[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

“ވަކިމީހަކަށް ޚާއްޞަވެގެންވާ ވާޖިބެއްނޫނެވެ”

amrubilmauroofالحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. و بعد
.
“(ހެޔޮކަންކަމަށް އަމުރުކުރުމާއި އަދި ނުބައިކަންކަމަށް މަނާކުރުން މިކަމުގެ) ވާޖިބުކަން ބޮލުގައި އެޅިފައިވަނީ ވަކިބައެއް ނަގާފައި، ވަކި ޚާއްޞަބައެއްގެ ބޮލުގައެއް ނޫނެވެ. އަދި ކިއެއްހެއްޔެވެ. މިއީ މ ތަކުލީފުލިބިގެންވާ ކޮންމެ މީހަކުވެސް އަދާކުރަންޖެހޭ އަޅުކަމެކެވެ.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
(مَنْ رَأَى مِنْكُمْ مُنْكَرًا فَلْيُغَيِّرْهُ بِيَدِهِ فَإِنْ لَمْ يَسْتَطِعْ فَبِلِسَانِهِ فَإِنْ لَمْ يَسْتَطِعْ فَبِقَلْبِهِ وَذَلِكَ أَضْعَفُ الْإِيمَانِ) (1)
މާނައީ: “ފަހެ ތިޔަބައިމީހުންގެ ތެރެއިން މީހަކަށް މުންކަރެއް(ނުބައިކަމެއް) ފެނިއްޖެނަމަ އެމީހެއްގެ އަތުން އެކަމެއް މަނާކުރާހުށިކަމެވެ. ފަހެ އެކަމަށް ކުޅަދާނަނުވެއްޖެނަމަ އެމީހެއްގެ ދުލުންނެވެ.(ދުލުން މަނާކުރާށެވެ). އަދި އެކަމަށް ކުޅަދާނަ ނުވިނަމަ އެމީހެއްގެ ހިތުންނެވެ.(ހިތުން ކުށްވެރިކުރާށެވެ). އަދި އެއީ އީމާންކަމުގެ އެންމެ ދެރަމިންވަރެވެ.” (ރިވާކުރެއްވީ މުސްލިމް: 49)

އިބުނު ޢަޠިއްޔާ ރަޙިމަހުﷲ ވިދާޅުވިއެވެ. ” ކުޅަދާނަކަން ލިބިގެންވާ މީހުންގެ މައްޗަށް ހަމަކަށަވަރުން ނުބައިކަންކަން މަނާކުރުން ފަރުޟުވެގެންވާކަމަށް އިޖުމާޢުވަނީ ޤާއިމުވެގެންނެވެ.” (2)

މުހިންމު ނުކުތާއެއް:
މިދުވަސްވަރު މިއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ދެނެގަންނަން ޖެހޭކަމެކެވެ. ނުބައިކަމެއް ހިނގާނަމަ ވަކިބަޔެއްގެ ބޮލަށް ޖަހާފައި އެއްކިބާވުމުގެ އުޞޫލު އަޅުގަނޑުމެންނަށް ގެންގުޅެވޭތަން އާދެއެވެ. ބަޔަކު ނުބައިކަމެއްކުރުމުން، އެކަމެއް މަނާކުރަން ބަޔަކު ނުކުތުމުން އެބައިމީހުންނަށް ފުރައްސާރަކޮށް މަލާމަތްކޮށް ހެދޭތަން އަންނަނީ ވަރަށް ގިނަފަހަރުއެވެ.

މިއީ އަޅުގަނޑުމެންނަށް މުންކަރާތްތައް މަނާކުރުމަކީ އަޅުގަނޑުމެންގެ އެންމެންގެ ބޮލުގައި އެޅިފައިވާ ޒިންމާއެއްކަން ނުވިސްނޭތީ ކުރެވޭ ވަރަށް ވިޔާނުދާ ދަށުދަރަޖައިގެ ޢަމަލެކެވެ. ތިމާމެންނަށް ނުކުރެވޭ ތަނުގައި އެހެން ބަޔަކު ކުރަންވެސް ނުރުހެވެއެވެ. އެކަމުން ދީނާއި ދުރަށްދެވިފައިވާ މިންވަރު ނޫނީ ހާމަނުވެއެވެ. އަދި އެކަމުން އަމިއްލަ ނަފުސަށް މެނުވީ މަލާމާތް ރައްދުނުވެއެވެ. ދުޢާއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ މިމަތިވެރި އަޅުކަމުގެ މަތީގައި ޤާއިމުވުމުގެ މަތިވެރި ޝަރަފާއި އަދި މާތްކަން ދެއްވާ މީހުންގެ ތެރޭގައި އަޅުގަނޑުމެން ލެއްވުމެވެ. އަދި އަޅުގަނޑުމެންގެ ކަންކަން އިޞްލާޙުކޮށްދެއްވުމެވެ.
وصلى الله وسلم على نبينا محمد و آله و صحبه أجمعين.

މިފޮތުގެ އިތުރުބައިތައް ބައްލަވާ
_______________
(1) رواه مسلم: 49.
(2) މަދީނަތުއްނަބަވިއްޔާގެ މަސްޖިދުއްނަބަވީގެ އިމާމު އަދި ޚަޠީބު ޑރ. ޢަބްދުލްމުޙުސިނު އަލްޤާސިމު ލިޔުއްވާފައިވާ “الأمر بالمعروف والنهي عن المنكر أصل من أصول الدين”(ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައިކަންކަން މަނާކުރުމަކީ ދީނުގެ އަޞްލުގެ ތަކުގެ ތެރެއިން އަޞްލެކެވެ) މިފޮތުން ނެގިފައިވާ މައުޟޫއެކެވެ.