[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޝިރުކުގެ ވައްތަރުތައް1

ޝިރްކު ހުރީ ދެވައްތަރަކަށެވެ:

ފުރަތަމަ ވައްތަރަކީ: އިސްލާމްދީނުން ބޭރުވާ ބޮޑު ޝިރުކެވެ. އަދި އެ ޝިރުކު ކުރިމީހާ އެކަމުން ތައުބާނުވެ ހުރެ މަރުވެއްޖެއްޔާ ނަރަކައިގައި ދެމިހުންނަ ޝިރުކެވެ. އެއީ އަޅުކަމުގެ ވައްތަރުތަކުގެ ތެރެއިން ވައްތަރެއް ﷲނޫން ފަރާތަކަށް އަނބުރައިލުމެވެ. އޭގެ މިސާލަކީ: ﷲ ނޫން ފަރާތަކަށް ދުޢާކޮށް ގޮވާ ހެދުންފަދަ، ނަދުރުބުނުންފަދަ އަދި ޤުރުބާން ކުރުންފަދަ އަޅުކަން ﷲ ފިޔަވައި ޤަބުރުތަކުގެ އަހުލުވެރިންނަށް ނުވަތަ ޖިންނީންނަށް ނުވަތަ ޝައިޠާނުން ތިމާއަށް ގެއްލުމެއްދީފާނެކަމަށް ނުވަތަ ތިމާއަށް ބައްޔެއް ޖައްސައިފާނެކަމަށް ﷲ ފިޔަވައި އެތަކެއްޗަށް ބިރުގަތުމެވެ. މިއީ ﷲއަށް މެނުވީ އެކަންކަމަށް ކުޅަދާނަ ވެގެންނުވާ ކަންކަމެވެ. އަދި ތިމާމެންގެ ބޭނުންތައް ފުއްދަވައިދެއްވުމަށާއި އުދަގޫތައް ދުރުކޮށްދެއްވުންފަދަ ކަންކަމުގައި ﷲނޫން ފަރާތަކުން އެކަންކަން ފުއްދަވައި ދެއްވުން އެދި ދެންނެވުމެވެ. މިއީވެސް ޝިރުކެވެ.

މިޒަމާނަކަށް އައިސް އެކިއެކި ވަލީވެރިންނާއި ޞާލިޙް މާތްބޭކަލުންގެ ގަބުރުތަކުގެ މަތީގައި ބިނާތަކާއި ގުއްބުތައް ހަދައި އެތަންތާގެ ވަށައިގެން މީސްތަކުން ވާދަކޮށްކޮށްފައި ކުރަމުންގެންދާ ކަންތައްތައް ފަދައެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައި ވެއެވެ.

﴿وَيَعْبُدُونَ مِنْ دُونِ اللَّهِ مَا لَا يَضُرُّهُمْ وَلَا يَنْفَعُهُمْ وَيَقُولُونَ هَٰؤُلَاءِ شُفَعَاؤُنَا عِنْدَ اللَّهِ ﴾ [يونس 18]މާނައީ: “އެބައިމީހުން އެބައިމީހުންނަށް އެއްވެސް ގެއްލުމެއް ނުދެވޭ އަދި އެމީހުންނަށް އެއްވެސް މަންފާއެއް ނުކޮށްދޭ އެއްޗެހިތަކަކަށް ﷲ ފިޔަވައި އެމީހުން ދުޢާކޮށް ގޮވާ ހަދައެވެ. އަދި އެމީހުން ބުނަނީ މިތަކެއްޗަކީ މިއީ ﷲގެ ޙަޟްރަތުގައި އަހަރެމެންނަށް ޝަފާޢަތްތެރިވާނޭ ތަކެއްޗެވެ.” މިއެވެ.

ދަންނައެވެ. މަރުވެފައިވާ ވަލީވެރިންނާއި އެނޫންވެސް މީސްމީހުންގެ ޤަބުރުތަކުގެ ކައިރީގައި ނަމަވެސް ދުރުގައި ނަމަވެސް ތިމާމެންގެ ބޭނުންތައް ފުއްދައިދިނުމަށް ނުވަތަ އުނދަގޫތައް ދުރުކޮށްދިނުމަށް އެދި އެމީހުންނަށް ގޮވުމީ ހަމަ ބުދުގެ ކައިރީގައި މުޝްރިކުން އެކުރާކަންތައްތަކެކޭ އެއްވެސް ތަފާތެއްނެތް ކަންކަމެވެ. އެއީ ހަމަކަނޑައެޅިގެން ޝިރްކު ކުރުމެވެ. (ޢަބްދުލް ޤާދިރުގެފާނަށް ގޮވުމެކޭ ނުވަތަ ޙަފްޞީގެފާނަށް ގޮވުމެކޭ ނުވަތަ ޝައިޚު ޢަލީބޭބެއަށް ގޮވުމެކޭ އެއްވެސް ތަފާތެއް ނެތެވެ. އެއީ ކަނޑައެޅިގެން ޝިރްކު ކުރުމެވެ. والله أعلم – مترجم –

ދެވަނަ ވައްތަރު: ޝިރުކުގެ ދެވަނަ ވައްތަރަކީ ކުދި ޝިރުކެވެ. އެބާވަތުގެ ޝިރުކު ކުރުމަކުން އަދި އެއްފަހަރާ ދީނުން ބޭރުނުވާނެއެވެ. އެހެންނަމަވެސް ތައުޙީދު އުނިވަމުން މަދުވަމުން ދާނެއެވެ. އަދި އެއީ ބޮޑު ޝިރުކަކަށް ވާޞިލުވުމުގެ ވަސީލަތެވެ. އެކަންހުރީ ދެބަޔަކަށެވެ. (ނުނިމޭ)