الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
އިބްނުލްޤައްޔިމް رحمه اللهވިދާޅުވެފައިވެއެވެ.
“އަދި ތަޤުވާވެރިކަން ދަންނައެވެ. ފަހެ އޭގެ ޙަޤީޤަތަކީ ﷲ ތަޢާލާއަށްކިޔަމަންތެރިވުމުގައި އީމާންތެރިކަމާއި، ޘަވާބާއި ދަރުމަޔަށް އެދި،އަމުރަށާއި ނަހީތަކަށް ބޯލަނބާ ޙާލު ޢަމަލުކުރުމެވެ. އެހެންކަމުން ﷲ ތަޢާލާކުރެއްވި އަމުރުފުޅަށް އީމާންވެ އެއިލާހުގެ ވަޢުދުފުޅު ތެދުކުރާ ޙާލުތަޤުވާވެރިޔާ އެކަމެއް ކުރެއެވެ. އަދި އެއިލާހުގެ ނަހީފުޅަށް އީމާންވެއެއިލާހުގެ ވަޢީދަށް ބިރުވެތިވެ އެއިލާހު ނަހީކުރެއްވިކަންތައް ކުރުމުންއޭނާ ދުރުހެލިވެއެވެ.”
ޠަލްޤު ބުން ޙަބީބު رحمه اللهވިދާޅުވެފައިވެއެވެ.
“ތަޤުވާއަކީ ﷲ ތަޢާލާގެ ޙަޟްރަތުން ލިބޭ ނޫރެއްގެ މަތީގައި، އެއިލާހުގެ ޙަޟްރަތުން ޘަވާބަށްއެދޭޙާލު، އެއިލާހަށް ކިޔަމަންތެރިވުމުގެ ޢަމަލުތައް ކުރުމެވެ. އަދި ﷲތަޢާލާގެ ޙަޟްރަތުން ލިބޭ ނޫރެއްގެ މަތީގައި ﷲ ތަޢާލާއަށްއުރެދޭކަންތައްތައް، އެއިލާހުގެ ޢުޤޫބާތަށް ބިރުވެތިވާޙާލު ދޫކޮށްލުމެވެ.”
ޢަބްދުﷲ ބުން ޢައްބާސްرضي الله عنهماވިދާޅުވެފައިވެއެވެ.
“ތަޤުވާވެރިންނަކީ ﷲ ތަޢާލާގެ ކޯފައާއި ޢަޛާބަށް ބިރުވެތިވެ ރައްކާތެރިވާ މީހުންނެވެ. އަދި ﷲ ތަޢާލާގެ ރަޙުމަތަށް އުންމީދުކޮށް އެކަލާނގެ އަންގަވާފައިވާ ކަންތައްތައް ތެދުކުރާ މީހުންނެވެ.”
އިމާމް އައްޘައުރީ رحمه اللهވިދާޅުވެފައިވެއެވެ.
“އެބައިމީހުންނަށް ތަޤުވާވެރިންނޭ ކިޔުނީ މީސްތަކުންއެކަންތައްތަކުން ރައްކާތެރިނުވާ ކަންތައްތަކުން އެބައިމީހުން ރައްކާތެރިވާތީއެވެ.”
އިމާމް އަޙްމަދު رحمه اللهވިދާޅުވެފައިވެއެވެ.
“ތަޤުވާއަކީ ބިރުވެތިވާ ކަންތައް ހިމެނޭކަންތަކުން ދުރުވެގަތުމެވެ.”
އަލްޙާފިޡު އިބްނު ރަޖަބު رحمه اللهވިދާޅުވެފައިވެއެވެ.
“ތަޤުވާގެ އަޞްލަކީ އަޅާ އޭނާ ބިރުގަންނަ އަދި އެކަމަކުން ރައްކާތެރިވާންއެދޭކަމަކުން ރައްކާތެރިވުމަށްޓަކާ އޭނާއާ އެކަމަކާ ދެމެދު ރައްކަލެއްބެހެއްޓުމެވެ. އެހެންކަމުން އަޅާ އޭނާގެ ވެރި ރައްބަށް ތަޤުވާވެރިވުމަކީއެއިލާހުގެ ޙަޟްރަތުން އޭނާ ބިރުވެތިވާ އެއިލާހުގެ ކޯފާއާއި ޢަޛާބުންރައްކާތެރިވުމަށް، އެކަންކަމާއި އޭނާއާ ދެމެދު ރައްކަލެއް ބެހެއްޓުމެވެ.އަދި މި ރައްކަލަކީ އެއިލާހު އަމުރުކުރެއްވި ކަންތައްކުރުމާއި އެއިލާހުނަހީކުރެއްވި ކަންތައްތަކުން ދުރުހެލިވުމެވެ.”
އަބޫ ހުރައިރާرضي الله عنهގެ އަރިހުން ތަޤުވާއާ ބެހޭގޮތުން ސުވާލުކުރެވުނެވެ. ފަހެ އެކަލޭގެފާނު ވިދާޅުވިއެވެ.
“ތިބާ ކަށި ހުރި މަގަކުން ދިޔައިންތޯއެވެ؟”
ސުވާލުކުރި ބޭކަލަކު ވިދާޅުވިއެވެ.އާދޭހެވެ.
އެކަލޭގެފާނު ވިދާޅުވިއެވެ.”އޭރު ތިބާކަންތައް ކުރީ ކިހިނެއްތޯއެވެ؟”
އެ ބޭކަލަކު ވިދާޅުވިއެވެ.ތިމަންއެކަށިތައް ދޫކޮށްދިޔައީމެވެ. އަދި އެކަށިތައް ފަހަނައަޅައި ދިޔައީމެވެ.އަދި އެއެއްޗެތީގައި ނުޖެހޭގޮތަށް ދިޔައީމެވެ.
ދެން އަބޫހުރައިރާرضي الله عنهވިދާޅުވިއެވެ. “ތަޤުވާއަކީ އެއީއެވެ.”
=ނިމުނީ=
___________________________________
المراجع :
1ـ جامع العلوم والحكم / للحافظ بن رجب الحنبلي .
2ـ إرشاد العباد /للشيخ عبدالعزيز السلمان .
3 ـ الرائد / للشيخ مازن الفريح .