[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފަތުވާ: ނޭފަތަށް ޖަހާ ސްޕްރޭ އެއްގެ ސަބަބަން ރޯދައެއް ނުގެއްލޭނެ

އަޅުގަނޑަކީ ނޭފަތް އެލާޖީ ވާ މީހަކީމެވެ. އެކަމަށް ފަރުވާކުރުމުގެ ގޮތުން އަޅުގަނޑު “ނޭސަލް ސްޕްރޭ” އެއް ބޭނުންކުރަމެވެ. އެ ބޭނުންނުކޮށްފިނަމަ ވަރަށް ބޮޑަށް އަޅުގަނޑަށް ދަތިކަން އިޙްސާސުވެއެވެ. އެބޭނުންނުކޮށް ތިން ގަޑިއިރަށްވުރެ އިތުރަށް ހުރުމަކީ އަޅުގަނޑަށް ވާނޭ ކަމެއްނޫނެވެ. އަޅުގަނޑު އެބޭނުންނުކޮށްފިނަމަ އަޅުގަނޑުގެ ނަފްސަށް ދަތިކަމުގެ ނިހާޔަތަށް އުނދަގޫ އިޙްސާސްވެއެވެ. މިކަމުގައި އެންމެ ދަތިވާ އެއްކަމަކީ ރަމަޟާން މަސް އަންނާތީއެވެ. އެއީ އެ ބޭނުންކުރުމުން އަޅުގަނޑުގެ ރޯދައަށް އަޘަރެއްކޮށްފާނެތީއެވެ… މިކަމުގެ ޙުކުމަކީ ކޮބާ ހެއްޔެވެ؟

 

 

ޖަވާބު:

ތިބާ ތި ބޭނުންކުރާ ސްޕްރޭ އަކީ ގޭސް އެއްފަދަ އެއްޗެއްކަމުގައި ނޫނީ ނުވެއެވެ. އެހެނީ އެއީ ވައިގެ ތެރެއަށް ފެތުރިގެން ގޮސް އޭގެ އެއްވެސް މިންވަރެއް [އިންސާނާގެ] މަޢިދާއަށް ވާޞިލެއް ނުވާނެއެވެ.

އެހެންކަމުން އަޅުގަނޑު ދަންނަވަމެވެ: ރޯދައަށް ހުރެ މިފަދަ ސްޕްރޭއެއް ބޭނުންކުރުމަކީ މައްސަލައެއް ނޫނެވެ. އަދި އެއީ ރޯދަ ގެއްލޭ ކަމެއް ނޫނެވެ.

އެހެނީ – ކުރިންވެސް ދަންނަވާފައިވާނޭ ފަދައިން – އޭގެ ބައިތަކެއް މަޢިދާއަށް ވާޞިލެއް ނުވާނެއެވެ. އެއީ ވައިގެ ތެރޭގައި ބުރައިގެންގޮސް ގެއްލޭ އެއްޗެކެވެ. އަދި އޭގެ ބައިތަކެއް މަޢިދާއަށް ވާޞިލު ނުވާތީ އެއީ ރޯދަގެއްލޭ ކަމެކޭ ނުބުނެވޭނެއެވެ.

އެހެންކަމުން ރޯދައަށް ހުރެ އެ ބޭނުންކުރުމަކީ ހުއްދަކަމެކެވެ.

الشيخ محمد بن صالح العثيمين – رحمه الله

فتاوى نور على الدرب ” ( شريط رقم 44 )

 

 

 

ނޯޓު:

1 ނޭފަތަށް ބޭސްތިކި ޖެހުމުން ރޯދަ ގެއްލޭނެއެވެ.

2  ނޭފަތަށް ސްޕްރޭއެއް ޖެހުމުން ރޯދަ ނު ގެއްލޭނެއެވެ.

3  އިންހޭލާ ބޭނުންކުރުމުން ރޯދަ ނު ގެއްލޭނެއެވެ.

4  ނެބިއުލައިޒާ ބޭނުންކުރުމުން ރޯދަ ގެއްލޭނެއެވެ.

 

_________________________________

މިފަތުވާގެ އަޞްލު: ޢަރަބިބަހުން