[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤިޔާމަތްވުމުގެ ޢަލާމާތްތައް (أَشْرَاطُ السَّاعَةِ) – 18 “ތިންވަނަ ބަހުޘް”

qiyaamai vumuge

ދެންފަހެ އެކަހެރި ޚަބަރަކީ ޙުއްޖަތެއް ކަމާމެދު އިންކާރު ކުރާ ފަރާތްތައް ހުށަހަޅާ އަނެއް ޝުބުހައާމެދު ދަންނައެވެ. އެބައިމީހުންގެ ގާތުގައި އެކަހެރި ޚަބަރު ލިއްބައިދޭ ފައިދާއަކީ ‘ބުރަދަންހުރި ހީ’ ކުރުމެވެ. އެހެނީ އެކެއްގެ ފުށުން ކުށެއް މެދުވެރިވުމަކީ ވެދާނެކަމެކެވެ. ނުވަތަ ޣާފިލުކަމެއް މެދުވެރިވެދާނެއެވެ. ނުވަތަ ހަނދާންވެސް ނެތިދާނެއެވެ. ޙުކުމްތަކުގައި ‘ބުރަދަންހުރި ހީ’ އަށް ޢަމަލުކުރުން ވާޖިބުވެގެންވާކަމުގައި އިއްތިތިފާޤުވެފައިވެއެވެ. ޢަޤީދާގެ މައްސަލަތަކުގައި މީގައި ހިފުން އެބައިމީހުންގެ ގާތުގައި ހުއްދަވެގެން ނުވެއެވެ.

އަދި އެކަމުގެ މައްޗަށް އެބައިމީހުން ދަލީލު ކުރަނީ ހީކުރުންތަކަށް ތަބާވުން ނަހީ ކުރާ ބައެއް އާޔަތްތަކުންނެވެ. މިފަދަ [އެއްއާޔަތަކީ] މާތް ﷲ މިބަސްފުޅެވެ. ﴿…إِنْ يَتَّبِعُونَ إِلاَّ الظَّنَّ وَإِنَّ الظَّنَّ لا يُغْنِي مِنَ الْحَقِّ شَيْئًا﴾ (سورة النجم: 28) މާނައީ: “…ހީއަކަށް މެނުވީ އެއުރެން ތަބާވާކަމުގައެއް ނުވެތެވެ. އަދި ހަމަކަށަވަރުން، ހީއަކީ ޙައްޤުގެ ބަދަލުގައި އެއްވެސްކަމެއް ފުއްދައިދޭނެ އެއްޗެއްނޫނެވެ.”

ފަހެ މިޝުބުހައަށްވާ ޖަވާބަކީ، ހަމަކަށަވަރުން އެބައިމީހުން މިއާޔަތِާއި މިފަދަ އެހެން އާޔަތްތަކުން ދައްކާ ޙުއްޖަތް ރައްދުކުރެވިގެން ވެއެވެ. އެހެނީ މިތާނގައި މިވާ ހީކުރުމަކީ އެއީ ބުރަވެވޭފަދަ ހީކުރުމެއްނޫނެވެ.  ނަަމަވެސް އެއީ ޝައްކުކަމާއި ދޮގު އަދި ނުރަނގަޅުކަމާއި ވަހުމު މެނުވީ ނުވެއެވެ. ފަހެ “النِّهَايَة” އަދި “اللِّسَان” އަދި މިނޫންވެސް [ޢަރަބި] ބަހުގެ ފޮތްތަކުގައި އައިސްފައިވާކަން ކަށަވަރީ: “ހީއަކީ: ކަމެއްގައި ތިބާއަށް ޝައްކުވުމުން، ފަހެ އެކަން ތަޙުޤީޤުކޮށް އެއަށްފަހު އެއިން ޙުކުމް ކުރުމެވެ.”

އިބްންކަޘީރު -رحمه الله- މިއާޔަތުގެ ތަފްސީރުގައި ވިދާޅުވެފައި ވެއެވެ؛ ﴿وَمَا لَهُمْ بِهِ مِنْ عِلْمٍ﴾ [سورة النجم: 28] އެބަހީ: އެބުނާބަސް ތެދުކުރާނޭ ރަނގަޅު އެއްވެސް ޢިލްމެއް އެބައިމީންގައި ނުވެއެވެ. އަދިކިއެއްތޯއެވެ. އެއީ ދޮގާއި ދޮގު ހެކިބަހާއި ހީލަތާއި އަދި ހުތުރުވެގެންވީ ކުފުރެވެ. ﴿إِنْ يَتَّبِعُونَ إِلا الظَّنَّ وَإِنَّ الظَّنَّ لا يُغْنِي مِنَ الْحَقِّ شَيْئًا﴾ (سورة النجم: 28) އެބަހީ: އެއްވެސް އެއްޗެއް ނުވެސް ލިބިދެއެވެ. އަދި އެއްގޮތަކަށްވެސް ޙައްޤުގެ މަޤާމުގައި ޤާއިމްވެސް ނުވޭމެއެވެ. އަދި ހަމަކަށަވަރުން ޞަޙީޙްގައި (އެބަހީ ޞަޙީޙު މުސްލިމްގައި)، ރަސޫލުﷲ صلى الله عليه وسلم [މިފަދައިން] ޙަދީޘް ކުރެއްވި ކަމުގައި ޘާބިތުވެގެންވެއެވެ؛ ((إِيَّاكُمْ وَالظَّنَّ، فَإِنَّ الظَّنَّ أَكْذَبُ الحَدِيثِ))[1] މާނައީ: “ތިޔަބައިމީހުން ހީތަކުން ރައްކާތެރިވާށެވެ. ފަހެ ހީއަކީ އެންމެ ނުބައި ވާހަކައެވެ.”

ދެންފަހެ ޝައްކާއި ދޮގަކީ އެއީ ﷲ ސުބްޙާނަހޫ ވަތަޢާލާ ބަދުބަސް ރައްދުކުރައްވާފައިވާ ހީކުރުމެވެ. އަދި އެއީ މުޝްރިކުންގެ މައްޗަށް ހުތުރުބަސް ލިބިދީފައިވާ ކަންތަކެވެ. ﷲ ތަޢާލާގެ މިބަސްފުޅުން މިއަށް ބާރު ލިއްބައިދެއެވެ. ﴿إِنْ يَتَّبِعُونَ إِلا الظَّنَّ وَإِنْ هُمْ إِلا يَخْرُصُونَ﴾ (سورة الأنعام: 116) މާނައީ: “އެއުރެން ހީއަކަށް ނޫނީ ތަބާއެއް ނުވެތެވެ. އަދި ދޮގުހަދާ ބަޔަކު ކަމުގައި މެނުވީ، އެއުރެން ނުވެތެވެ.” ފަހެ އެބައިމީހުންނީ ދޮގުހަދާ އަދި ހީކޮށްއުޅޭ ބައެއް ކަމުގައި ޞިފަކުރައްވާފައި އެވަނީ އެއީ ދޮގާއި ވަހުމެވެ. އަދި ހީކުރުމަކީ އެއީ ދޮގާއި ވަހުމުކަމުގައި ވާނަމަ ފަހެ ހަމަކަށަވަރުން ޙުކުމްނެގުމުގައި އޭގައި ހިފުން ހުއްދަވެގެން ނުވެއެވެ. އެހެނީ ދޮގާއި ވަހުމްގެ މައްޗަށް ޙުކުމްތައް ބިނާވެގެންނުވެއެވެ.

އަދި ރިވާކުރިފަރާތުގެ ހަނދާންނެތުމާއި ޣާފިލްކަން ވުމުގެ އިޙްތިމާލު ވާކަމުގައި ބުނެވޭ ބަސްދަންނައެވެ. ފަހެ އެކަހެރި ޚަބަރުގައިވާ ޝަރުޠުތަކުން އެކަން ދިފާޢު ކުރުފައިވާ ވެއެވެ. އެހެނީ ކޮންމެ ރާވީއަކީ ތެދުވެރި ޘިޤާ ރާވީއަކަށް ވާންޖެހުން [ޝަރުޠުވެގެން] ވުމެވެ. މިއާއެކު ޙަދީޘްއެއް ޞައްޙަވުމުން ރާވީގެ ކުށެއްވާކަމުގެ ވަހުމުވެއްދުމުގެ ޖާގައެއް ނުވެއެވެ. އަދި މިއާއެކު އާދަވެ ކަންހިނގާ ގޮތުގެ މަތީން ޘިޤާ ތެދުވެރިއަކު ޣާފިލުކަމުގައި ނުވާނެއެވެ. އަދި ދޮގު ނަހަދާނެތެވެ. އާދަކޮށް މިކަން  ހިނގާގޮތަކީ މިއީ ކަމުގައިވާއިރު، ބުއްދީގެ ގޮތުން ބަލާފައި އިޙްތިމާލެއް އެބައޮތްކަމުަގައި ބުނެ އެފަދަ ޚަބަރު ރައްދު ކުރެވޭނެ އެއްވެސް ޖާގައެއް ނުވެއެވެ.

=ނުނިމޭ=

މިލިޔުމުގެ އެހެންބައިތައް ބައްލަވާ

__________________________________________

[1] صحيح مسلم / كتاب البر والصلة والآداب / باب الظن والتجسس