[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައިކަންކަން މަނާކުރުން ދޫކޮށްލުމުން ލިބޭގެއްލުންތައް

amrubilmauroofالحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. و بعد.

“އެކަން ދޫކޮށްލުމުން މުސްލިމުންގެ ދުޢާ ރައްދުކުރެވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(وَالَّذِي نَفْسِي بِيَدِهِ لَتَأْمُرُنَّ بِالْمَعْرُوفِ وَلَتَنْهَوُنَّ عَنْ الْمُنْكَرِ أَوْ لَيُوشِكَنَّ اللَّهُ أَنْ يَبْعَثَ عَلَيْكُمْ عِقَابًا مِنْهُ ثُمَّ تَدْعُونَهُ فَلَا يُسْتَجَابُ لَكُمْ) (1)”އެފަރާތެއްގެ އަތްޕުޅުގެ ދަށުގައި ތިމަންކަލޭގެފާނުގެ ފުރާނަފުޅު ވާ ފަރާތްގަންދެއްވައި ހުވާކުރައްވަމެވެ. ތިޔަބައިމީހުން ހެޔޮކަންކަމަށް ޢަމުރުކުރާހުށިކަމެވެ. އަދި ނުބައިކަންކަން މަނާކުރާހުށިކަމެވެ. ނުވަތަ ތިޔަބައިމީހުންނަށް ﷲގެ ފަރާތުން ޢަޒާބެއް އައުން ގާތްވެދާހުއްޓެވެ. އަދި އެޔަށްފަހު ތިޔަބައީހުން އެއިލާހަށް ދުޢާކޮށްފިނަމަ އިޖާބަ ނުކުރެވޭ ހުއްޓެވެ.”

އަދި ހެޔޮކަންކަމަށް ގޮވާލުމަށާއި އަދި  ނުބައިކަންކަން މަނާކުރުމަށް އިންކާރު ކުރުމަކީ އުއްމަތްތައް ހަލާކުވުމުގެ ސަބަބުތަކުގެ ތެރެއިން ސަބަބެކެވެ. ﷲ ޢައްޒަ ވަޖައްލަ ވަޙީކުރައްވާފައިވެއެވެ.

(لُعِنَ الَّذِينَ كَفَرُوا مِن بَنِي إِسْرَائِيلَ عَلَىٰ لِسَانِ دَاوُودَ وَعِيسَى ابْنِ مَرْيَمَ، ذَٰلِكَ بِمَا عَصَوا وَّكَانُوا يَعْتَدُونَ ﴿٧٨﴾كَانُوا لَا يَتَنَاهَوْنَ عَن مُّنكَرٍ فَعَلُوهُ، لَبِئْسَ مَا كَانُوا يَفْعَلُونَ ﴿٧٩﴾)     (2)

މާނައިގެ ތަރުޖަމާއީ:” ދާވޫދު (ޢަލައިހިއްސަލާމް) އަދި ޢީސަ ބިން މަރްޔަމް (ޢަލައިހިމައްސަލާމް) ދޫފުޅުގެ މަތީން ބަނީ އިސްރާއީލުންގެ (ބާގައިގެ) މީހުންގެ ތެރެއިން ކާފިރުވެގަތް މީސްތަކުންގެ މައްޗަށް ލަޢުނަތް ލެއްވުނެވެ. އެއީ އެބައިމީހުން (ﷲއާއި ރަސޫލުންނަށް) އުރެދުނު ކަމަށްޓަކައެވެ. އަދި އެކަމުގައި އެބައިމީހުން ހައްދުފަހަނައަޅާފައިވާ ބަޔެއްކަމުގައިވިއެވެ. (78). އެބައިމީހުން އަރައިގަތް އުރެދުމުގެ މައްޗަށް(އެއްބަޔަކު އަނެއްބަޔަކަށް) މަނާކުރާ ބަޔެއްކަމުގައި އެބައިމީހުން ނުވެއެވެ. އެބައިމީހުން ކޮށްއުޅުނު ކަންތަކުގެ ނުބައިކަމުގެ ބޮޑުކަމާއެވެ. (79)”

އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

(إِنَّ أَوَّلَ مَا دَخَلَ النَّقْصُ عَلَى بَنِي إِسْرَائِيلَ كَانَ الرَّجُلُ يَلْقَى الرَّجُلَ فَيَقُولُ يَا هَذَا اتَّقِ اللَّهَ وَدَعْ مَا تَصْنَعُ فَإِنَّهُ لَا يَحِلُّ لَكَ ثُمَّ يَلْقَاهُ مِنْ الْغَدِ فَلَا يَمْنَعُهُ ذَلِكَ أَنْ يَكُونَ أَكِيلَهُ وَشَرِيبَهُ وَقَعِيدَهُ فَلَمَّا فَعَلُوا ذَلِكَ ضَرَبَ اللَّهُ قُلُوبَ بَعْضِهِمْ بِبَعْضٍ) رواه أحمد. (3)

“ހަމަކަށަވަރުން އެންމެ ފުރަތަމަ ބަނީ އިސްރާއިލު (ބާގައިގެ) މީހުންނަށް އައި (ދީނީގޮތުން) އުނިކަމަކީ އެބައިމީހުން މީހަކާ ބައްދަލުވެއްޖެނަމަ ބުނެއެވެ. އޭ މިހިރަ މީހާއެވެ. ﷲއަށް ތަޤުވާވެރިވާށެވެ. އަދި ތިކުރާ ކަންތައް ދޫކޮށްލާށެވެ. ފަހެ ހަމަކަށަވަރުން ތިއީ ކަލެއަށް ކުރުން ހުއްދަވެގެންވާ ކަމެއްނޫނެވެ. އެޔަށްފަހެ އޭނާ ފަހުން އަނެއްކާވެސް އެމީހާއާ ބައްދަލުވެއެވެ. އަދި އޭނާ (ކުރިން މަނާކުރިފަދައިން އެމުންކަރާތުގެ) އެނުބައިކަމުގެ މައްޗަށް މަނާނުކުރެއެވެ. އެއީ އޭނާއާއި އެކު ކައި ބޮއެ މަޖިލީސްކޮށް އެކުއުޅުމަށް ޓަކައެވެ. ދެން އެބައިމީހުން އެފަދައިން ކަންތައް ކުރުމުން، ﷲ (ސުބުޙާނަހޫ) އެބައިމީހުންގެ ހިތްތައް އަނެއްބަޔެއްގެ ހިތްތަކާއި އެކު ޙައްޤާއިދުރު، ހިތްހަރުބައެއްކަމުގައި ލެއްވިއެވެ.”

އަލްޙަސަން (އަލްބަޞްރީ) ރަޙިމަހުﷲ ވިދާޅުވިއެވެ. ” ތިޔަބައިމީހުން ހެޔޮކަންކަމަށް އަމުރުކުރާށެވެ. އަދި  ނުބައިކަންކަން މަނާކުރާށެވެ. އަދި އެހެންނޫންނަމަ ތިޔަބައިމީހުން ނަޞީޙަތްތަކެއްކަމުގައި (މީސްތަކުންގެ މައްޗަށްވާ ނަމޫނާތަކެއްކަމުގައި) ވާށެވެ.” (4)

މިފޮތުގެ އިތުރުބައިތައް ބައްލަވާ

وصلى الله وسلم على نبينا محمد و آله و صحبه أجمعين.

ނިމުނީ

____________

(1) رواه الترمزي (2169) و ابن ماجه (4004).

(2)سورة المائدة: 78، 79

(3) رواه  أبو داود. 4336. (މުސައްނަފު އިމާމު އަޙުމަދު ރިވާކުރެއްވިކަމަށް ބަޔާންކުރައްވާފައިވެއެވެ. ނަމަވެސް މުސްނަދުން  އެރިވާޔަތް އަޅުގަނޑަށް ފެންނަގޮތެއް ނުވިއެވެ. و الله أعلم)

(4) މަދީނަތުއްނަބަވިއްޔާގެ މަސްޖިދުއްނަބަވީގެ އިމާމު އަދި ޚަޠީބު ޑރ. ޢަބްދުލްމުޙުސިނު އަލްޤާސިމު ލިޔުއްވާފައިވާ “الأمر بالمعروف والنهي عن المنكر أصل من أصول الدين”(ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައިކަންކަން މަނާކުރުމަކީ ދީނުގެ އަޞްލުގެ ތަކުގެ ތެރެއިން އަޞްލެކެވެ)  މިފޮތުން ނެގިފައިވާ މައުޟޫއެކެވެ.