[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤިޔާމަތްވުމުގެ ޢަލާމާތްތައް (أَشْرَاطُ السَّاعَةِ) – 36 “ޢަމްވާސްގެ ޠާޢޫންވަބާ.”

qiyaamai vumuge

4. ޢަމްވާސް[1]ގެ ޠާޢޫންވަބާ.

ޢައުފް ބިން މާލިކުގެ އިސްވެ ދިޔަ ޙަދީޘްގައި [ރަސޫލުﷲ] صلى الله عليه وسلم ގެ [މި]ބަސްފުޅު އައިސްފައި ވެއެވެ: ((اعْدُدْ سِتًّا بَيْنَ يَدَيِ السَّاعَةِ: (فَذَكَرَ مِنْهَا:) ثُمَّ مُوْتَانِ[2] يَأْخُذ فِيْكُمْ كَقُعَاصِ[3] الغَنَمِ))[4] މާނައީ: “ތިމަންކަލޭގެފާނާއި ޤިޔާމަތާދެމެދު 6 ކަމެއް ގުނާށެވެ. (އޭގެތެރެއިން ޒިކުރުކުރެއްވިއެވެ:) ބަކަރީގެ ވައްތަރުތަކަށް ޤުޢާޞްޖެހިގެން މަރުވާ ފަދައިން އެތައްބަޔަކު މަރުވާނެއެވެ.”

އިބްނު ޙަޖަރު ވިދާޅުވިއެވެ. [އެބަސްފުޅުގެ މާނައީ:] “ބުނެވެއެވެ: ހަމަކަށަވަރުން މިދަލީލުގައިވާ ޢަމްވާސްގެ ޠާޢޫން ފާޅުވީ ޢުމަރުގެފާނުގެ ޚިލާފަތުގައެވެ. އަދި އެކަމެއް ހިނގީ ބައިތުލް މަޤްދިސް ފަތަޙަ ވުމަށްފަހުގައެވެ.”[5]

ދެންފަހެ ގިނަ ޢިލްމުވެރީން ބުރަވެ ވަޑައިގަންނަވާ މަޝްހޫރު ގޮތަކީ ހިޖްރީ ސަނަތުން އަށާރަވަނައަހަރު، ޢަމްވާސްގައި ޠާޢުންގެ ވަބާ ފެތުރުމެވެ.[6] އެއަށްފަހު ޝާމުގެ ބިމަށް ފެތުރިގެންދިޔައެވެ. ފަހެ އަޞްޙާބު ބޭކަލުންގެ އެތައް ބޭކަލުންނަކާއި -رضي الله عنهم- އަދި އެނޫންވެސް އެތައް ބަޔަކު މަރުވެގެން ދިޔައެވެ. ބުނެވެއެވެ: މުސްލިމުންގެ ތެރެއިން އަވަހާރަ ވެގެންދިޔަ މީހުންގެ ޢަދަދު ފަންސަވީސް ހާހަށް އަރައެވެ. އަދި އަވަހާރަވެ ވަޑައިގެންނެވި މަޝްހޫރު ބޭކަލުންގެ ތެރޭގައި: މިއުއްމަތުގެ އަމާނާތްތެރިޔާ [ގެ ލަޤަބް ލިބިވަޑައިގެންފައިވާ] أَبُوْ عُبَيْدَة عَامِر بن الجَرَّاح رضي الله عنه ހިމެނިވަޑައިގަންނަވައެވެ.[7]

=ނުނިމޭ=

__________________________________________

[1] “ޢަމްވާސް” އަކީ ފަލަސްޠީނުގެ ރަށެކެވެ. ރަމްލާއިން ހަމޭލު ހުރެއެވެ. [އެތަންވަނީ] ބައިތުލްމަޤްދިސް ހުންނަ މަގުގައެވެ.

ބައްލަވާ: ((معجم البلدان)) (4/157).

[2] “مُوْتَانِ”: އެއީ ގިނަބަޔަކު މަރުވުމެވެ.

ބައްލަވާ: ((فتح الباري)) (4/278).

[3]  “قُعَاص”؛ އަދި عُقَاس އޭ ވެސް ބުނެވެއެވެ. އެއީ ޖަނަވާރުތަކަށް ޖެހޭ ބައްޔެކެވެ. [އެކަމުގެ ސަބަބުން] އެތަކެތީގެ ނޭފަތުން އެއްޗެއް އޮހޮރި ކުއްލިގޮތަކަށް މަރުވެއެވެ.

ބައްލަވާ: ((النهاية في غريب الحديث)) (4/88)، و ((فتح الباري)) (6/278).

[4] رواه البخاري، [كتاب الجزية والموادعة، باب ما يحذر من الغدر، (6/277-مع الفتح).]

[5] [ބައްލަވާ:] ((فتح الباري)) (6/278).

[6] ބައްލަވާ: ((البداية والنهاية)) (7/90).

[7] ބައްލަވާ: ((معجم البلدان)) (4/157-158)، و ((البداية والنهاية)) (7/94).