[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ހެޔޮކަންކަމަށް ގޮވާލާ އަދި މުންކަރާތްތައް މަނާކުރާ މީހުންނާއިމެދު އަޅުގަނޑުމެންގެ މަޤާމު.

juzeekakhairالحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. و بعد.
“ދީނާއިގެން ތެދުވެ، އެޔަށް ދަޢުވަތު ދޭ މީހާއަށް ޙައްޤުވެގެންވަނީ ޝުކުރާއި ޘަނާއެވެ. އަދި އިޙުތިރާމްކޮށް އެމީހަކަށް ދުޢާކުރުމެވެ. އަންޞާރިއްޔަ ބޭކަލުން ﷲގެ ދީނަށް ނަޞްރުދެއްވިއެވެ. އެބައިމީހުންނާއި މެދު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
الْأَنْصَارُ لَا يُحِبُّهُمْ إِلَّا مُؤْمِنٌ وَلَا يُبْغِضُهُمْ إِلَّا مُنَافِقٌ فَمَنْ أَحَبَّهُمْ أَحَبَّهُ اللَّهُ وَمَنْ أَبْغَضَهُمْ أَبْغَضَهُ اللَّهُ” ރިވާކުރެއްވީ މުސްލިމް (1)
މާނައީ: “އަންޞާރުބޭކަލުން ދެކެ މުއުމިނުން މެނުވީ ލޯބިނުވާހުއްޓެވެ. އަދި އެބައިމީހުންދެކެ މުނާފިޤުން މެނުވީ ރުޅިނާރާ ހުއްޓެވެ. އަދި އެބައިމީހުން ދެކެ ލޯބިވެއްޖެމީހަކު ދެކެ ﷲ (ސުބުޙާނަހޫ) ވަތަޢާލާ  ލޯބިވެތިވެވޮޑިގެންވެއެވެ. އަދި އެބައިމީހުން ދެކެ ރުޅިއަރައިފި މީހަކު ދެކެ، ﷲ (ސުބުޙާނަހޫ) ކޯފާވެވޮޑިގެންވެއެވެ.”

ވަރަޤާ ބިން ނައުފަލް –(ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ (އަނބިކަނބަލުންގެ ބައްޕަ ފަރާތުގެ) ބޮޑުބޭބެގެ ދަރިކަލުން(2))، އެކަލޭގެފާނު ޖާހިލިއްޔާ ޒަމާނުގައި ފިޠުރަތުގެ މަތީގައި އުޅުއްވި ބޭކަލެކެވެ. އަދި (ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ) ރިސާލަތު ދެކެވަޑައިގަތެވެ. އަދި ދީނަށް ނަޞްރުދެއްވުމަށް ވަޢުދުވެވަޑައިގަތެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމައަށް އެކަލޭގެފާނު ދެންނެވިއެވެ.
(يَا لَيْتَنِي فِيهَا جَذَعًا (أي: شابا)…. حِينَ يُخْرِجُكَ قَوْمُكَ …..وَإِنْ يُدْرِكْنِي يَوْمُكَ أَنْصُرْكَ نَصْرًا مُؤَزَّرًا) رواه البخاري. (3)

“ކަލޭގެފާނުގެ ޤައުމުގެ މީހުން ކަލޭގެފާނު ( މައްކާއިން) ނެރިލާހިނދު ތިމަންނާއަކީ ޒުވާނެއްކަމުގައިވާނެ ނަމައެވެ… ކަލޭގެފާނުގެ ނެރެލެވޭ އެދުވަސް ތިމަންނާ އާ ބައްދަލުވެއްޖެނަމަ ކަލޭގެފާނަށް ގަދަފަދަވެގެންވާ ނަޞްރަކުން ނަޞްރުދޭހުށީމެވެ.”

އަދި އިސްލާމްދީނުގެ މަތީގައި އުޅޭމީހުން އެދީނަށް އެކަލޭގެފާނަށްނަޞްރުދީ އެކަލޭގެފާނުގެ (ރިސާލަތު) ފޯރުކޮށްދީ އެކަލޭގެފާނުގެ މައްޗަށް ލޯބިކުރުން، ޖާހިލިއްޔަތުގެ ޒަމާނުގައި އުޅުއްވި ބޭކަލަކަށްވުރެ އައުލާކަން ބޮޑުވެގެންވެއެެވެ. (އެޔާއެކު) އަދި އެކަލޭގެފާނު (ވަރަޤާ ބިން ނައުފަލް)، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާ ބައްދަލުވެ ވަޑައިގެން އެކަލޭގެފާނަށް ނަޞްރު ދެއްވުމަށް އުއްމީދުކުރެއްވެވިއެވެ.” (4)

މިފޮތުގެ އިތުރުބައިތައް ބައްލަވާ
وصلى الله وسلم على نبينا محمد و آله و صحبه أجمعين.

_______________

(1) رواه البخاري(3572) و مسلم (75).

(2) އަޞްލުފޮތުގައި ލިޔެވިފައިވަނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބޮޑުބޭބެގެ ދަރިކަލުން ކަމަށެވެ. ވަރަޤާ ބިން ނައުފަލްގެ ނަސަބު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި ގުޅެނީ ޤުޞައްޔުއާއި ހިސާބުންނެވެ. ވަރަޤާ ބިން ނައުފަލް ބިން އަސަދު ބިން ޢަބްދުލްޢުއްޒާ ބިން ޤުޞައްޔުއެވެ. އަދި ވަރަޤާއަކީ ޚަދީޖާ ބިންތި ޚުވައިލިދު ގެ ބޮޑުބޭބެގެ ދަރިކަލުންނެވެ. (ދެބެންގެ ދެދަރިބޭކަލެކެވެ). މުޞައްނިފު ލިޔުއްވަން އުޅުއްވާފައިވާނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަނބިކަނބަލުންގެ ބޮޑުބޭބެގެ ދަރިކަލުން ކަމަށް ބުރަވެވެއެވެ. ފަހަރެއްގައި ޗާޕުކުރުމުގައި “އަނބިކަނބަލުން” މިލަފުޒު ވެއްޓިފައިވައިވެސް ވެދާނެއެވެ. ރަނގަޅުގޮތަކީ ވަރަޤާއަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބޮޑުބޭބެގެ ދަރިކަލެއްނޫނެވެ. و الله أعلم)

(3)رواه البخاري (6581)

(4) މަދީނަތުއްނަބަވިއްޔާގެ މަސްޖިދުއްނަބަވީގެ އިމާމު އަދި ޚަޠީބު ޑރ. ޢަބްދުލްމުޙުސިނު އަލްޤާސިމު ލިޔުއްވާފައިވާ “الأمر بالمعروف والنهي عن المنكر أصل من أصول الدين” (ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައިކަންކަން މަނާކުރުމަކީ ދީނުގެ އަޞްލުގެ ތަކުގެ ތެރެއިން އަޞްލެކެވެ) މިފޮތުން ނެގިފައިވާ މައުޟޫއެކެވެ.