[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މުރުތައްދުވީކަން ސާބިތުވުމަށްފަހު އެކަމުގެ މައްޗަށް ކަނޑައެޅޭ ޙުކުމްތައް

2611201120025

1- މުރުތައްދުވީ މީހާއަށް ތައުބާ ލައިދިނުން، ފަހެ އޭނާ އަށް ތައުބާ ލައިދިނުމަށްފަހު ތައުބާވެ ތިންދުވަހުގެ ތެރޭގައި އަލުންވެސް އިސްލާމް ކަމަށް އެނބުރި ރުޖޫޢަ ވެއްޖެއްޔާއި އޭނާގެ ކިބައިން އެކަން ޤަބޫލުކޮށް އޭނާ ދޫކޮށްލުން.
2- މުރުތައްދުވީ މީހާއަށް ތައުބާ ލައިދިނުމަށްފަހު އެކަން ޤަބޫލު ނުކުރިނަމަ އޭނާ ޤަތުލުކުރުން ވާޖިބުވެއްޖެއެވެ. އެއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމްގެ ބަސްފުޅަށްޓަކައެވެ.

((مَنْ بَدَّلَ دِيْنَهُ فَقْتُلُوْه)) [رَوَاه البخاري وأبو داود]

މާނައީ: “އެމީހެއްގެ ދީން ބަދަލުކޮށްފިމީހާ ދަންނާށެވެ! ފަހެކަލޭމެން އެމީހާ މަރާލާށެވެ.” މިއެވެ.
3- މުރުތައްދުވީ މީހާއަށް ތަޥްބާ ލައިދިނުމާއި އޭނާ އަލުން އިސްލާމްވެ އިސްލާމްދީނަށް ވަނުމާއިމެދު އޭނާގެ މުދަލުން ތަޞައްރުފު ކުރުން މަނާ ކުރުން: ފަހެ އޭނާ އިސްލާމްވެ އަލުންވެސް ދީނަށް ވަދެއްޖިއްޔާ އޭނާއަށް އޭނާގެ މުދާ ބޭނުންގޮތަކަށް ތަޞައްރުފުކުރުމަށް ދޫކުރެވޭނެއެވެ. އަދި އިސްލާމްނުވެ މުރުތައްދު ކަންމަތީ މަރުވިނަމަ ނުވަތަ މަރައިލިނަމަ އެހިދުން ފެށިގެން އޭނާގެ މުދާ ހުންނާނީ ބައިތުލް މާލަށެވެ. ސަރުކާރަށެވެ. އަދި ބުނެވުނެވެ. އޭނާ މުރުތައްދުވީ ވަގުތުން ފެށިގެން އޭނާގެ މުދާ މުސްލިމުންގެ އެކިއެކި ބޭނުންތައް ފުއްދުމަށް ހޭދަކުރެވޭނެއެވެ.
4- މުރުތައްދުވީ މީހާގެ ވާރުތަވުމުގެ މައްސަލަ ކަޑައިގެން ދިޔުން: އެބަހީ އޭނާގެ ވާރުތަ ނުވެވޭނެއެވެ. އަދި ވާރުތަ ނުވާނެއެވެ.
5- މުރުތައްދުވީ މީހާ މުރުތައްދު ޙާލުގައި މަރުވެއްޖިއްޔާ އޭނާ ހިނަވައި ކަފުންކޮށް އަދި އޭނާގެ މައްޗަށް ނަމާދު ކުރުމެއް ނެތެވެ. އަދި މުސްލިމުންގެ ޤަބުރުސްތާނުގައި އޭނާ ވަޅު ނުލެވޭނެއެވެ. އަދި ކިއެއް ހެއްޔެވެ؟ އޭނާ ވަޅުލަންވާނީ ކާފިރުންގެ ޤަބުރުސްތާނުގައެވެ. ނުވަތަ މުސްލިމުންގެ ޤަބުރުސްތާނު ފިޔަވައި ދެން އެހެން ކޮންމެވެސް ތަނެއްގައި ކޮނެފައި ވަޅުލުން ހުއްޓެވެ.
(ނިމުނީ)