[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

تَفْسِيْرُ كَلِمَةِ التَّوْحِيْدِ – ތައުޙީދުގެ ކަލިމައިގެ ތަފްސީރު

الحمد لله رب العالمين ، و الصلاة و السلام على نبينا محمد و على آله و صحبه أجمعين.

تَفْسِيْرُ كَلِمَةِ التَّوْحِيْدِ މި ފޮތަކީ އިމާމުއް ދަޢުވާ އަލްމުޖައްދިދު އައްޝައިޚް މުޙައްމަދު ބުން ޢަބްދުލް ވައްހާބު – رحمه الله – ގެ ކުރު ރިސާލާއެކެވެ. ފަހެ ތައުޙީދަކީ ﷲ ތަޢާލާ އެއްކައުވަންތަ ކުރުމެވެ. ﷲ ތަޢާލާ އެއްކަމުވަންތަ ކުރުމަކީ ކޮންމެ އަޅުކަމެއްގެ ވެސް ފުރަތަމަ ޝަރުޠެވެ. ﷲ ތަޢާލާ އެއިލާހު އެއްކައުވަންތަ ނުކުރާ މީހެއްގެ ކިބައިން އެއްވެސް އަޅުކަމެއް ޤަބޫލުނުކުރައްވާނެއެވެ.

މުވައްޙިދަކަށް ވުމަށްޓަކައި ނުވަތަ ﷲ ތަޢާލާ އެއްކައުވަންތަ ކުރާމީހަކަށް ވުމަށްޓަކައި އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ތައުޙީދުގެ ކަލިމަ لا إله إلاّ الله  ދުލުން ކިޔުމެވެ. އެއާއި އެކު އޭގެ މާނަ އެ މީހަކަށް އެނގެންޖެހެއެވެ. އަދި އެ ކަލިމަ ކިޔުމުގެ ސަބަބުން ތިމާގެ މައްޗަށް ލާޒިމްވެގެންދާ ކަންތައް ތިމާ އާދާ ކުރަންޖެހެއެވެ. އަދި އެކަލިމަ މަގު ދައްކާގޮތަށް ތިމާގެ ދިރިއުޅުން ބައްޓަންކުރަންޖެހެއެވެ. އަދި އެކަލިމަ ލާޒިމްކުރާ ދެ ކަން ކަމުގައިވާ ﷲ ތާޢާލާއަށް އަޅުކަންތައް ޚާލިޞްކުރުމާއި އެއިލާހު ފިޔަވައި އަޅުކަންކުރެވޭ އެހެންފަރާތް ތަކަށް ކާފަރުވުން ވާޖިބުވެގެންވެއެވެ. ފަހެ މިފަދަ މުހިއްމު ކަންތައް މި ކަލިމަ ދުލުންކިޔުމާއެކު ކުރަންޖެހޭތީ މިކަންތައް ބަޔާންކޮށްދިނުމަށްޓަކައި ޝައިޚް މި ފޮތް ލިޔުއްވިއެވެ. އެއީ މީސްތަކުން ނަރަކައިގެ ދާއިމީ ވޭންދެނިވި އަޒާބުން ސަލާމަތްކޮށް ސުވަރުގޭގެ ދާއިމީ އުފާ އެމީހުންނަށް ހޯދައި ދިނުމަށްޓަކައެވެ. ފަހެ މި ދެ ކަންތައް ޙާޞިލުވުން ބިނާ ވެގެންވަނީ މިކަލިމަ އާއިމެދު އިންސާނާ ޢަމަލުކުރާ ގޮތުގެ މައްޗަށެވެ. އެހެންކަމުން މިކަލިމައިގެ ޢިލްމު ހޯދައި މިކަލިމައިގެ ތަފްސީރު އުނގެނުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށްވާ ޢައިނިއްޔަ ފަރުޟެކެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. (فَٱعْلَمْ أَنَّهُۥ لَآ إِلَـٰهَ إِلَّا ٱللَّـهُ …) މާނައީ: ” ފަހެ ﷲއީ އެއިލާހު ފިޔަވައި ޙައްޤުވެގެން އަޅުކަންކުރެވޭ އެހެން އިލާހަކު ނުވާ އިލާހުކަން ތިޔަބައިމީހުން ދެނެގަންނާށެވެ. ” ( محمد 19)

އަޅުގަނޑުގެ ދުޢާއަކީ ވިހާވެސް ގިނަ ބަޔަކަށް މި ރިސާލާ ދިވެހި ބަހަށް ތަރުޖަމާ ކުރުމުގެ ސަބަބުން ފައިދާ ޙާޞިލްވުމެވެ. އަދި މި ޢަމަލަކީ ﷲ ތަޢާލާ ޤަބޫލުކުރައްވާ ޢަމަލެއްކަމުގައި ލެއްވުމެވެ. آمين.

ފޮތުގެ ނަން:  تَفْسِيْرُ كَلِمَةِ التَّوْحِيْدِ – 

ތައުޙީދުގެ ކަލިމައިގެ ތަފްސީރު

ތަރުޖަމާކުރީ:  أحمد محصن محمد .

ޞަފްޙާގެ ޢަދަދު:12 ޞަފްޙާ (A4 ސައިޒް).

ފައިލް ސައިޒް: 831 KB

ފޮތް ޑައުންލޯޑުކުރައްވާ