[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަހްލުއްސުންނަތި ވަލްޖަމާޢަތުގެ ޢަޤީދާ 6

އަދި މިދަންނަވާ ކަންތައްތަކަށްވެސް އަހުރެމެން އީމާންވަމެވެ. ﴿وَمَا مِنْ دَابَّةٍ فِي الْأَرْضِ إِلَّا عَلَى اللَّهِ رِزْقُهَا وَيَعْلَمُ مُسْتَقَرَّهَا وَمُسْتَوْدَعَهَا كُلٌّ فِي كِتَابٍ مُبِينٍ﴾ [هود: ٦] މާނައީ: “ބިމުގައި ހިނގާ ބިނގާވާހާ އެއްޗަކަށް މާތްﷲ ރިޒުޤު ނުދެއްވާ އެއްވެސް އެއްޗެއް ނުވެއެވެ. އަދި އެތަކެތި ބިމުގައި ސާބިތުވެ އުޅޭނެ ތަނަކާއި މަރުވުމަށްފަހު ވާނޭތަނެއް އެކަލާނގެ ދެނެވޮޑިގަންނަވައެވެ. މިހުރިހާކަމެއް ބަޔާންވެގެންވާފޮތް (ލައުޙުލް މަޙްފޫޠު)ގައި ވެއެވެ.”
އަދި މިދަންނަވާ ކަންތަކަށްވެސް އަހުރެމެން އީމާންވަމުއެވެ. ﴿وَعِنْدَهُ مَفَاتِحُ الْغَيْبِ لَا يَعْلَمُهَا إِلَّا هُوَ وَيَعْلَمُ مَا فِي الْبَرِّ وَالْبَحْرِ وَمَا تَسْقُطُ مِنْ وَرَقَةٍ إِلَّا يَعْلَمُهَا وَلَا حَبَّةٍ فِي ظُلُمَاتِ الْأَرْضِ وَلَا رَطْبٍ وَلَا يَابِسٍ إِلَّا فِي كِتَابٍ مُبِينٍ﴾[الأنعام: ٥٩ ] މާނައީ: “ޣައިބުގެ ހުރިހާ ތަޅުދަނޑިތައްވަނީ ﷲ ތަޢާލާގެ ޙަޟްރަތުގައެވެ. ޣައިބުގައިވާ ހުރިހާ ކަމެއް ދެނެވޮޑިގެންވަނީ ހަމަ އެކަލާނގެއެވެ. އަދި އެއްގަމާއި ކަނޑުގައިވާހާ އެއްޗެއް އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި (ގަސްގަހުގައިވާ ފަތްތަކުގެ ތެރެއިން) އެއްވެސް ފަތެއް އެކަލާނގެ ޢިލްމުފުޅާ ނުލައި ވެއްޓިގެން ނުދެއެވެ. އަދި ބިމުގެ (އެތެރޭގައިވާ) ކޮންމެ އޮއްޓަރަކާއި، އަދި ރޮލާވާ ހިކި އެއްޗެއްވިޔަސް ލައުޙުލް މަޙްފޫޠުގައި (ލިޔެވިފައި) ނޫނީ ނުވެއެވެ.”
މިދަންނަވާ އާޔަތުގައިވާ ކަންތަކަށްވެސް އަހުރެމެން އީމާންވަމުއެވެ. ﴿إِنَّ اللَّهَ عِنْدَهُ عِلْمُ السَّاعَةِ وَيُنَزِّلُ الْغَيْثَ وَيَعْلَمُ مَا فِي الْأَرْحَامِ وَمَا تَدْرِي نَفْسٌ مَاذَا تَكْسِبُ غَدًا وَمَا تَدْرِي نَفْسٌ بِأَيِّ أَرْضٍ تَمُوتُ إِنَّ اللَّهَ عَلِيمٌ خَبِيرٌ﴾[لقمان: ٣٤] މާނައީ: “ހަމަކަށަވަރުން ޤިޔާމަތްވާނެ (ވަގުތެއް) ގެ ޢިލްމުވަނީވެސް އެ އިލާހުގެ ޙަޟްރަތުގައެވެ. އަދި ވާރޭ ވެއްސެވުމާއި (މާބަނޑު އަންހެނާގެ) ރަޙިމުގައިވާ އެއްޗެއްގެ (ޙަޤީޤަތުގެ) ޢިލްމުވަނީވެސް އެކަލާނގެއަށެވެ. އަދި އެއްވެސް މީހަކަށް އޭނާ މާދަމާ މަސައްކަތްކޮށް އެއްކުރާނީ ކޮންއެއްޗެއް ކަމެއް ނޭނގޭނެއެވެ. ހަމަކަށަވަރުން ﷲ އީ ޢަލީމް ވަންތަ ޚަބީރުވަންތަ ރަސްކަލާނގެއެވެ.
އަދި ﷲ ތަޢާލާ އެދިވޮޑިގެންނެވި ހިނދަކު އެދިވޮޑިގަންނަވާ ގޮތަކަށް ބަސްވަޙީކުރައްވާކަމާ މެދުވެސް އަހުރެމެން ފުރިހަމައަށް އީމާންވަމުއެވެ. ﴿وَكَلَّمَ اللَّهُ مُوسَى تَكْلِيمًا﴾[النساء: ١٦٤] މާނައީ: “ﷲ ތަޢާލާ މޫސާ ޢަލައިހިއްސަލާމަށް ބަސްވަޙީކުރެއްވުމަކުން މެދުވެރިއެއްނެތި ބަސްވަޙީކުރެއްވީއެވެ. ﴿وَلَمَّا جَاءَ مُوسَى لِمِيقَاتِنَا وَكَلَّمَهُ رَبُّهُ﴾ [الأعراف: ١٤٣] މާނައީ: “އަދި ތިމަން ރަސްކަލާނގެ ކަނޑައެޅުއްވި ވަގުތަށް (ޠޫރު ފަރުބަދައަށް) މޫސާ ޢަލައިހިއްސަލާމް ވަޑައިގެންނެވުމުން އޭނާ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނގެ އޭނާއަށް ބަސްވަޙީކުރެއްވިއެވެ.”
﴿وَنَادَيْنَاهُ مِنْ جَانِبِ الطُّورِ الْأَيْمَنِ وَقَرَّبْنَاهُ نَجِيًّا﴾[مريم: ٥٢ ]މާނައީ: “އަދި ޠޫރު ފަރުބަދައިގެ ކަނާތްފަރާތުން ތިމަންރަސްކަލާނގެ މޫސާ ޢަލައިހިއްސަލާމަށް ނިދާ އިއްވެވީމެވެ. އަދި ސިއްރު ވާހަކަފުޅަށްޓަކައި އޭނާ ތިމަންރަސްކަލާނގެއާ ކުއްތަން ކުރެއްވީމެވެ.”
އަދި މިދަންނަވާ ކަންތަކަށްވެސް އަހުރެމެން އީމާން ވަމެވެ. ﴿قُلْ لَوْ كَانَ الْبَحْرُ مِدَادًا لِكَلِمَاتِ رَبِّي لَنَفِدَ الْبَحْرُ قَبْلَ أَنْ تَنْفَدَ كَلِمَاتُ رَبِّي وَلَوْ جِئْنَا بِمِثْلِهِ مَدَدًا﴾ [الكهف: ١٠٩] މާނައީ: “އަހުރެން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނގެ ކަލިމަ ފުޅުތައް (ލިޔުމަށް) ކަނޑުގެ (ލޮނުގަނޑު) ދަވާދު ކަމުގައި ވީނަމަވެސް އަހުރެންގެ ރައްބުގެ ކަލިމަ ފުޅުތައް ހުސްވުމުގެ ކުރިން ކަނޑުގެ (ލޮނުގަނޑު) ހުސްވެދާނެއެވެ.” ﴿وَلَوْ أَنَّمَا فِي الْأَرْضِ مِنْ شَجَرَةٍ أَقْلَامٌ وَالْبَحْرُ يَمُدُّهُ مِنْ بَعْدِهِ سَبْعَةُ أَبْحُرٍ مَا نَفِدَتْ كَلِمَاتُ اللَّهِ إِنَّ اللَّهَ عَزِيزٌ حَكِيمٌ﴾[لقمان: ٢٧] މާނައީ: “ބިމުގައިވާ ހުރިހާ ގަހަކުން ޤަލަމް (ހެދިފައިވާ) ކަމުގައިވެފައި އަދި ކަނޑުގައިވާ (ލޮނުގަނޑު) ދެލިކަމުގައިވެފައި އެއާއެކު (އެފަދަ) ހަތްކަނޑު (ދެލިކަމުގައި) ވީނަމަވެސް ﷲ ތަޢާލާގެ ވަޙީގެ ބަސްފުޅުތައް (ލިޔެ) ހުސްނުވާނެއެވެ. ހަމަކަށަވަރުން ﷲ ތަޢާލާ އީ އެންމެ ގަދަފަދަ ވަންތަ އެންމެ ޙިކްމަތް ވަންތަ ރަސްކަލާނގެއެވެ.”

(ނުނިމޭ)