[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ﷲ ތަޢާލާ މަތިވެރިކުރުމާއި އެއިލާހަށް ފުރައްސާރަކުރާ މީހާގެ ޙުކުމް (1 ވަނަ ބައި )

ar_t3zeem_Allah_t3alee

މުޤައްދިމާ

الحمد لله حمدا يليق بقدرته، و أشكره شكرا امتثالا لأمره، و أقر أن الخلق عاجزون عن تعظيمه حق تعظيمته : لعدم إحاطتهم به علما.

نعمه سبحانه و تعالى  لا تحصى ، و شكرها لا يوفّى ، له الآخرة و الأولى، و إليه الرّجعى، لا إله إلا هو ، وحده لا شريك له، و لا معبودَ بحقّ سواه.

و أصلي و أسلم على النبي الأمّيّ محمدِ بنِ عبدِ اللهِ صلى الله عليه و سلم.

أما بعد:

ފަހެ ހަމަކަށަވަރުން ބުއްދީގެ ގޮތުންނާއި ނަޤުލުގެ ގޮތުން ބަލާއިރު އެންމެ ބޮޑުވެގެންވާ ވާޖިބަކީ އެންމެހާ މަޚްލޫޤާތްތައް އެއިލާހުގެ އެއްކައުވަންތަކަމަށް އިޤުރާރުވާ الخالقސުބުޙާނަހޫ ވަތަޢާލާގެ ޤަދަރުފުޅު ދެނެގަތުމެވެ. ކޮންމެ މަޚްލޫޤެއްގެ އަމިއްލަ ނަފްސުގައިވެސް އެއެއްޗެއް ޚަލްޤުކުރެއްވި އިލާހުގެ މަތިވެރިކަމާއ،ި ނެތުމުގެ ތެރެއިން އުފެއްދެވުމުގެ ފުރިހަމަކަން،  ބަޔާންކޮށްދޭ ހެކިތައް ވެއެވެ. އެހެންކަމުން ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ނަފްސަށް ރުޖޫޢަވެ އެއަށް ނަޡަރުހިންގައި ރަނގަޅަށް ބަލައިފިކަމުގައި ވަނީނަމަ އެމީހަކަށް އޭނާގެ ޚާލިޤު ސުބުޙާނަހޫ ވަތަޢާލާގެ ޤަދަރުފުޅު އެނގިގެންދާނެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ( وَفِي أَنفُسِكُمْ ۚ أَفَلَا تُبْصِرُونَ )[ الذاريات 21].މާނައީ: ” އަދި ތިޔަބައިމީހުންގެ އަމިއްލަ نفسތަކުގައިވެސް ﷲ ތަޢާލާ ކުޅަދުންވަންތަވެވޮޑިގެންވާކަމުގެ ހެކިތައްވެއެވެ. ފަހެ، ތިޔަބައިމީހުން ވިސްނައި ނުބަލަނީ ހެއްޔެވެ؟ “.

ނޫޙު ޢަލައިހިއްސަލާމް އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ވިދާޅުވިއެވެ. (مَّا لَكُمْ لَا تَرْجُونَ لِلَّـهِ وَقَارًا ﴿١٣﴾ وَقَدْ خَلَقَكُمْ أَطْوَارًا )[نوح 13- 14]މާނައީ: ” ތިޔަބައިމީހުން اللَّهގެ عظمةތެރިކަން އެއިލާހަށް ނިސްބަތްނުކުރަނީ ކީއްވެގެންހެއްޔެވެ؟ (13) ހަމަކަށަވަރުން، އެކަލާނގެ ތިޔަބައިމީހުން ހެއްދެވީ، ތަފާތު مرحلةތަކަކުންނެވެ. “ މި އާޔަތުގެ ތަފްސީރުގައި އިބްނު ޢައްބާސް އާއި މުޖާހިދު ވިދާޅުވެފައިވެއެވެ. ( لا ترجون لله عظمة )މާނައީ: ” ﷲ ތަޢާލާ އަށް عظمةނިސްބަތްނުކުރަނީ ކީއްވެގެންހެއްޔެވެ. “. އަދިވެސް އިބްނު ޢައްބާސް ވިދާޅުވެފައިވެއެވެ. ( ما لكم لا تعظمون الله حق تعظيمه )މާނައީ: ” ތިޔަބައިމީހުން ﷲ ތަޢާލާއަށް  ޙައްޤުވެގެންވާ މަތިވެރިކަމުން تعظيمނުކުރަނީ ކީއްވެ ހެއްޔެވެ؟ “.

މި އާޔަތްތަކުގައި ނޫޙު ޢަލއިހިއްސަލާމް  އެބައިމީހުންގެ ނަފްސުތަކާއި އެބައިމީހުންގެ އުފެއްދެވުމުގައި އައި އެކިއެކި މަރުޙަލާތަކާއިމެދު ހަނދާންކޮށްދެއްވީ އެބައިމީހުންގެ މައްޗަށްވާ ﷲ ގެ ޙައްޤުތައް އެބައިމީހުންނަށް އަންގައިދެއްވުމަށެވެ. އެހެންކަމުން ނަފްސާއި އޭގެ މަރްޙަލާތަކާއި މެދު ނަޡަރުހިންގާ މީހަކަށް ﷲ ތަޢާލާ މަތިވެރިކޮށް އެއިލާހުގެ ޤަދަރުފުޅު ދެނެގަތުމަށް ފުދިގެންވެއެވެ. ވުމާއެކު ކައުނުގައިވާ އުޑާއި ބިމުގައިވާ  ﷲ ތަޢާލާގެ އެންމެހާ މަޚްލޫޤާތްތަކަށް ނަޡަރުހިންގައިފިކަމުގައި ވަނީނަމަ ކޮންފަދައެއް ހެއްޔެވެ! މީސްތަކުންނަށް ﷲ ތަޢާލާގެ މަތިވެރިކަން ނޭނގެނީ އެބައިމީހުން އެއިލާހުގެ ހެކިތައް ހޯދައި ބަލާއިރު ހެޔޮވިސްނުމާއި ޢިލްމާއި ޙިކުމަތާއި އެކު ހޯދާ ނުބަލާތީއެވެ. އެބައިމީހުން އެތަކެތި ބަލައިލަނީ އުފާ ޙާޞިލްކުރުމަށް އަވަސްވެގަތުމާއި އެކީގައެވެ. ހެޔޮވިސްނުމާއި ޢިލްމާއި  ވިސްނައި ފިކުރު ކުރުމާއި ނުލައެވެ:

ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. (وَكَأَيِّن مِّنْ آيَةٍ فِي السَّمَاوَاتِ وَالْأَرْضِ يَمُرُّونَ عَلَيْهَا وَهُمْ عَنْهَا مُعْرِضُونَ) [ يوسف 105] މާނައީ: ” އުޑުތަކާއި، ބިމުގައިވާ ހެކިތަކުގެ ތެރެއިން، އެއުރެންނަށް ފެނި، ކުރިމަތިވާ، އަދި އެ ހެކިތަކުން އެއުރެން އެއްކިބާވެ، އެއާމެދު ފިކުރުނުކުރާ، ކިތައްކިތައް ހެކި ވޭހެއްޔެވެ؟  “.

އެހެންކަމުން އެއްކިބާވެ ފުރަގަސްދޭ ސިކުނޑިތަކަކަށް އަދި ޣާފިލުވެފައިވާ ހިތްތަކަކަށް ﷲ ވޮޑިގެންވާކަމުގެ ހެކިތަކަކުން އަދި މުޢުޖިޒާތަކުން ފައިދާއެއް ނުކުރާނެއެވެ. އަދި އެއިލާހު ފެނިފައިވާ މީހަކު ނުވަތަ އެއިލާހު ވޮޑިގެންވާކަމުގެ ހެކިތައް ފެނި އެއިލާހުގެ ސިފަފުޅުތައް ދަނެގެންފި މީހަކު މެނުވީ އެއިލާހު މަތިވެރި ނުކުރާނެއެވެ. އެހެންކަމުން ޢާފިލުކަމުގެ ހިތްތަކުގައާއި، ޖާހިލު ސިކުނޑިތަކުގައި ﷲ ތަޢާލާގެ ޤަދަރު ކުޑަވެގެންދެއެވެ. ވުމާއެކު އެފަދަމީހުން ﷲ އަށް އުރެދި އެއިލާހަށް ކާފަރުވެ އެއިލާހަށް އެއްޗެހިގޮވައި ފުރައްސާރަކުރެއެވެ!! މިބައިމީހުން العظيمގެ މަތިވެރިކަމާއިމެދު ޖާހިލުވީ މިންވަރަކަށް އެއިލާހަށް އުރެދެއެވެ. އަދިއެމީހުންގެ ހިތްތަކުގައި އެއިލާހުގެ ޤަދަރާއި މަޤާމު ދަށްވީމިންވަރަކަށް އެއިލާހަށް ކާފަރުވެ އެއިލާހުގެ ޙައްޤުތަކަށް ދެކޮޅުހަދައެވެ. އަދި ނިކަމެތި ފަރާތްތަކުގެ ނިކަމެތިކަމާއިމެދު ޖާހިލުވީ މިންވަރަކަށް ނިކަމެތިފަރާތްތަކަށް ކިޔަމަންތެރިވެއެވެ. އަދި ހިތްތަކުގައި ﷲ ތަޢާލާގެ ޤަދަރާއި މަޤާމު އުފުލުނު މިންވަރަކުން އެއިލާހަށް އަޅުކަންކޮށް މަތިވެރިކުރެވެއެވެ.

މުޝްރިކުން ބުދަށް އަޅުކަންކޮށް، ކަށިތައް ދިރުއްވެވި އިލާހަށް ކާފަރުވަނީ މި ސަބަބަށްޓަކައެވެ. މި މައްސަލަ ބަޔާންކުރައްވައި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ( يَا أَيُّهَا النَّاسُ ضُرِبَ مَثَلٌ فَاسْتَمِعُوا لَهُ ۚ إِنَّ الَّذِينَ تَدْعُونَ مِن دُونِ اللَّـهِ لَن يَخْلُقُوا ذُبَابًا وَلَوِ اجْتَمَعُوا لَهُ ۖ وَإِن يَسْلُبْهُمُ الذُّبَابُ شَيْئًا لَّا يَسْتَنقِذُوهُ مِنْهُ ۚ ضَعُفَ الطَّالِبُ وَالْمَطْلُوبُ ﴿٧٣﴾ مَا قَدَرُوا اللَّـهَ حَقَّ قَدْرِهِ ۗ إِنَّ اللَّـهَ لَقَوِيٌّ عَزِيزٌ ﴿٧٤﴾) [الحج 73-74] މާނައީ: ” އޭ މީސްތަކުންނޭވެ! (اللَّه) مثالއެއް ޖައްސަވައިފިއެވެ. ފަހެ، ތިޔަބައިމީހުން އެއަށް ކަނުލައި އަހާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން اللَّهފިޔަވައި އަޅުކަންކުރާ ތަކެއްޗަކަށް މެއްސެއްވެސް ނެހެދޭނެތެވެ. އެކަމަށް އެ އެންމެން އެއްވިނަމަވެސްމެއެވެ. އަދި އެ މެހި، އެއުރެންގެ ކިބައިން އެއްޗެއް އަތުލައިފިނަމަ، އެވެސް އެ މެހީގެ ކިބައިން، އެއުރެންނަކަށް ސަލާމަތެއް ނުކުރެވޭނެތެވެ. އެދޭ މީހާއާއި އެދެވޭ ފަރާތްވެސް ނިކަމެތިވެގެންވެތެވެ . (73) ﷲ އަށް قدرކުރުން حقވެގެންވާ ގޮތުގައި، އެއުރެން އެކަލާނގެއަށް قدرއެއް ނުކުރެތެވެ. ހަމަކަށަވަރުން، اللَّهއީ، ބާރުވެރިވަންތަ، عزيزވަންތަ ރަސްކަލާނގެކަން ކަށަވަރެވެ. (74) “.

  • ﷲ ތަޢާލާ މަތިވެރިކުރުމުގެ ތެރޭގައި އެއިލާހު ތަޢާލާގެ ޞިފަފުޅުތަކާއި ނަންފުޅުތައް ދެނެގަތުން ހިމެނެއެވެ. އަދި އެއިލާހުގެ އާޔަތްތަކާއި މެދު ވިސްނައި އެއިލާހު ދެއްވި ނިޢުމަތްތަކާއި މެދު ފުންކޮށް ވިސްނުން ހިމެނެއެވެ. އަދި ފާއިތުވެ ގޮސްފައިވާ އުއްމަތްތަކުގެ ޙާލަށް ލޯހިންގައި ޢިލްމީ ބެލުމަކުން ބެލުމާއި ﷲ ދޮގުކުރި މީހުންނާއި ތެދުކުރި މީހުންގެ ނިމުން އައިގޮތާއި ކާފަރުންނާއި މުއުމިނުންގެ ނިމުންއައިގޮތް ބެލުން ހިމެނއެވެ.
  • ﷲ ތަޢާލާ މަތިވެރިކުރުމުގެ ތެރޭގައި އެއިލާހު ތަޢާލާ ޝަރުޢުކުރެއްވި ކަންތައް ދެނެގަތުމާއި އެއިލާހު ތަޢާލާގެ އަމުރުފުޅުތަކާއި ނަހީފުޅުތައް ދެނެގަތުމާއި އެ ކަންތައްތައް މަތިވެރިކުރުމާއި އެއަށް ކިޔަމަންތެރިވެ އެއަށް ޢަމަލުކުރުން ހިމެނެއެވެ. މިގޮތަށް ކަންތައްކުރުމުން ހިތުގައި އީމާންކަން ދިރިގެންދެއެވެ.  އެހެނީ އީމާން ކަމަކީ އޭގައި ހޫނުކަމަކާއި ހުޅުކޮޅެއް ވާ އެއްޗެކެވެ. އެހެންކަމުން ﷲ އަށް އީމަންވާ މީހުން އެއިލާހުގެ އަމުރުތަކުން އަމުރުކޮށް އެ އަމުރުތަކާއި އެއްގޮތަށް ޢަމަލުނުކޮށް އެއިލާހު ނަހީކުރެއްވިކަންތައް ނަހީކުރުމަށް ގޮވައި އެއާއި އެއްގޮތަށް ޢަމަލު ނުކޮށްފިކަމުގައި ވަނީނަމަ އީމާންކަން ފިނިވެ ހުޅުކޮޅު ނިވިދެއެވެ. ހަދުޔު ކަތިލުމާއި ޙައްޖުގެ އަޅުކަމަކީ އެއިލާހުގެ ޝަރީޢަތް މަތިވެރި ކުރުމުގެ ތެރެއިން ވާ ކަމެއް ކަމުގައި ﷲ ވަޙީ ކުރެއްވީ މިހެން ވެގެންނެވެ. ﷲ ތާޢާލާ ވަޙީކުރައްވާފައިވެއެވެ. (ذَٰلِكَ وَمَن يُعَظِّمْ شَعَائِرَ اللَّـهِ فَإِنَّهَا مِن تَقْوَى الْقُلُوبِ) [الحج 32] މާނައީ: “(ކަންހުރިމަގީ) އެއީއެވެ. އަދި اللَّهގެ شعائرތަކަށް (އެބަހީ: هديކަތިލުމާއި، أضحيةކަތިލުމާއި، حجގެ عملތަކާއި، އެނޫންވެސް دينىأمرތަކަށް) މާތްކޮށްހިތާމީހާ (ދަންނާށެވެ!) ފަހެ، އެކަންތައްވަނީ، ހިތްތަކުގެ تقوىވެރިކަމުގެ ތެރެއިންނެވެ.”

އެހެނީ އަމުރުކުރެއްވި ފާރާތުގެ އަމުރުތަކާއި ނަހީތައް މަތިވެރި ކުރުމަކީ އެފަރާތް މަތިވެރި ކުރުމުގެ ތެރެއިން ހިމެނޭކަމެކެވެ. އެހެންކަމުން ﷲ ތަޢާލާގެ އަމުރުފުޅު ތަކާއި ނަހީފުޅުތަކަށް އިންކާރުކޮށް އިހާނެތިކޮށް ހިތުމަށްފަހުގައިމެނުވީ އެިއިލާހުގެ ޙައްޤުތަކާއި ދުރަށްގޮސް އެއިލާއި ދެކޮޅުވެރިވެ އެއިލާހަށް ކާފަރުވެ ފުރައްސާރަ ނުކުރާނެއެވެ.

އަދި ހަމަކަށަވަރުން ﷲ ތަޢާލާ އަށް ފުރަގަސްދޭ، އެއިލާހު ތަޢާލާގެ ޤަދަރުފުޅާއިމެދު ޖާހިލުވެފައިވާ ބައެއް ޢާއްމުންގެ މެދުގައި ﷲ ތަޢާލާއަށް ފުރައްސާރަކުރުން މިވަނީ މަޝްހޫރުވެފައެވެ. އެމީހުންނަކީ އެއިލާހަށް ފުރައްސާރަކުރުމުގެ ކުރިން އެއިލާހުގެ އަމުރުފުޅުތަކަށާއި ނަހީފުޅުތަކާއި ދެކޮޅުވެރިވެފައިވާ ބައެކެވެ. ޚާއްޞަގޮތެއްގައި ސީރިޔާ އާއި ޢިރާޤާއި ބައެއް އެފްރިކާގެ ޤައުމުތަކުގައި މިކަންތައް ވަނީ އިތުރުވެފައެވެ. އެބައިމީހުން ﷲ ތަޢާލާ ސިފަކޮށް އެއިލާހަށް ރައްދުކުރާ ބަސްތަކަކީ މުއުމިނަކަށް އެބަސްތައް ޒިކުރު ކުރުމަށާއި އަޑުއެހުމަށް އުނދަގޫވާފަދަ ބަސްތަކެކެވެ. އަދި ބައެއްފަހަރު މިފަދަ ބަސްތައް ބުނެއުޅެނީ އެބައިމީހުންނަކީ މުސްލިމުން ކަމުގައި ބުނެއުޅޭ ބައެއް މީހުންނެވެ. އެހެނީ އެބައިމީހުން ޝަހާދަތުގެ ދެކަލިމަ ދުލުންކިޔާތީއެވެ. އަދި ބައެއް ފަހަރު ނަމާދުކުރާ މީހުންގެ ފަރާތުންވެސް މިފަދަ ބަސްތައް އާދެއެވެ. ޝައިޠާނާ އެބައިމީހުންގެ ދޫތައްމައްޗަށް މިބަސްތައް ގެނެސްހަދައެވެ. އަދި މިކަމަކީ ކުޑަކަމަކަށް ހެދުމަށްޓަކައި އެބައިމީހުން ބުނެހަދަނީ މި ބަސްތަކުން އޭގެ އަޞްލު މާނަ ޤަސްދު ނުކުރާކަމުގައެވެ. އަދި الخالقއަށް އުނިޞިފައެއް ރައްދުކުރަން ބޭނުންނުވާ ކަމުގައެވެ! އަދި އެބައިމީހުން މި ކަން ފަސޭހަކޮށްލުމަށްޓަކައި ބުނާ ކަމުގައި ވަނީ، އެފަދަ ބަސްތަކަކީ އެބަސްތަކަކާއި މެދު މައްސޫލުވެރިވާން ނުޖެހޭނެފަދަ ލަޣުވުގެ ބަސްތަކެއް ކަމަށެވެ! ވުމާއެކު އެބައިމީހުން މިކަމުގައި ފަރުވާކުޑަކުރެއެވެ!

މިފަދަކަންކަމީ ވަރަށް ރަނގަޅަށް މީސްތަކުންނަށް ބާޔާންކޮށްދޭން ޙާޖަތްޖެހިފައިވާ ކަންކަމެވެ. މިކަމުގައި ހުރި ނުރައްކާތެރިކަމާއި، ސަލާމަތްބުއްދި ފަސާދަކޮށްލާގޮތާއި، އެންމެހާ ސަމާވީ ޝަރީޢަތްތަކުގައިވެސް މިކަމަކީ ނުރައްކާތެރި ޙަރާމް ކަމެއްކަން މީސްތަކުންނަށް ބަޔާންކޮށްދޭންޖެހެއެވެ. އެއީ ޝައިޠާނާ މީސްތަކުންނަށް ލުއިކަމެއްގެ ގޮތުގައި މިކަން ދެއްކުން ހުއްޓުވުމަށާއި އޭނާގެ މަކަރުވެރި މަޅިތައް ހުއްޓުވައި الخالقތަބާރަކަ ވަތަޢާލާ މަތިވެރިކޮށް އެއިލާހު ތަޢާލާ އެންމެހާ ޢައިބުތަކުން ހުސްޠާހިރުވަންތަ ކުރުމަށްޓަކައެވެ. އެ ބަހަކީ އެއީ ކޮންމެ ގޮތަކަށް ދުލުން ބުނި ބަހެއް ކަމުގައިވިޔަސް ކޮންމެ ފަދަ ނިޔަތެއްގައި ބުނި ބަހެއްކަމުގައި ވިޔަސްމެވެ.

އެހެންކަމުން ކުރުގޮތަކަށް ބުނަމެވެ:

ހަކަމަށަވަރުން ފުރައްސާރަކުރުމަކީ އެއީ ﷲ ތަޢާލާ ގެ ޤަދަރު ކުޑަވާގޮތަށް ބުނާ ކޮންމެ ބަހެކެވެ. އަދި އެއިލާހު ތަޢާލާ ގެ ޤަދަރު ކުޑަވާގޮތަށް ކުރާ ކޮންމެ ކަމެކެވެ. މި ހުރިހާ ކަމަކީ ކުފުރު ކަމުގައި މުސްލިމުން ޚިލާފުވެފައި ނުވެއެވެ. އެއީ ފުރައްސާރަކުރުމުގެ ޤަސްދުގައި ބުނި ބަހެއްކަމުގައި ވިޔަސް ނުވަތަ ކުޅިވަރަކަށް މަޖަލަކަށް ބުނި ބަހެއް ކަމުގަވި ވިޔަސްމެވެ. ނުވަތަ ޢާފިލުކަންމަތީގައި ޖާހިލުކަންމަތީގައި ބުނި ބަހެއް ކަމުގައި ވިޔަސްމެވެ! މިކަމުގައި މީސްތަކންގެ މަޤްޞަދު ތަފަތުވުމަކުން ޙުކުމަކަށް ތަފާތު ނާދެއެވެ. ސަބަބީ މިކަމުގައި ޙުކުމް ކަނޑައަޅާ އެއްޗަކީ ބޭރުފުށުގެ މާނައެވެ.
-ނުނިމޭ-

ކުރީގެ ބައިތައް ވިދާޅުވުމަށް މި ލިންކަށް ޒިޔާރަތްކޮށްލައްވާ!

فضيلة الشيخ عبد العزيز بن مرزوق الطَّريفي ލިޔުއްވާފައިވާ تعظيم الله تعالى و حكم شاتمه ގެ ދިވެހި ތަރުޖަމާ.