[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތަޤުވާވެރިވުމަކީ ކޮބާ؟ -2-

thaquwa verivumaky koba

 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

އަބުއްދަރްދާއު رضي الله عنهވިދާޅުވެފައިވެއެވެ.

 “ފުރިހަމަތަޤުވާވެރިވުމަކީ އަޅާ ﷲ ތަޢާލާއަށް ބިރުވެތިވެ ޛައްރެއްގެ ބުރަދަންހުރިނުބައިކަމަކުންވިޔަސް ރައްކާތެރިވުމެވެ. އަދި އޭނާއަށްޙަލާލުކަންތައްކަމުގައި ފެންނަ ކަންތައްތައްވެސް ޙަރާމްކަމަކަށް ވެދާނެތީބިރުވެތިވެ އެކަމެއް ނުކޮށް ދޫކޮށްލުމެވެ. އެއީ ޙަލާލުކަންތައްތަކާއި ޙަރާމްކަންތައްތަކާއި ދެމެދު ޙިޖާބެއް (އެބަހީ: ހުރަހެއް) ލުމަށެވެ. މާތްﷲ މިކަންތައް އެކަލާނގެ އަޅުންނަށް ބަޔާންކޮއްދެއްވާ ވަޙީކުރައްވާފައިވަނީ:

فَمَن يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُ ﴿٧﴾ وَمَن يَعْمَلْ مِثْقَالَ ذَرَّةٍ شَرًّا يَرَهُ ﴿٨﴾ [سورة الزلزلة٧-٨]

މާނައީ: “ފަހެ، ޛައްރެއްގެ މިންވަރުވިޔަސް، ހެޔޮކަމެއްކޮށްފި މީހާ، އޭނާ އެކަން ދެކޭނެއެވެ. [7] އަދި ޛައްރެއްގެ މިންވަރުވިޔަސް، ނުބައިކަމެއްކޮށްފި މީހާ، އޭނާ އެކަން ދެކޭނެއެވެ. [8]”

ތިބާކުރާ ހެޔޮކަމަކުން އަދި ނުބައިކަމަކުން އެއްވެސް މިންވަރެއް އުނިއިތުރުވެގެން ނުދާނެއެވެ.”

ޢަލީ ބުން އަބީ ޠާލިބު رضي الله عنهވިދާޅުވެފައިވެއެވެ.

“ތަޤުވާވެރިވުމަކީ ﷲ جل جلالهއަށް ބިރުވެތިވުން ޙައްޤު ގޮތުގައި ބިރުވެތިވުމެވެ. އަދި އެކަލާނގެ ބާވައިލެއްވި ދީނަށާއި އަމުރުފުޅުތަކަށް ކިޔަމަންވެ ޢަމަލުކުރުމާއި،ކިތަންމެ ކުޑަ ނިޢުމަތެއްކަމުގައިވިޔަސް އެނިޢުމަތަކަށް ޝުކުރުވެރިވުމާއި،އަދި މި ދުނިޔެ ދޫކޮށްފައިދާ ދުވަހަށް ތައްޔާރުވެ ހުރުމެވެ.”

ޢުމަރު ބުން ޢަބްދުލްޢަޒީޒު رحمه اللهވިދާޅުވެފައިވެއެވެ.

 “ތަޤުވާވެރިކަމަކީ ހަމައެކަނި ދުވާލު ރޯދައަށް ހުރުމެއްނޫނެވެ. އަދި ހަމައެކަނި ރޭގަނޑު ރޭ އަޅުކަން ކުރުމެއްވެސްނޫނެވެ. އަދި ހަމައެކަނި މިދެކަންތައް އެއްފަހަރާ ކުރުމެއްވެސްނޫންމެއެވެ. ތަޤުވާއަކީ ﷲ ތަޢާލާ ޙަރާމް ކުރެއްވި ކަންތައްތައް ނުކޮށް ދޫކޮށްލުމާއި ﷲ ތަޢާލާފަރުޟުކުރެއްވި ކަންތައްތައް އަދާކުރުމެވެ. އަދި އެއަށްފަހު ﷲ ތަޢާލާދެއްވާ ރިޒުޤަކީ ހެޔޮކަމުގެ މައްޗަށްވާ ހެޔޮކަމެކެވެ.”

މޫސާ ބުން އަޢުޔަން رحمه اللهވިދާޅުވެފައިވެއެވެ.

” ﷲތަޢާލާ، ތަޤުވާވެރިންގެ ނަމުން ނަން ދެއްވާފައިވަނީޙަލާލު ކަމެއް (އެބަހީ: ކުރުން ހުއްދަކަމެއް) ޙަރާމް ކަމަކަށް (އެބަހީ: ކުރުން ހުއްދަނޫންކަމަކައް) ވެދާނެކަމުގެ ބިރަށް އެކަން ދޫކޮށްލާ މީހުންނަށެވެ.”

މައިމޫން ބުން މަހްރާން رحمه اللهވިދާޅުވެފައިވެއެވެ.

“ޝިރުކުކުރާމީހާ އޭނާ ޝިރުކު ކުރުމަށް ގަދައަޅާ މިންވަރަށްވުރެ ބޮޑަށް ތަޤުވާވެރިޔާ އޭނާގެ އަމިއްލަ ނަފްސު ޙިސާބުކުރުމުގައި ގަދައަޅާ މަސައްކަތްކުރެއެވެ.”

އަލްޙަސަން رحمه اللهވިދާޅުވެފައިވެއެވެ.

 “ތަޤުވާވެރިންނަކީ ﷲ ތަޢާލާ ޙަރާމްކުރެއްވި ކަންތައްތަކަށް އަރައިގަނެވިދާނެކަމަށް ބިރުވެތިވާ އަދި އެއިލާހު ފަރުޟުކުރެއްވި ކަންތައްތައް ބަރާބަރަށް އަދާކުރާ މީހުންނެވެ.”

 

=ނުުނިމޭ=

______________________________

المراجع :
1ـ جامع العلوم والحكم / للحافظ بن رجب الحنبلي .

2ـ إرشاد العباد /للشيخ عبدالعزيز السلمان .

3 ـ الرائد / للشيخ مازن الفريح .

މިލިޔުމުގެ އެހެން ބައިތައް