[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފަތުވާ: މިސްކިތުގައި އިޢުލާނުޖެހުމުގެ ޙުކުމް

ސުވާލު: ކުންފުންޏެއްގެ ނުވަތަ މަދަރުސާއެއްގެ ބެލުމުގެދަށުން ބާއްވާ މުބާރާތްތަކާއި ދަރުސްތަކާއި ޝަރުޢީ ފޯރަމްތަކާ ބެހޭ އިޢުލާނުތައް މިސްކިތްތަކުގައި ހިއްޕުމުގެ ޙުކުމަކީ ކޮބައިހެއްޔެވެ؟

 

ޖަވާބު:
އަލްޙަމްދު ލިﷲ
މިސްކިތްތައް ލެއްވިގެންވަނީ އަޅުކަންކުރުމަށްޓަކައެވެ. އެތަންތަނުގައި ގަނެވިއްކުމާއި ނަފާހޯދުން ނަހީކުރެވިގެންވެއެވެ. އެހެންކަމުން ކުންފުނިތަކުން ނުވަތަ މަދަރުސާތަކުން ނުވަތަ އެނޫންވެސް ތަނަކުން އިޝްތިހާރުކުރާ ވަސީލަތްތަކުގެ ގޮތުގައި މިސްކިތްތައް ބޭނުންކުރުމަކީ ހުއްދަކަމެއް ނޫނެވެ.
އެކަމަކު، ދަރުސްތަކާއި، ދީނީ ފޯރަމްތަކުގެ އިޢުލާނުޖެހުމަކީ މައްސަލައެއްނޫނެވެ. ޝަރުޠަކާއެކުގައެވެ. އެއީ އެ އިޢުލާނަކީ ކަނޑައެޅިގެންވާ ފަރާތެއް ނުވަތަ ކުންފުންޏެއް ނުވަތަ މުއައްސަސާއެއް ނުވަތަ އެނޫން އެހެންތަނެއް އިޝްތިހާރުނުވާ އިޢުލާނަކަށްވާނަމައެވެ.
والله أعلم .

 

من فتاوى الشيخ عبد العزيز بن عبد الله آل الشيخ [مجلة الدعوة/ 43]

މި ފަތުވާގެ އަޞްލު މި ލިންކުން ބައްލަވާ!