[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިބުނު އަލްޤައްޔިމު : އަޅާ ވެރިރައްބުގެ ކުރިމަތީގައި ހުއްޓިހުންނާނެ ދެމަޤާމް

IBNULGAYYIMއިމާމު އިބުނުލް ޤައްޔިމު ރަޙިމަހުﷲ އެކަލޭގެފާނުގެ ފޮތެއްކަމުގައިވާ ފަވާޢިދުގައި ލިޔުއްވާފައިވެއެވެ.

އަޅާ އޭނާގެ ރައްބުގެ ކުރީމަތީގައި ހުއްޓެން ޖެހޭ ދެމަޤާމެއް ވެއެވެ. (ފުރަތަމައީ) ﷲގެ ކުރިމަތީގައި ނަމާދަށް ހުއްޓޭ ހުއްޓުމެވެ. (ދެވަނައީ) ﷲ ސުބުހާނަހޫ ވަތަޢާލާ އާއި ބައްދަލުކުރާ ދުވަހު (ޤިޔާމަތްދުވަހު) ހުއްޓޭ ހުއްޓުމެވެ. ފުރަތަމަ ހުއްޓުމުގައި ޙައްޤުގޮތުގައި ހުއްޓުނު (އެބަހީ: ނަމާދު ފުރިހަމައަށް ޤާއިމުކޮށްފި) މީހާއަށް ދެވަނަ ޙުއްޓުން ލުއިވާހުއްޓެވެ. ފަހެ (އެފުރަތަމަ) ހުއްޓުމަށް ފަރުވާ ކުޑަކޮށްފި މީހާއަށް ދެވަނަ ހުއްޓުން ނުހަނު ދަތިއުނދަގޫ ވެގެންވާ ހާލު ބަރުވެގެންވެއެވެ.

ﷲ ސުބުހާނަހޫ ވަތަޢާލާ ވަޙީކުރެއްވިއެވެ.

(وَمِنَ اللَّيْلِ فَاسْجُدْ لَهُ وَسَبِّحْهُ لَيْلًا طَوِيلًا ﴿٢٦﴾ إِنَّ هَـٰؤُلَاءِ يُحِبُّونَ الْعَاجِلَةَ وَيَذَرُونَ وَرَاءَهُمْ يَوْمًا ثَقِيلًا ﴿٢٧﴾) سورة الإنسان.

މާނައީ: “އަދި ރޭގަނޑުން ބައެއްގައި ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ސަޖިދަކުރައްވާށެވެ. (ފަރުޟު ނަމާދުކަމަށްވާ މަޣުރިބު އަދި ޢިޝާކުރައްވާށެވެ.) އަދި ރޭގަނޑުން ގިނަ އިރުވަންދެން ﷲމަތިވެރިކުރައްވާށެވެ.(އެބަހީ: ދަމުނަމާދުކުރައްވާށެވެ.)  ހަމަކަށަވަރުން، މިބައިމީހުން ދުނިޔޭގެ ދިރިއުޅުމަށް ލޯބިކުރެތެވެ. އަދި ބޮޑުވެގެންވާ ދުވަހެއް އެބައިމީހުންގެ ފަހަތަށް (ހެޔޮ ޢަމަލުނުކޮށް) ދޫކުރެއެވެ.”

(ތަފްސީރީ ތަރުޖަމާއީ: “އަދި ރޭގަނޑުން ބައެއްގައި ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ކުއްތަންވެ ވޮޑިގެން ނަމާދުކުރައްވާށެވެ. އަދި ރޭގަނޑުން ގިނަ އިރުވަންދެން ދަމުނަމާދުކުރައްވާށެވެ. ހަމަކަށަވަރުން ނަބިއްޔާއަށް ކިޔަމަން ނުގަތްމީހުން ހެޔޮޢަމަލުތައް ދޫކޮށްލުމަށްފަހު ދުނިޔެއަށް ލޯބިކުރެއެވެ. އަދި އެބައިމީހުންގެ ފަހަތަށް (ދުނިޔެހޯދުމަށްޓަކައި)، ޤިޔާމަތްދުވަސް ދޫކޮށްލައެވެ. އަދި އެދުވަހަށްޓަކައި ޢަމަލުނުކުރެއެވެ. (ތަފުސީރު މުޔައްސިރު އަދި ޖަލާލައިނި) )

އިބުނުލް ޤައްޔިމުގެ ބަސްކޮޅު ނިމުނީ

އިބުނުލް ޤައްޔިމަކީ ކޮންބޭކަލެއް؟

އިބުނުލް ޤައްޔިމު ރަޙިމަހުﷲ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖުރީ ސަނަތުން 691 ވަނަ އަހަރު ދިމިސްޤުގައެވެ. އެކަލޭގެފާނަކީ ދީނީ ޢިލްމުގެ އިތުރުން ބޭސްވެރިކަމާއި އެސްޓުރޮނޮމީ އާއި އަދި ނަފުސާނީ ޢިލްމުގައިވެސް ކުޅަދާނަ ބޭފުޅެކެވެ. އަދި އެކަލޭގެފާނު ޝައިޙުލް އިސްލާމް އިބުނު ތައިމިއްޔާ ރަޙިމަހުﷲ ގެ އަރިހުގައި ، އިބުނު ތައިމިއްޔާ އަވަހާރަވަންދެން އެކަލޭގެފާނާއިއެކު 16 އަހަރުވަންދެން ކިޔަވާ ވިދާޅުވެފައިވެއެވެ. އެކަލޭގެފާނަކީޝެއިޚުލް އިސްލާމް އިބުނު ތައިމިއްޔާ ރަޙިމަހުﷲ އެންމެ އިސްއެއްދަރިވަރެވެ.
އިބުނު ކަޘީރު ރަހިމަހުﷲ ތަޢާލާ އެކަލޭގެފާނު ސިފަކުރައްވަމުން ބަޔާންކުރައްވަނީ އިބުނު ޤައްޔިމަކީ އެދުވަސްވަރު ވަރަށް ގިނަ އިލްމުތަކެއްގެ ކުރިބޯށިކަމަށެވެ. އެކަލޭގެފާނު އަވަހާރަވީ ހިޖުރީ ސަނަތުން 751 ގައި އުމުރުފުޅުން 60 އަހަރުގައެވެ.

އެތައްފޮށްތަކެއް ލިޔުއްވާފައިވެއެވެ. އެކަލޭގެފާނު ހިމެނިވަޑައިގަންނަވަނީ ނުހަނު ބުއްދިތަނަވަސް އިލްމުވެރި ހިލްމުވެރި ބޭކަލެއްކަމުގައެވެ.

ކުރިސްޓިއަނުން ރައްދުދެއްވާ އެކަލޭގެފާނު ލިޔުއްވާފައިވާ ޅެމެއްގެ ތަރުޖަމާއެއް.

އޭ މަޞީހަށްއަޅުކަންކުރާމީހުންނޭވެ. މިސުވާލުތަކަށްނިކަން ޖަވާބެއްދީބަލާށެވެ.