާއެވެ. ދެންފަހެ ޒުވާނާ އޭނާގެ އެކުވެރިންނަށް ބަލާ މިބެލުން ފަހަރުގައި އެމީހުންނާއި އެއްގޮތަށްއުޅުމަށް މަޖުބޫރުކުރުވާނެއެވެ. އަދި އެ އެކުވެރިންއުޅޭ ގޮތާއި ނޭދެވޭ ކަންތައްތަކަށް މީނާވެސް ރުހި އެކަން قبول ކުރާނެއެވެ. މިކަމުގައިވާ ބިރުވެރިކަމަކީ ފޮރުވެ ވަންހަނާވެގެންވާނެކަމެއް ނޫނެއެވެ.

ޝައިތާނާގެ ކެހިދިނުމާއި އެސޮރުގެ ވަސްވާސްތައް

ހަމަކަށަވަރުން ޝައިތާނާ މުސްލިމުންނަށް އެތައްގޮތަކަށް އެކިވައްތަރަކަށް ކެހިދޭނެއެވެ. އޭގެތެރެއިން ބައެއްކަންތަކާއި ގޮތްތަކަކީ ސުންނަތްތަކާއި އިތުރު އަޅުކަން ފަހުންކުރުމަށް ދޫކޮށްލުމެއެވެ. މިގޮތުގެ މަތީން ވަރަށްގިނަބަޔަކު މިފަދަ އަޅުކަންތައް ކުރުން ދޫކޮށްލައެވެ. އެއީ އެމީހުންކުރަމުން އަންނަ މަސައްކަތްތައް ފުރިހަމަވެއްޖެއުމަށް ދާންދެނެއެވެ. އަދި އަނެއްބަޔަކު ދެކެނީ މަސައްކަތްތައް ފުރިހަމަ ކުރުމަށްފަހު ގޭގައި އެ އަޅުކަންތައް ކުރުމަށް ލަސްކުރުމެއެވެ. އެންމެފަހުގެ ނަތީޖާއަކީ ހަނދާންނެތުމުގެ عالم އަށް އެކަންގޮސް ހަމަޖެހުމެއެވެ.

رسول الله صلى الله عليه وسلم އަޅުކަންކުރެއްވުމުގެ ތެރެއިން ހިމެނޭ ބައެއް ކަންތައްތައް:

1-  كَانَ رسول الله صلى الله عليه وسلم ( يَسْجُدُالسَّجِدَةَ مِنْ ذاَلِكَ قَدْرَمَايَقْرَأ اَحَدُكُمْ خَمْسِيْنَ آيَةَ قَبْلَ اَنْ يَرْفَعَ رَأْسَهُ)

 رسول الله صلى الله عليه وسلم ސަޖިދަ ކުރައްވައި އެސަޖިދައިން، އިސްތަށިފުޅު އުފުއްލަވާލެއްވުމުގެ ކުރިން ތިޔަބައިމީހުންކުރެ މީހަކު (ކީރިތި قرآن އިން) ފަންސާސް އާޔަތް ކިޔަވާހާ އިރު އޮންނަވައެވެ. (بخاري ގެ ރިވާޔަތުން ބައެއް)

2-  كَانَ رسول الله صلى الله عليه وسلم ( اِذَا قَامَ فِيْ صَلاَتِهِ طَأْ طَأَ رَأْسَهُ تَوَاضُعًا لِللَّهِ تَعَالَى، وَلَمْ يَلْتَفِتْ وَلَمْ يَتَكَلَّمُ)

رسول الله صلى الله عليه وسلم އެކަލޭގެފާނުގެ ނަމާދުފުޅުގައި ކޮޅަށް ހުންނަވައިފި ހިނދެއްގައި الله تعالىއަށް تَوَاضُع ވެރިވުމުގެ ގޮތުން އިސްތަށިފުޅު ތިރިކޮށްލައްވައި އިސްޖައްސަވައެވެ. އަދި އެއްފަރާތުން އަނެއްފަރާތަށް އެބުރިނުބައްލަވައެވެ. އަދި ވާހަކަފުޅެއްނުދައްކަވައެވެ. (اَلباني އެކުލަވާލައްވާ ފައިވާ صِفة صلاة النبي އިން ނެގިފައިވާ ބަސްފުޅެކެވެ.)

3-  كَانَ رسول الله صلى الله عليه وسلم ( اِذَاصَلّى الْفَجْرَ، جَلَسَ فِيْ مُصَلاَّه‘ حَتَّى تَطْلُعَ الشَّمْسُ) (رواه مسلم)

رسول الله صلى الله عليه وسلم ފަތިސްނަމާދު ކުރައްވައިފި ހިނދެއްގައި އިރުއަރަށްޖައުމަށް ދާންދެން ނަމާދު ކުރެއްވެވިތާނގައި އިންނަވައެވެ.

4-  كَانَ رسول الله صلى الله عليه وسلم ( يَصُوْمُ ثَلاَ ثَةَ اَيَّامٍ مِنْ كُلِّ شَهْرٍ ) حديث: (حسن من رواية احمد)

رسول الله صلى الله عليه وسلم ކޮންމެ މަހެއްގައި ތިން ރޯދަހިތްޕަވައެވެ.

5-  كَانَ رسول الله صلى الله عليه وسلم ( يَتَحَرَّى صِيَامَ يَوْمِ الأِثْنَيْنِ وَالْخَمِيْسِ ). (زادالمعاد).

ހޯމަދުވަހާއި ބުރާސްފަތި ދުވަހާއި ދެދުވަހުގައި ރޯދަ ހިތްޕެވުމަށް رسول الله صلى الله عليه وسلم އެދިވަޑައިގެން މަސައްކަތް ކުރައްވައެވެ.

عبدالله بن عمر رضي الله عنهما ގެ އަޅުކަން

طوارس ވިދާޅުވިއެވެ. ابن عمر ފަދައިން ނަމާދުކުރައްވާ އެހެން އެއްވެސް މީހަކު އަހުރެންނުދެކެމެވެ. އެކަލޭގެފާނުގެ މޫނުފުޅާއި ދެއަތްތިލަފުޅާއި އަދި ދެފައިތިލަފުޅު ހުންނަނީ ވަރަށްބޮޑަށް قبلة އަށް ކުރިމަތި ކުރައްވައިގެންނެވެ. އަދި نافع ގެ އަރިހުން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ضحى ނަމާދުގެ ވަގުތާއި ހަމައަށް مسجد النبوي ގައި ابن عمر އިށީދެވަޑައިގެން އިންނަވައެވެ. މެންދުރާއި ޢަޞުރަށް އަވަސްވެ ވަޑައިގެންނަވައެވެ. އަދި ހާރުދަން މަތިވެއްޖިއްޔާ އިށީދެވަޑައިގެން ފާފަ ފުއްސެވުމަށާއި دعاء ކުރެއްވުން މަތީގައި ފަތިސްވެއްޖައުމަށްދާންދެން އުޅުއްވައެވެ. އަދި ރޯދަ ހިއްޕަވަން ފައްޓަވައިފިނަމަ އެއަޅުކަންމަތީ ދެމިހުންނަވައެވެ. އެއީ އެކަލޭގެފާނުގެ ކިބައިން އެކަން އެގިއްޖައުމަށް ދާންދެނެއެވެ. އަދި ހުކުރުގެ ކުރީވަގުތުގައި ނަމާދުކުރެއްވުން ދިގު ކުރެއްވައެވެ. އަދި ހުކުރުނަމާދަށްފަހު އެކަލޭގެފާނުގެ ގަނޑުވަރުކޮޅުގައި ދެ ركعة ނަމާދު ކުރައްވައެވެ.

الأمام احمدبن حنبل ގެ އަޅުކަން

الأمام احمدبن حنبلގެ ދަރިކަލުން عبدالله ވިދާޅުވިއެވެ. (ތިމަންނަގެ ބައްޕާފުޅު ރެއާއި ދުވާލު ތިންސަތޭކަ ركعة ކުރައްވައެވެ. މިފަދައިން އަޅުކަމުގައި ހުންނަވަނިކޮށް އާލާސްކަންފުޅު ގައި ޖެހި ހަށިކޮޅުނިކަމެތިވުމުން ސަތޭކަފަންސާސް ركعة ހަމަޖައްސެވިއެވެ. އޭރު އެކަލޭގެފާނުގެ ޢުމުރުފުޅުން އަށްޑިހަ އަހަރުވެދާނެއެވެ. އަދި ބައްޕާފުޅު ހަތްދުވަހުގެ މުއްދަތުގައި ކީރިތި قرآن ކިޔަވައި ވިދާޅުވެ ختم ކުރައްވައެވެ. އަދި ދުވާލުގެ ނަމާދުތައް ފިޔަވައި ހަތްރޭގެ މުއްދަތުގައި ކުރައްވަވާ ނަމާދުތަކުގައި قرآن ختم ކުރައްވައެވެ. އަދި عشاء ނަމާދަށްފަހު ކުޑައިރުކޮޅަކު އަވަހާރަލައްޕަވައެވެ. އެއަށްފަހު ތެދުވެވަޑައިގެން ނަމާދުކުރެއްވުމާއި دعاء ކުރެއްވުން މަތީގައި ފަޖުރުލައްޖައުމަށްދާންދެން ހުންނަވައެވެ. (مناقب الأمام احمدبن حنبل ابن الجوزي)

-ނުނިމޭ-

މިލިޔުމުގެ އެހެން ބައިތައް ބައްލަވާ