[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޣައިރު މުސްލިމުންނާއެކު އެއްސުފުރާއެއް މަތިން ރޯދަ ވިއްލުން ހުއްދަވާނެތަ؟

ifthaar saaim

الحمد لله والصلاة والسلام على روسول الله وعلى آله وصحبه أجمعين.

ޝައްކެއްނެތް އަޅުނގަޑުމެންގެ ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްކަމުގައިވީ ނަމަވެސް، މި  ރާއްޖެއަކީ ފަތުރުވެރިކަމަށް ހުޅުވާލެވިފައިވާ ރާއްޖެއެކެވެ. ވަޒީފާ އަދާ ކުރުމަށާއި އަދިވެސް އެހެނިހެން ބޭނުންތަކަށް އެހެންދީންތަކުގެ އަހުލުވެރިން މިރާއްޖެއަށް އައިސްގޮސް އުޅެއެވެ. އެހެންކަމުން އެފަދަ މީހުންނާއިއެކު އޮންނަ ގުޅުންތަކަކީ ޝަރުޢީ މިންގަނޑުތަކުގެ ތެރޭގައި އޮންނަ ގުޅުންތަކަށް ވާން ޖެހޭނެއެވެ.

ޣައިރުމުސްލިމުންނާ އެއްސުފުރާއެއް މަތިން ރޯދަ ވީއްލުމުގެ މައްސަލައަށް ބަލާލާނަމަ ބުނެވޭނީ، އެކަމަކީ އެއީ ޝަރުޢީ ގޮތުން ހުއްދަ ސަބަބެއް އެކަމުގައި އޮތް ކަމުގައިވާނަމަ ހުއްދަ ކަމެއްކަމުގައެވެ. މިޘާލަކަށް މާތްވެގެންވާ އިސްލާމް ދީނަށް އެފަދަ މީސްމީހުންނަށް ގޮވާލުން ނުވަތަ އިސްލާމްދީނާ މެދު އެފަދަ މީހުންގެ ހިތުގައިވާ ގޯސް ތަސައްވުރު ދުރުކޮށް މާތްވެގެންވާ މިދީނުގެ ރަނގަޅު ތަސައްވުރެއް އެފަދަ މީހުންނަށް ދައްކުވައިދިނުން ފަދަ ކަންކަމުގައި އެފަދަ މީހުންނާ އެއްސުފުރާއެއް މަތިން ރޯދަ ވީއްލުން އެއީ މައްސަލައެއް ނޫނެވެ. ނަމަވެސް އެކަން (މާނައަކީ: ޣައިރު މުސްލިމުންނާއެކު އެއްސުފުރާއެއް މަތިން ރޯދަވީއްލުން) އެކުރަނީ އެމީހުންނާ އޮންނަ އެކުވެރި ކަމެއްގެ ސަބަބުން ނުވަތަ އެމީހުންގެ މެހުމާންދާރީއިން އުފާ ލިބިގަންނަން ކަމުގައިވާނަމަ އެކަމަކީ ނުރައްކާތެރި ކަމެކެވެ. އެހެނީ  الْوَلَاء وَالْبَرَاء (ﷲ އަށްޓަކައި އެކުވެއުޅުމާއި ﷲ އަށްޓަަކައި ބަރީއަވުން) ގެ މަތިވެރި އުޞޫލާއި އެކަންކަން ފުށުއަރާތީއެވެ. އަދި މި އުޞޫލަށް ދަލީލުކޮށްދޭ އެތަކެއް ދަލީލުތަކެއް ﷲ ގެ ފޮތާއި މާތްނަބިއްޔާގެ ސުންނަތުގައި އައިސްފައިވެއެވެ.

(لَّا تَجِدُ قَوْمًا يُؤْمِنُونَ بِاللَّـهِ وَالْيَوْمِ الْآخِرِ يُوَادُّونَ مَنْ حَادَّ اللَّـهَ وَرَسُولَهُ وَلَوْ كَانُوا آبَاءَهُمْ أَوْ أَبْنَاءَهُمْ أَوْ إِخْوَانَهُمْ أَوْ عَشِيرَتَهُمْ ۚأُولَـٰئِكَ كَتَبَ فِي قُلُوبِهِمُ الْإِيمَانَ وَأَيَّدَهُم بِرُوحٍ مِّنْهُ ۖ وَيُدْخِلُهُمْ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا ۚ رَضِيَ اللَّـهُ عَنْهُمْ وَرَضُوا عَنْهُ ۚ أُولَـٰئِكَ حِزْبُ اللَّـهِ ۚ أَلَا إِنَّ حِزْبَ اللَّـهِ هُمُ الْمُفْلِحُونَ)[المجادلة ٢٢]

މާނައީ: “الله އަށާއި އާޚިރަތް ދުވަހަށް އީމާންވާބަޔަކު،الله އަށާއި އެއިލާހުގެ ރަސޫލާއާ ދެކޮޅުވެރިވާބަޔަކަށް (ގުޅުން ބަހައްޓައި) ލޯބިކުރާ ބަޔަކުކަމުގައިވާތީ ކަލޭގެފާނު ދެކެވަޑައިނުގަންނަވާނެތެވެ. އެބަޔަކީ ތިމާމެންގެ މައިންބަފައިންކަމުގައިވިޔަސް، ނުވަތަ ދަރިންކަމުގައިވިޔަސް، ނުވަތަ އަޚުންކަމުގައިވިޔަސް، ނުވަތަ ގާތްތިމާގެ މީހުންކަމުގައި ވިޔަސްމެއެވެ. އެއުރެންނީ (އެބަހީ: الله އަށާއި އެއިލާހުގެ ރަސޫލާއަށް ދެކޮޅުވެރިވާބަޔަކަށް ލޯބިނުކުރާ މީހުންނީ) އެބައިމީހުންގެ ހިތްތަކުގައި، އެއިލާހު އީމާންކަން ލިޔުއްވާފައިވާ މީހުންނެވެ. އަދި އެއިލާހުގެ ޙަޟްރަތުންވާ ރޫޙަކުން (އެބަހީ: މަދަދާއި، ވަޙީއާއި އަދި ވާގިވެވޮޑިގެންނެވުމުން) އެބައިމީހުންނަށް ބާރުދެއްވިއެވެ. އަދި އެތަންތާނގެ ދަށުން ފެން އާރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް އެއިލާހު އެބައިމީހުން ވައްދަވާނެތެވެ. އެއުރެން އެތަންތާނގައި ދެމިތިބެނިވި ގޮތުގައެވެ. اللهއެއުރެންނަށް ރުއްސެވިއެވެ. އަދި އެއުރެން އެއިލާހާމެދު ރުހިގެންވިއެވެ. (އެބަހީ: ދުނިޔެއާއި އާޚިރަތުގައި އެބައިމީހުންނަށް އެއިލާހު ދެއްވި ދެއްވުންތަކަށް އެބައިމީހުން އުފާކުރެތެވެ.) އެއުރެންނީ الله ގެ ޖަމާޢަތެވެ. ދަންނާށެވެ! ހަމަކަށަވަރުންاللهގެ ޖަމާޢަތީ ހަމަ، ކާމިޔާބުވާނޭ މީހުންނެވެ.”

(يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا الْكَافِرِينَ أَوْلِيَاءَ مِن دُونِ الْمُؤْمِنِينَ ۚ أَتُرِيدُونَ أَن تَجْعَلُوا لِلَّـهِ عَلَيْكُمْ سُلْطَانًا مُّبِينًا) [النساء ١٤٤]

މާނައީ: “އޭ إيمان ވެއްޖެމީސްތަކުންނޭވެ! مؤمن ންފިޔަވައި، كافرން އެއީވާގިވެރިންކަމުގައި ތިޔަބައިމީހުންނުހިފާށެވެ! (ފަހެ) بيان ވެގެންވާحجّة އެއް ތިޔަބައިމީހުންނާ ދެކޮޅަށް،ތިޔަބައިމީހުން اللَّهގެ حضرة އަށް ހުށަހެޅުމަށްއެދެނީ ހެއްޔެވެ؟”

(يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا الْيَهُودَ وَالنَّصَارَىٰ أَوْلِيَاءَ ۘبَعْضُهُمْ أَوْلِيَاءُ بَعْضٍ ۚ وَمَن يَتَوَلَّهُم مِّنكُمْ فَإِنَّهُ مِنْهُمْ ۗ إِنَّ اللَّـهَ لَا يَهْدِي الْقَوْمَ الظَّالِمِينَ)[المائدة ٥١]

މާނައީ: “އޭ إيمان ވެއްޖެމީސްތަކުންނޭވެ! ތިޔަބައިމީހުން يهودى ންނާއި ،نصارى އިން (އެއީ) ވާގިވެރިންކަމުގައިނުބަލާށެވެ! އެއުރެންގެތެރެއިންއެއްބަޔަކީއަނެއްބަޔެއްގެވާގިވެރިންނެވެ. ތިޔަބައިމީހުންގެތެރެއިންއެއުރެންވާގިވެރިންކަމުގައިބަލައިފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެއީ، އެއުރެންގެ ތެރެއިންވާ މީހެކެވެ. ހަމަކަށަވަރުން، އަނިޔާވެރިބަޔަކަށް اللَّه ތެދުމަގެއް ނުދައްކަވާނެތެވެ.”

މަތީގައި މިބަޔާންކުރެވިފައިވާ ކަންތައްތަކަށް ރިޢާޔަތްކޮށް ބުނެވޭނީ، މިކަމުގައި ވަކި ޙުކުމެއް ކަނޑައަޅައިދޭ އެއްޗަކީ، ރޯދަވީއްލުމަށްޓަކައި ޖަމަޢަވެތިބޭބައެއްގެ ނިޔަތްކަމުގައެވެ. والله أعلم

____________________________________

المصدر: http://islamqa.info/ar/38125