[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޢުމަރު ބިން ޢަބްދުލްޢަޒީޒު رحمه اللهގެ 17 ދީނާރު

17الحمد لله. الصلاة و السلام على نبينا محمد و آله وصحبه أجمعين. و بعد.

އިމާމު އިބުނުލް ޖައުޒީ ރަޙިމަހުﷲ (1) ގެންނަވާފައިވާ ރިވާޔަތެއްގައިވެއެވެ.

ތިމަންކަލޭގެފާނަށް ޚަބަރު ލިބިވަޑައިގެންފައިވާ ގޮތުން އަލްމަންޞޫރު(2) އަބޫބަކުރު ޞިއްދީޤުއަށް މުނިކާފާފުޅު ވިދާޅުވާ ބޭފުޅެއްކަމަށްވާ ޢަބްދުއްރަޙުމާނު ބިން ޤާސިމް ބިން މުޙައްމަދު ބިން ޢަބޫބަކުރުއްސިއްދީޤު(ރަޟިޔަﷲ ޢަންހު) ކުރެން އެއްސެވިއެވެ. ތިމަންނާއަށް ނަޞީޙަތެއްދޭށެވެ.

އެކަލޭގެފާނު ދެންނެވިއެވެ. ތިމަންނާ ބުނެދޭންވީ އަހަރެންނަށް އިވުނުކަމެއްގެ ވާހަކަހެއްޔެވެ؟ ނުވަތަ ފެނުނު ކަމެއްގެ ވާހަކަހެއްޔެވެ؟

މަންޞޫރުދެންނެވިއެވެ. ކަލޭގެފާނަށް ފެނުނު ކަމެއްގެ ވާހަކައިންނެވެ.

ޢަބްދުއްރަޙުމާނު ވިދާޅުވިއެވެ. ” ޢުމަރު ބިން ޢަބްދުލްޢަޒީޒް އަވަހާރަވީ އިރުގައި އެކަލޭގެފާނުގެ ބޭފުޅުންގެ ޢަދަދު އެގާރައަށް އަރައެވެ. އަދި އެކަލޭގެފާނު ދޫކުރެއްވި މުދަލުގެ އަގު(3) އަރަނީ ސަތާރަ ދީނާރަށެވެ. އެކަލޭގެފާނު ކަފުންކުރެއްވުމަށް އެތަނުން ފަސް ދީނާރު ޙަރަދުވިއެވެ. އަދި އެކަލޭގެފާނު ފަސްދާނުލުމަށް ފަސްދާނުވެޑުވިފައިވާ ބިންކޮޅުގަތުމަށް ދެދިނާރު ޚަރަދުވިއެވެ. އަދި ބާކީ (ދިހަ ދީނާރު) އެކަލޭގެފާނުގެ ބޭފުޅުންނަށް ބެއްސެވީއެވެ. ކޮންމެ ބޭފުޅަކަށް ޖެހިވަޑައިގަތީ 19 ދިރުހަމެވެ. (4)

އަދި ހިޝާމު ބިން ޢަބްދުލްމަލިކު (5) ނިޔާވީއިރު އެކަލޭގެފާނުވެސް އެގާރަ ބޭފުޅުން ތިއްބެވިއެވެ. އަދި އެކަލޭގެފާނު ދޫކުރެއްވި މުދާތައް ބެއްސެވިއިރު ކޮންމެ ކުއްޖަކަށް ހާހުން ހާހުން (ނުވަތަ އެއްމިލިޔަން ދީނާރު ނުވަތަ ދިރުހަމް) ޖެހުނެވެ.

ދެން ތިމަންކަލޭގެފާނުގެ މިދެލޮލުން ޢުމަރުބިން ޢަބްދުލްޢަޒީޒު ރަޙިމަހުﷲ ގެ ބޭފުޅަކު ﷲގެ މަގުގައި ޞަދަޤާތްކުރުމަށްޓަކައި އެއްސަތޭކަ އަސް ގެންދަވާތީ ދެކެވަޑައިގަތީމެވެ. އަދި އެއަސްތަކުގެ ތެރޭން ޞަދަޤާތުގެ ގޮތުގައި އަހެއް ހިޝާމް ބިން ޢަބްދުލް މަލިކުގެ ދަރިކަލަކަށް(ފަޤީރުކަމުގެ ސަބަބުން) ލިބިވަޑައިގަންނަވާތަން ދުށީމެވެ.”

އިމާމު އިބުނު ޖަޢުޒީ ރަޙިމަހުﷲގެ ބަސްކޮޅު ނިމުނީ

ނޯޓުތައް:

(1)   މަޞްދަރު: سيرة عمر بن عبد العزيز (رحمه الله) لابن الجوزي رحمه الله.

    (2) ބޮޑަށް ބުރަވެވެނީ އައްބާސީ ޚިލާފަތުގެ ފުރަތަމަ ޚަލީފާކަމަށެވެ. . އެކަލޭގެފާނު ޚަލީފާކަމަށް އިސްކުރެވުނީ 136ހ ގައެވެ.

     (3) މީއެކަލޭގެފާނު ދޫކުރެއްވި މުދަލުގެ އަގެވެ. ދޫކުރެއްވި ފައިސާގެ އަދަދެއްނޫނެވެ. އެކަލޭގެފާނު ވެރިކަންކުރެއްވީ 99ހ އިން 101ހ އަށެވެ.

     (4)ދިރުހަމަކީ 2.975 ގުރާމް ރިއްސެވެ. އަދި ދީނާރަކީ 4.25 ގުރާމް ރަނެވެ.

     (5) އުމަވީދައުލަތުގެ ވެރިކަންކުރެއްވި ބޭކަލެއް. އެކަލޭގެފާނު ވެރިކަންކުރެއްވި 105ހ އިން 125 ހ އަށް. އެކަލޭގެފާނާ ޢުމަރުބިން ޢަބްދުލްއަޒީޒާ ދޭތެރޭގައި ވެރިކަން ކުރެއްވީ ޔަޒީދު ބިން އަބްދުލްމަލިކު 4 އަހަރު.

والحمد لله رب العالمين، و صلي الله على سيدنا محمد خاتم النبيين إلى يوم الدين، و حسبنا الله و نعم الوكيل، نعم المولى و نعم النصير.