[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަހުލުއްސުންނާ ވަލްޖަމާޢަތުގެ އުސޫލު ތަކުގެ ތެރެއިން މުހިންމު އަސްލެއް.

aslu“(1)ހެޔޮކަންކަމަށް އަމުރުކުރުމާއި އަދި ނުބައިކަންކަން މަނާކުރުމަކީ އަހުލުއްސުންނަތް ވަލްޖަމާޢަތުގެ އަޞްލުތަކުގެ ތެރެއިން އަޞްލެކެވެ. އެބައިމީހުންގެ ހިތުން އެކަމުގެ ޝަރުޢުކުރެއްވިފައިވާ ކަމަށް ޤަބޫލުކުރެއެވެ. އަދި އެކަމަށް ދުލުން އިޤުރާރުވެއެވެ. އަދި އެބައިމީހުންނަށް ކުޅަދާނަވީ މިންވަރަކުން އެކަމުގެ މައްޗަށް ވާގިވެރިވެއެވެ.

ޝެއިޚުލް އިސްލާމް (އިބުނު ތައިމިއްޔާ) ރަޙިމަހުﷲ ބަޔާންކުރައްވައެވެ. “އެޔަށްފަހު އެބައިމީހުން (އެބަހީ އަހުލުއްސުންނަތް ވަލްޖަމާޢަތް) މި އަޞްލުތަކުގެ ދަށުން ޝަރީޢަތް ލާޒިމުކުރާގޮތަށް ހެޔޮކަންކަމަށް އަމުރުކޮށް އަދި ނުބައިކަންކަން މަނާކުރެއެވެ. އަދި މިގޮތުގައި އުއްމަތަށް ނަޞީޙަތްދިނުމުގައި ކުރިޔަށްދެއެވެ. އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މިޙަދީޘްގައިވާ މާނައިން އިޢުތިޤާދުކުރަމުންނެވެ. (المؤمن للمؤمن كالبنيان) (މާނައީ): އެއްމުއުމިނަކީ (އަނެއް) މުއުމިނާއަށް(ހެޔޮކަންކަމުގައި ވާގިވެރުމުގައި)ވާ ބިނާއެއް ފަދަ މީހެކެވެ.” (ޝެއިޚުލް އިސްލާމްގެ ބަސްކޮޅު ނިމުނީ.)

ޝެއިޚު މުޙައްމަދު ބިން އިބްރާހިމް ރަޙިމަހުﷲ ބަޔާންކުރައްވައެވެ.

“އެމީހަކު އިޢުތިޤާދުކުރާކަމެއް(ޤަބޫލުކުރާކަމެއް) ކުރުމަށް ވާޖިބުކުރާ ކަންކަން ނުކޮށް ދޫކޮށްލާނަމަ، އެކަމުން ދަލީލުކޮށްދެނީ އެއިޢުތިޤާދާއި ޚިލާފުވެއްޖެކަމެކެވެ. އަދި އެކަމުގައި(އެކަމެއްގައި) ނިކަމެތިވެއްޖެނަމަ ދަލީލުކޮށްދެނީ، (އެބައިމީހުން) އިޢުތިޤާދުކުރާ ކުރުންވެސް ނިކަމެތި ވެއްޖެކަމެވެ.”

ހަމަކަށަވަރުން ޞަޙާބީ ބޭކަލުން ނަބިއްޔާ ޞައްލަﷲ ޢަލައި ވަސައްލަމައަށް އެކަމުގެ މައްޗަށް ބައިއަތު ހިއްޕެވިއެވެ. ޖަރީރު ބިން ޢަބްދުﷲ ރަޟިޔަﷲ ޢަންހު ރިވާކުރައްވައެވެ. (2)

(بَايَعْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَى إِقَامِ الصَّلَاةِ وَإِيتَاءِ الزَّكَاةِ وَالنُّصْحِ لِكُلِّ مُسْلِمٍ) 

މާނައީ:” ނަމާދު ޤާއިމުކުރުމަށާއި ޒަކާތްދިނުމަށާއި އަދި ކޮންމެ މުސްލިމަކަށް ނަޞީޙަތްދިނުމުގެ މައްޗަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ތިމަންކަލޭގެފާނު ބައިއަތު ހިއްޕެވީމެވެ.”

ހެޔޮކަންކަމަށް ގޮވާލުމާއި އަދި ނުބައިކަންކަން މަނާކުރުމަކީ އަޅުތަކުންގެ މައްޗަށް ﷲ ދެއްވާފައިވާ ނިޢުމަތްތަކަށް ޝުކުރުކުރުމުގެ ތެރޭން ހިިމެނޭކަމެކެވެ. ﷲ ސުބުޙާނަހޫ ވަޙީކުރައްވައެވެ. (3)

(الَّذِينَ إِن مَّكَّنَّاهُمْ فِي الْأَرْضِ أَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ وَأَمَرُوا بِالْمَعْرُوفِ وَنَهَوْا عَنِ الْمُنكَرِ)

މާނައިގެ ތަރުޖަމާއީ: ” (ﷲ ނަޞްރު ދެއްވާމީހުންނަކީ)، އެބައިމީހުންނަކީ ބިންމަތީގައި ތިމަންﷲ އެބައިމީހުން ބާރުކުރައްވައިފިނަމަ ނަމާދު ޤާއިމުކޮށް އަދި ޒަކާތްދީ އަދި ހެޔޮކަންކަމަށް އަމުރުކޮށް އަދި ނުބައިކަން މަނާކުރާމީހުންނެވެ.”

އަދި އެއީ ފާފަތަކާއި ނުބައިކަންކަން ފުހެދޭ ކަންކަމުގެ ތެރޭގައި ހިމެނޭކަމެކެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. (4)

(فِتْنَةُ الرَّجُلِ فِي أَهْلِهِ وَمَالِهِ وَجَارِهِ تُكَفِّرُهَا الصَّلَاةُ وَالصَّدَقَةُ وَالْأَمْرُ بِالْمَعْرُوفِ وَالنَّهْيُ عَنْ الْمُنْكَرِ)

މާނައީ: “އެމީހަކު އިމްތިހާނުކުރެވޭ ފިތުނަތަކުގެ ތެރޭގައި އަހުލުވެރިންނާއި މުދަލާއި ދަރިންނާއި އަދި އަވައްޓެރިންވެއެވެ. އެ(ފާފަތައް) ނަމާދާއި ރޯދައިންނާއި ޞަދަޤާތުންނާއި އަދި ހެޔޮކަންކަމަށް އަމުރުކުރުމުންނާއި އަދި ނުބައިކަންކަމަށް މަނާކުރުމުން ފޮހެލައެވެ.”

އަދި އެއީ ޞަދަޤާތްތަކުގެ ތެރެއިން ޞަދަޤާތެކެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. (5)

(وَأَمْرٌ بِالْمَعْرُوفِ صَدَقَةٌ وَنَهْيٌ عَنْ مُنْكَرٍ صَدَقَةٌ) 1006

މާނައީ: ‘އަދި ހެޔޮކަންކަމަށް އަމުރުކުރުމަކީ ޞަދަޤާތެކެވެ. އަދި ނުބައިކަންކަން މަނާކުރުމަކީ ޞަދަޤާތެކެވެ.” ރަވާހު މުސްލިމް.

އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަވަނީ މަޤުމަތީގައި އިށީންނަ މީހާއަށް، އޭނާ އެހާލަތުގައި އިނދެ އެއަޅުކަން އަދާކުރުމަށް އަމުރުކުރައްވާފައެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައެވެ.(6)

(فَإِذَا أَتَيْتُمْ (7) إِلَى الْمَجَالِسَ فَأَعْطُوا الطَّرِيقَ حَقَّهَا قَالُوا وَمَا حَقُّ الطَّرِيقِ قَالَ غَضُّ الْبَصَرِ وَكَفُّ الْأَذَى وَرَدُّ السَّلَامِ وَأَمْرٌ بِالْمَعْرُوفِ وَنَهْيٌ عَنْ الْمُنْكَرِ)  

މާނައީ: “ތިޔަބައިމީހުން އިށީންނަށް (މަގުމަތީގައިވާ އިށީންނަ ތަނަކަށް) އަތުވެއްޖެނަމަ، މަގަށް އޭގެ ޙައްޤު ދޭށެވެ.” ޞަޙާބީ ބޭކަލުން ދެންނެވިއެވެ. އަދި މަގުގެ ޙައްޤަކީ ކޮބައިތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. “ބެލުން ތިރިކުރުމެވެ. އަދި (މީސްތަކުންނަށް) އުނދަގޫ ދިނުމުން ދުރުވުމެވެ. އަދި ސަލާމަށް ރައްދުދިނުމެވެ. އަދި ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންކަން މަނާކުރުމެވެ.”

ޝެއިޚުގެ ބަސްކޮޅު ނިމުނީ

މިފޮތުގެ އިތުރުބައިތައް ބައްލަވާ

________________

(1) މަދީނަތުއްނަބަވިއްޔާގެ މަސްޖިދުއްނަބަވީގެ އިމާމު އަދި ޚަޠީބު ޑރ. ޢަބްދުލްމުޙުސިނު އަލްޤާސިމު ލިޔުއްވާފައިވާ “الأمر بالمعروف والنهي عن المنكر أصل من أصول الدين”(ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައިކަންކަން މަނާކުރުމަކީ ދީނުގެ އަޞްލުގެ ތަކުގެ ތެރެއިން އަޞްލެކެވެ)ތަރުޖަމާ ކުރެވެމުންދާ މިކުޑަކުޑަފޮތުން ނެގިފައިވާ މައުޟޫއެކެވެ.

(2) متفق عليه.

(3) سورة الحج: 41

(4)متفق عليه.

(5) رواه مسلم: 1006

(6)  رواه البخاري و مسلم.

(7) قال ابن حجر رحمه الله في الفتح (كتاب المظالم/ باب أفنية الدور و الجلوس فيها و الجلوس على الصعدات ): ” قَوْلُهُ : ( فَإِذَا أَتَيْتُمْ إِلَى الْمَجَالِسِ ) كَذَا لِلْأَكْثَرِ بِالْمُثَنَّاةِ وَبِإِلَى الَّتِي لِلْغَايَةِ ، وَفِي رِوَايَةِ الْكُشْمِيهَنِيِّ ” فَإِذَا أَبَيْتُمْ ” بِالْمُوَحَّدَةِ وَقَالَ : ” أَلَّا ” بِالتَّشْدِيدِ وَهَكَذَا وَقَعَ فِي كِتَابِ الِاسْتِئْذَانِ بِالْمُوَحَّدَةِ “

ފަތުޙުގައި އިބުނު ޙަޖަރު ޝަރަޙަގައި ގެންނަވާފައިވާ ލަފުޒު އެވަނީ މަތީގައިވާ ޙަދީޘްގައެވެ.  މިިފޮތުގެ މުޞައްނިފު ގެންނަވާފައިވަނީީ އެލަފުޒެވެ. މިހާރުގެ ގިނަ ޙަދީޘްފޮތްތަކުގައިހުރީ، އިބުނު ޙަޖަރު ރަޙިމަހުﷲ ބަޔާންކުރައްވާފައިވާ الْكُشْمِيهَنِيِّގެ ރިވާޔަތުގައިވާ ފަދައިންނެވެ.”