[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤިޔާމަތްވުމުގެ ޢަލާމާތްތައް (أَشْرَاطُ السَّاعَةِ) – 38 “މުދަލާއި ފައިސާ ގިނަވެ، ޞަދަޤާތުގައި ހިފާނެ މީހަކު ނުވުން.”

qiyaamai vumuge

ދެންފަހެ ހަމަކަށަވަރުން، ތެދުވެރި [ނަބިއްޔާ] صلى الله عليه وسلم އަޅުގަނޑުމެންނަށް ޚަބަރުދެއްވާފައިވާ ގިނަ ކަންކަން މިވަނީ ކަށަވަރުވެ ނިމިފައެވެ. އަޞްޙާބު ބޭކަލުން -رضي الله عنهم- ގެ ޒަމާނުގައި ރަށްތައް ފަތަޙަވުމުގެ ސަބަބުން ވަނީ މުދާވެރިކަން ގިނަވެފައެވެ. ފާރިސީންނާއި ރޫމީންގެ މުދާތައް ވަނީ ބަހައިފައެވެ. އެއަށްފަހު ޢުމަރު ބިން ޢަބްދުލްޢަޒީޒް -رحمه الله- ގެ ޒަމާނުގައި މުދާ ގިނަވެ ބަންޑުންވިއެވެ. ފަހެ ޞަދަޤާތުގެ ގޮތުގައި މީހުން މުދާ ބަހައި އޭގައި ހިފާނެ މީހަކު ނުވިއެވެ.

އަދި ފަހު ޒަމާނުގައި މުދާ ގިނަވާނެތެވެ. މީސްތަކުން އެބައިމީހުންގެ މުދާތައް ބަހައިފުމަށްދާންދެނެވެ. ފަހެ އެމުދާ ބަހާމީހާއަށް ބުނާނެއެވެ: ތިމަންނާއަށް ތީގެ ބޭނުމެއް ނެތެވެ.

މިއީ މަހުދީގެފާނާއި ޢީސާ عليه السلام ގެ ޒަމާނުގައި ހިނގާނޭ ކަންކަމުގެ އިޝާރަތެކެވެ. والله أعلم. މުދާ ގިނަވުމާއި ބިންގަނޑު އެތާނގެ ބަރަކާތްތަކާއި ކަންޒުތައް ނެރެލުމެވެ.

އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން [ރިވާވެފައިވާ] ޙަދީޘެއްގައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ((تَقِيءُ الأَرْضُ أَفْلاذَ كَبِدِهَا أَمْثَالَ الأُسْطُوَانِ مِنَ الذَّهَبِ وَالْفِضَّةِ، فَيَجِيءُ الْقَاتِلُ، فَيَقُولُ: فِي هَذَا قَتَلْتُ، وَيَجِيءُ الْقَاطِعُ، فَيَقُولُ: فِي هَذَا قَطَعْتُ رَحِمِي، وَيَجِيءُ السَّارِقُ، فَيَقُولُ: فِي هَذَا قُطِعَتْ يَدِي، ثُمَّ يَدَعُونَهُ، فَلا يَأْخُذُونَ مِنْهُ شَيْئًا))[1] މާނައީ: “ބިމުގައި ވަޅުލެވިފައިވާ ކަންޒުތައް، ރަނާއި ރިހީގެ ބޮޑެތި ފުނިވަރުވަރު ފަދައިން ބިންގަޑު ނެރޭނެއެވެ. ފަހެ ޤާތިލުމީހާ އައިސް ބުނާނެއެވެ. ޤަތުލުކުރަންޖެހުނީ މިކަމާހުރެއެވެ. އަދި ގުޅުންކެނޑި މީހާ އައިސް ބުނާނެއެވެ. ތިމަންނާގެ ރަޙިމުގެ ގުޅުން ކެނޑީ މިހެންވެއެވެ. އަދި ވަގުކަލޭގެ އައިސް ބުނާނެއެވެ. ތިމަންނާގެ އަތް ކެނޑުނީ މިހެންވެގެންނެވެ. ދެން އެބައިމީހުންނަށް ގޮވޭނެއެވެ. އެއިން އެއްވެސް އެއްޗެއް އެމީހުން ނުގެންދާނެއެވެ.”

އިބްނު ޙަޖަރު ޛިކުރު ކުރައްވާފައި ވެއެވެ. މުދާތަކުން މީސްތަކުން އެއްކިބާވެ އަދި އެތަކެތި ދޫކޮށްލީ ކަމުގައި ވެދާނެއެވެ. އަލިފާންގަނޑު ނުކުންނަ ވަޤުތުކަމުގައިވެ މަޙްޝަރު ކުރެވުމުގައި [އެބަހީ އެންމެން އެއްތަނަކަށް ޖަމާވުމުގައި] އަވަދިނެތިވުމުގެ ސަބަބުންނެވެ. ފަހެ އެހިނދުގައި އެއްވެސް މީހަކު މުދާތަކަށް ނުބަލާނެއެވެ. އެހެނެއްކަމަކު އެމީހުންނަށް ކުޅަދާނަވީ ވަރަކުން އެކަން ލުއިކުރަން އުޅޭނެއެވެ.

އިބްނު ޙަޖަރު ޛިކުރު ކުރައްވާފައިވާމިވަނީ، ‘މަޙުޝަރު ކުރެވުމާގެން މީސްތަކުން އަވަދިނެތިވުމުގެ ސަބަބުން އެބައިމީހުން މުދާހޯދުމުވުން’ އެއްކިބާވުމެވެ. ނަމަވެސް މިކަމުގެ އެހެން ސަބަބެއް އޮތުން މަނަލެއް ނުވެއެވެ. އެއީ މުދާތައް ގިނަވުމެވެ. މަހުދީގެފާނާއި ޢީސާ عليه السلام ގެ ޒަމާނުގައި ކަންހިނގާ ފަދައިންނެވެ. އެހެންކަމުން މުއްސަނދިކަން ދެޒަމާނެއްގައި ވާހުއްޓެވެ. -އެއީ ދުރުދުރުގައި ކަމުގައި ވިޔަސްމެއެވެ.- އެއީ ތަފާތު ދެސަބަބަކާ ހުރެއެވެ. والله أعلم.

=ނުނިމޭ=

__________________________________________

[1] ((صحيح مسلم))، كتاب الزكاة، باب كل نوع من المعروف صدقة، (15/98/مع شرح النووي)، وانظر ((فتح الباري)) (13/88).