[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަހަރެމެންގެ ނަބިއްޔާއަކީ އަހަރެމެންގެ ނަމޫނާއެވެ 1

alihihsalathwahsalamالحمدللهوالصلاة والسلام على  نبينا وقدوتنا محمد وآله وصحبه أجمعين، وبعد.

އަބޫ އައްޔޫބުލް އަންޞާރީ ރަޟިޔަﷲ ޢަންހުމަސްދުވަހުގެ ރާސްތާއެއްގެ ދިގު ދަތުރެއްކުރައްވާފައި ޢުޤުބާ ބިން ޢާމިރު ރަޟިޔަﷲ ޢަންހު މިސްރުގެ ގަވަރުނަރުކަމުގައި ހުންނަވަނިކޮށް (މަދީނާއިން)ވަޑައިގަތެވެ. އަދި ދެންނެވިއެވެ. މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަަމަގެ ކިބައިން މުސްލިމުންގެ ޢައިބު ފޮރުވުމާއި ބެހޭގޮތުން އައިސްފައިވާ ހަދީޘް ތިމަންކަލޭގެފާނަށް ކިޔައިދެއްވާށެވެ. މިހާރު އެޙަދީޘް އަޑުއެހި މީހުންގެ ތެރެއިން ތިމަންކަލޭގެފާނާއި އަދި ކަލޭގެފާނު މެނުވީ އެހެންމީހަކު ނެތެވެ. ޢުޤްބާ ބިން ޢާމިރު ރަޟިޔަޢަންހު މި ޙަދީޘް ކިޔައިދެއްވުމުން އަބޫ ޢައްޔޫބުލް ޢަންޞާރީ ރަޟިޔަﷲ ޢަންހު ވަޤުތުން އެކަލޭގެފާނު ދަތުރުކުރެއްވި ސަވާރީއަށް އަރުއްވައިގެން މަދީނާއަށް ދިޔުމަށް ދަތުރުފައްޓަވައިފިއެވެ. އެންމެކުޑަމިނުން އެކަލޭގެފާނު ވަރުބަލިފުޅު ފިލުވާލެއްވުމަށްވެސް  މަޑުނުކުރައްވައެވެ.

ސުވާލަކީ މިފަދަ ބޮޑު ލޯތްބަކާއި މަތިވެރިކަމެއް މުސްލިމުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަަމައަށް ދެނީ ކީއްވެހެއްޔެވެ؟

ޖަވާބު ވަރަށް ސާފެވެ. ސަބަބަކީ އެއީ ހުރިހާ އިންސާނުންނަށްޓަކައި ފޮނުވުނު ރަޙުމަތެއްކަމުގައި އެކަލޭގެފާނު ވެފައި އެކަލޭގެފާނަކީ މުޅި އިންސާނިއްޔަތަށްވާ ނަމޫނާއެއްކަމުގައި ވާތީއެވެ. މުޅި އިންސާނިއްޔަތަށް އެންމެ ފުރިހަމަ ނަމޫނާ އަދި އެންމެ ފުރިހަމަ އަޚުލާޤު ދައްކަވައި ދެދުނިޔެ ބާއްޖަވެރިވާނެ ރިސާލަތު ބަޔާންކޮށްދެއްވުމަށް ﷲ ސުބުޙާނަހޫ ވަތަޢާލާ  ފޮނުއްވި ކަލޭގެފާނު ކަމުގައިވާތީއެވެ. އަދި އިސްލާމްކަން އަދި އީމާންކަން ފުރިހަމަވުން ހިމެނިފައިވަނީ އެކަލޭގެފާނަށް ތަބާވެގެން ކަމުގައިވާތީއެވެ. އެއީ ހައްދުން ނެއްޓުމެއްނެތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަަމަބަޔާންކޮށްދެއްވި އެކަލޭގެފާނުގެ ޞަޙާބީން (ރަޟިޔަﷲ ޢަންހުމް) ޢަމަލު ކުރެއްވިގޮތުގެ މަތީންނެވެ.

ދަލީލު ﷲ ސުބުޙާނަހޫ ވަތަޢާލާގެ ވަޙީބަސްފުޅުން

ﷲ ސުބުޙާނަހޫ ވަތަޢާލާ އަޙުޒާބުގެ ސޫރަތުގެ 21 ވަނަ އާޔަތުގައި  ޥަޙީކުރައްވާފައިވެއެވެ.

﴿لَّقَدْ كَانَ لَكُمْ فِي رَسُولِ اللَّـهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُو اللَّـهَ وَالْيَوْمَ الْآخِرَ وَذَكَرَ اللَّـهَ كَثِيرًا ﴾

މާނައިގެ ތަރުޖަމާއީ: “ހަމަކަށަވަރުން ﷲ ގެ ރަސޫލާ (މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ) ގެ ކިބައިގައި ރިވެތިވެގެންވާ ނަމޫނާއެއްވެއެވެ. އެއީ ﷲއާއި އަދި އާޚިރަތް ދުވަހަށް އުއްމީދުކުރާ އަދި ގިނަގިނައިން ﷲގެ މަތިން ހަނދުމަކުރާމީހުންނަށެވެ.”

     މިއާޔަތުން އަޅުގަނޑުމެންނަށް މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަކީ އަޅުގަނޑުމެން މުސްލިމުންގެ އެންމެ ހެޔޮވެގެންވާ ނަމޫނާކަން އެނގިގެންދެއެވެ.

އަދިވެސް ﷲ ސުބުޙާނަހޫ ވަތަޢާލާ އަލްއަންބިޔާ ސޫރަތުގައި  ވަޙީކުރައްވައެވެ.

﴿وَمَا أَرْ‌سَلْنَاكَ إِلَّا رَ‌حْمَةً لِّلْعَالَمِينَ ﴿١٠٧

ތަރުޖަމާޢީ: އަދި ތިމަންއިލާހު ކަލޭގެފާނު (އެބަޙީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ) ޢާލަމްތަކަށް (އިންސާނުންނާއި ޖިންނީންނާއި އަދި ވުޖޫދުގައި ވާހާ ހުރިހާއެއްޗަކަށް) ރަޙުމަތެއްކަމުގައި މެނުވީ ނުފޮނުއްވަމެވެ.”

    ފަހެ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަކީ އަޅުގަނޑުމެންނާއި އަދި މުޅި ޢާލަމްތަކަށް ފޮނުވުނު ރަޙުމަތެއްކަމުގައި އަޅުގަނޑުމެންނަށް އެނގިގެން ހިނގައްޖެއެވެ.

އަދިވެސް ﷲ ސުބުޙާނަހޫ ވަތަޢާލާ ކީރިތި ޤުރުއާނުގެ އެތައްތަނެއްގައިި އެކަލޭގެފާނަށް ތަބާވުމަށާއި އަދި އެކަލޭގެފާނު ދެއްވި އެއްޗެއްގައި ހިފުމަށާއި އެކަލޭގެފާނާށް ތަބާނުވާ މީސްތަކުންނަކީ ހަވާނަފުސަށް ތަބާވެފައިބާ ބަޔެއްކަން އަންގަވާ ބަސްފުޅު ވަޙީކުރައްވާފައިވެއެވެ.

ވީމާ މިކަމުގެ ސަބަބުން މުސްލިމުން އެންމެ ލޯބިވާ  އިންސާނަކީ މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކަމާމެދުގައި އެއްވެސް ޝައްކެއްނެތެވެ. އެކަލޭގެފާނުވަނީ މުޅި ދުނިޔެ ބަދަލުކުރައްވައި އެކަލޭގެފާނުގެ ހިދާޔަތުގެ ސަބަބުން މުޅިދުނިޔޭގެ އެތައްބަޔަކަށް އުއްމީދުގެނެސްދެއްވި ބޭކަލަކަށެވެ. ޖާހިލިއްޔަތު ނައްތާލައްވައި އިންސާނުންގެ އަޅުވެތިކަމުން މީސްތަކުން ނެރުއްވައި އަދި ޢާލާމްތަކުގެ ވެރިރައްބުގެ އަޅުވެތިކަމުގެ ދަށަށް މީސްތަކުން ދާނެ މަންހަޖު ބަޔާންކޮށްދެއްވިއެވެ. އަންހެނުންގެ ޙައްޤުތައް އެކަލޭގެފާނު ބަޔާންކޮށްދެއްވިއެވެ. އެކަލޭގެފާނަކީ އެންމެ މާތް އިންސާނާއެވެ. މުސްލިމުންގެ ޖާނާއި މާލުން އެބޭކަލަކަށްޓަކައި ޤުރުބާންވާން މުސްލިމުން ތިބެނީ ލޮލުން ބޮލުން އެދިއެވެ.

(ނުނިމޭ)

ދެވަނަބައި