[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ދީނަށް މަލާމާތްކޮށްފި މީހާގެ ޢުޤޫބާތް.

laathauthazirooالحمد لله رب العالمين. و الصلاة و السلام على نبينا محمد، و على آله و أصحابه أجمعين. أما بعد:

“ﷲގެ ޝިޢާރުތަކުގެ ތެރެއިން ޝިޢާރަކަށް މަލާމާތްކޮށް ފުރައްސާރަކޮށްފި މީހާ ނުވަތަ އެއީ ކުޅިވަރެއްކަމުގައި ހަދައި އެޔަށް ޖޯކުޖަހައި ހަދައިފިނަމަ، ނުވަތަ އެޔަށް ރުޅިއަރައިފިނަމަ، ހަމަކަށަވަރުން މިބަސްފުޅުގައިވާ  ވަޢިދަށް އެމީހެއްގެއް ނަފުސު ހުށައަޅައިފިއެވެ.

(قُلْ أَبِاللَّـهِ وَآيَاتِهِ وَرَسُولِهِ كُنتُمْ تَسْتَهْزِئُونَ (٦٥) لَا تَعْتَذِرُوا قَدْ كَفَرْتُم بَعْدَ إِيمَانِكُمْ) (1)

މާނައިގެ ތަރުޖަމާއީ: “ކަލޭގެފާނު (މުހައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ) ވިދާޅުވާށެވެ. ތިޔަބައިމީހުން މަލާމާތްކުރަނީ ﷲއާއި އެއިލާހުގެ އާޔަތްތަކާއި އަދި އެއިލާހުގެ ރަސޫލާއަށް ހެއްޔެވެ؟ (65) ތިޔަބައިމީހުން އުޒުރުނުދައްކާށެވެ. ހަމަކަށަވަރުން ތިޔަބައިމީހުން އީމާންވުމަށްފަހު ކާފަރުވެގަންފިއެވެ.”

ޝެއިޚުގެ ބަސްކޮޅު ނިމުނީ

މިއާޔަތް ބާވާލެއްވުނު  ސަބަބު.

މި އާޔަތް ބާވާލެއްވުނު ސަބަބު ބަޔާންކުރައްވައި އިމާމު ޠަބަރީ އަންނަނިވި ޙަދީޘް އެކަލޭގެފާނުގެ ތަފުސީރުގައި ގެންނަވާފައިވެއެވެ.

(عن عبد الله بن عمر قال: قال رجل في غزوة تبوك في مجلس: ما رأينا مثل قرائنا هؤلاء، أرغبَ بطونًا، ولا أكذبَ ألسنًا، ولا أجبن عند اللقاء! فقال رجل في المجلس: كذبتَ, ولكنك منافق ! لأخبرن رسول الله صلى الله عليه وسلم، فبلغ ذلك النبي صلى الله عليه وسلم ونـزل القرآن. قال عبد الله بن عمر: فأنا رأيته متعلقًا بحَقَب ناقة رسول الله صلى الله عليه وسلم تَنْكُبه الحجارة, وهو يقول: ” يا رسول الله، إنما كنا نخوض ونلعب!”ورسول الله صلى الله عليه وسلم يقول: أَبِاللهِ وَآيَاتِهِ وَرَسُولِهِ كُنْتُمْ تَسْتَهْزِئُونَ * لا تَعْتَذِرُوا قَدْ كَفَرْتُمْ بَعْدَ إِيمَانِكُمْ)

މާނައީ: ޢަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ ޢަންހު ރިވާކުރައްވައެވެ. ތަބޫކު ހަނގުރާމައިގައި އެތަނުން ބައެއްގެ ތެރޭގައި މީހަކު ބުންޏެވެ. ތިމަންމެންގެ މިކިޔަވާއުޅޭ މިބައިމީހުން (ނަބިއްޔާގެ ޞަޙާބީންނަށް ނިސްބަތްކޮށް މި) ފަދަ ބަޔަކު ތިމަންނާމެން ނުދެކެމެވެ. އެބައިމީހުންގެ އެންމެ ސަމާލުކަންދެނީ އެބައިމީހުން ބަނޑުތައް ފުރުމަށެވެ. އަދި އެޔަށްވުރެ ދޮގުވެރި ބަޔަކު ނުވެއެވެ. އަދި ޢަދުއްވުންނާއި ބައްދަލުކުރާހިނދު އެޔަށްވުރެ ފިނޑިބަޔަކުނުވެއެވެ. ދެންއެތަނުގައިވީ އެހެން މީހަކު ބުންޏެވެ. “ކަލޭ ދޮގު ހަދައިފިއެވެ. ނަމަވެސް ތިބާއީ މުނާފިޤެކެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ތިކަމުގެ ޚަބަރު ހަމަކަށަވަރުން ދޭހުށީމެވެ. ދެން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އެޚަބަރު ފޯރައްޖެއެވެ. އަދި ޤުރުއާނުން (އާޔަތްތަކެއް އެކަމާ ގުޅިގެން) ބާވާލައްވައިފިއެވެ.” ދެން ޢަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. “ހަމަކަށަވަރުން ތިމަންބޭކަލުން އެހެން ބުނި މީހާ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޖަމަލުކޮޅުގެ ވާގަނޑުގައި އެލިގަނެގެންވާހާލު އޭނާގެ ފައި ހިލަތަކުގައި (ބިންމަތީގައި) ދެމެމުންދާ ހާލު ދެކެވަޑައިގަތީމެވެ. އަދި އޭނާ ބުނަމުންދިޔައެވެ. “ތިމަންމެން ފޫހިފިލުވާލައި މަޖާކުރުމަށްޓަކައިި މެނުވީ އެކަންނުކުރަމެވެ.” އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައެވެ.”أَبِاللهِ وَآيَاتِهِ وَرَسُولِهِ كُنْتُمْ تَسْتَهْزِئُونَ * لا تَعْتَذِرُوا قَدْ كَفَرْتُمْ بَعْدَ إِيمَانِكُمْ .(މާނައީ): ތިޔަބައިމީހުން މަލާމާތްކޮށްއުޅުނީ ﷲއާއި އެއިލާހުގެ އާޔަތްތަކާއި އަދި ރަސޫލާއަށް ހެއްޔެވެ؟ އުޒުރުނުދައްކާށެވެ. އީމާންވުމަށްފަހުގައި ތިޔަބައިމީހުން ކާފަރުވެއްޖެއެވެ.”(2)

وصلى الله وسلم على نبينا محمد و آله و صحبه أجمعين.

މިފޮތުގެ އިތުރުބައިތައް ބައްލަވާ.

_______________

(1) سورة التوبة: 65، 66

(2)މި ޙަދީޘް އިމާމު އިބުނު އަބީ ޙާތީމް ތަފްސީރުގައިވެސް ގެންނަވާފައިވެއެވެ. ތަފުސީރު ޠަބަރީގެ ތަޙުޤީޤުގައި ޙަދީޘްޢިލްމުވެރިޔާ ޢައްލާމާ  އަޙުމަދު ޝާކިރު މިޙަދީޘްގެ ސަނަދު ޞައްޙަ ކަމަށް ބަޔާންކުރައްވާފައިވެއެވެ. (14/334)

(3) މަދީނަތުއްނަބަވިއްޔާގެ މަސްޖިދުއްނަބަވީގެ އިމާމު އަދި ޚަޠީބު ޑރ. ޢަބްދުލްމުޙުސިނު އަލްޤާސިމު ލިޔުއްވާފައިވާ “الأمر بالمعروف والنهي عن المنكر أصل من أصول الدين” (ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައިކަންކަން މަނާކުރުމަކީ ދީނުގެ އަޞްލުގެ ތަކުގެ ތެރެއިން އަޞްލެކެވެ)  މިކުޑަ ރިސާލާއިން ނެގިފައިވާ މައުޟޫއެކެވެ.