[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިސްލާމީ ސަލާމަށް އަހުލުވެރިވުން – 2

ސަލާމަށް ޖަވާބު ދިނުމީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. އެގޮތުން ޖަވާބުގައި ސަލާމްކުރެވުނުމީހާ

وَعَلَيْكُمُ الَسَّلَامُ

ނުވަތަ

وَعَلَيْكُمُ الَسَّلَامُ وَرَحْمَةُ اللهِ

ނުވަތަ

وَعَلَيْكُمُ الَسَّلَامُ وَرَحْمَةُ اللهِ وَبَرَكَاتُه

މިފަދައިން ބުނެ ސަލާމަށް ރައްދުދޭންވާނެއެވެ.

މާތް ﷲ ވަޙީކުރައްވާފައިވެއެވެ.

﴿وَإِذَا حُيِّيتُم بِتَحِيَّةٍ فَحَيُّوا بِأَحْسَنَ مِنْهَا أَوْ رُدُّوهَاۗ إِنَّ اللَّـهَ كَانَ عَلَىٰ كُلِّ شَيْءٍ حَسِيبًا﴾ [سورة النساء:٨٦]

މާނައީ: ” ތިޔަބައިމީހުންނަށް ސަލާމަކުން ސަލާމްކޮށްފިނަމަ، އެއަށްވުރެ ރިވެތި ސަލާމަކުން ތިޔަބައިމީހުން ސަލާމްކުރާށެވެ. ނުވަތަ އެސަލާމް ރައްދުކުރާށެވެ. ހަމަކަށަވަރުން، ކޮންމެ ކަމެއްގެ ޙިސާބު ބައްލަވާ ކަލަކު ކަމުގައި ﷲ ވޮޑިގެންވެއެވެ. “

 އަބޫ ހުރައިރާ رضي الله عنهގެ އަރިހުން ރިވާވެގެންވާ ޙަދީޘެއްގައިވެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ.

((حَقُّ المُسْلِمِ عَلَى المُسْلِمِ خَمْسٌ: رَدُّ السَّلاَمِ، وَعِيَادَةُ المَرِيضِ، وَاتِّبَاعُ الجَنَائِزِ، وَإِجَابَةُ الدَّعْوَةِ، وَتَشْمِيتُ العَاطِسِ)) [رواه البخارى ومسلم]

މާނައީ: “އެއް މުސްލިމަކު އަނެއް މުސްލިމެއްގެ މައްޗަށް އަދާކުރަންޖެހޭ ފަސް ޙައްޤެއްވެއެވެ. އެއީ ސަލާމަށް ޖަވާބުދިނުމާއި، ބަލިމީހާއަށް ޒިޔާރަތްކުރުމާއި، (މަރުވުމުން) ޖަނާޒާގައި ބައިވެރިވުމާއި، ދަޢުވަތެއް ދެވޭހިނދު އެދަޢުވަތު ޤަބޫލުކުރުމާއި، ކިނބިހި އަޅާހިނދު الحمد لله ކިޔައިފިމީހާއަށް ޖަވާބުގައި يَرْحَمُكَ الله މިފަދައިން ބުނުމެވެ.”

ގިނަގިނައިން ސަލާމް ކުރުމީ ސުވަރުގެ ވަނުމަށް މަގުފަހިވާ ކަމެކެވެ. ޢަބްދުﷲ ބިން ސަލާމް رضي الله عنهގެ އަރިހުން ރިވާވެގެންވާ ޙަދީޘެއްގައިވެއެވެ. ރަސޫލާ صلى الله عليه وسلمޙަދީޘް ކުރައްވާފައިވެއެވެ.

((يَاأَيُّهَا النَّاسُ، أَفْشُوا السَّلَامَ، وَأَطْعِمُوا الطَّعَامَ، وَصِلُوا الْأَرْحَامَ، وَصَلُّوا بِاللَّيْلِ وَالنَّاسُ نِيَامٌ تَدْخُلُوا الْجَنَّةَ بِسَلَامٍ)) [رواه ابن ماجه والترمذي وصححه الألباني]

މާނައީ: ” އޭ މީސްތަކުންނޭވެ. ތިޔަބައިމީހުން ސަލާމް ފަތުރައި ޢާންމުކުރާށެވެ. އަދި (ފަޤީރުންނަށާއި މިސްކީނުންނަށް) ކާންދޭށެވެ. އަދި ރަޙިމުގެ ގުޅުން ގުޅުވާށެވެ. އަދި މީސްތަކުން ނިދާފައިވާ ޙާލު ރޭގަނޑު ތެދުވެ ދަމުނަމާދުކުރާށެވެ. އޭރުން ސަލާމަތާއެކު ތިޔަބައިމީހުން ސުވަރުގެ ވަންނަ ހުށްޓެވެ.”

-ނުނިމޭ-

މި ލިޔުމުގެ އެހެންބައިތައް