الحمد لله رب العالمين ، و الصلاة و السلام على نبينا محمد و على آله و صحبه أجمعين.
ތަރުޖަމާކުރުމަކީ އެއްބަހަކުން އަނެއްބަހަކަށް ދޭހަވާ މާނަ ބަޔާންކޮށްދިނުމެވެ. މިއީ ދުނިޔޭގެ ކޮންމެ ހަޟާރާތެއްގައިވެސް ވަރަށް މުހިންމު ކަމެކެވެ. މިއީ ވަރަށް މުހިންމު އަދި އެހާމެ ބޭނުންތެރި ފަންނެކެވެ.
ޝެއިޚުލް އިސްލާމް އިބުނު ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.
“ވާޖިބުކަމެއް އެކަމަކާއި ނުލައި ފުރިހަމަ ނުވާ ކަންތައްތައް، ވާޖިބުވެގެންވާ ކަމެއްކަމުގައި މެނުވީ ނުވެއެވެ.” [اقتضاء الصراط المستقيم في مخالفة أصحاب الجحيم].
ވީމާ މި ކުޑަކުޑަ ބަޙުޘް އަޅުގަނޑު މި ހުށައަޅާލަނީ ތަރުޖަމާކުރުމުގައި ޚާއްޞަކޮށް ޝަރުޢީ ނައްޞުތައް ތަރުޖަމާކުރާއިރު ސަމާލުކަންދޭންވީ ބައެއް އަސާސީ ނުކުތާތަކުގެ މައްޗަށެވެ. އެއީ އަޅުގަނޑުގެ ފަހުމްވުމާއި ޤާބިލިއްޔަތު ހުރި ނިކަމެތި މިންވަރުންނެވެ. އެގޮތުން މި ބަޙުޘްގައި އަންނަނިވި މައިގަނޑު ނުކުތާތައް ހިމެނޭނެއެވެ.
ދުޢާއަކީ ﷲ ތަޢާލާ މިފޮތުގެ ފައިދާ ވީހާވެސް ގިނަ ބަޔަކަށް ފޯރުކޮށްދެއްވުމެވެ.
ފޮތުގެ ނަން: ދީނީ ލިޔުންތައް ޢަރަބި ބަހުން ދިވެހިބަހަށް ތަރުޖަމާކުރުމުގައި ވިސްނާލަން ޖެހޭ އަސާސީ ބައެއް ނުކުތާތައް ލިޔުއްވީ: އަބޫ ޢަބްދުﷲ ޢަބްދުއްރަޙީމް ބިން މުޙައްމަދު |
ޞަފްޙާގެ ޢަދަދު: 24 ޞަފްޙާ (letter ސައިޒް). ފައިލް ސައިޒް: 1.29 mb |