الحمد لله رب العالمين. اللهم صل وسلم على نبينا محمد وعلى آله وصحبه أجمعين.وبعد:
1. އިޚްލާޞްގެ ކަލިމަކަމުގަައިވާ ( لا إله إلا الله )އެއީ ތަޤުވާގެވެސް ކަލިމައެވެ.
މާތްﷲ ވަޙީކުރައްވާފައިވެއެވެ:
﴿إِذْ جَعَلَ الَّذِينَ كَفَرُوا فِي قُلُوبِهِمُ الْحَمِيَّةَ حَمِيَّةَ الْجَاهِلِيَّةِ فَأَنْزَلَ اللَّهُ سَكِينَتَهُ عَلَى رَسُولِهِ وَعَلَى الْمُؤْمِنِينَ وَأَلْزَمَهُمْ كَلِمَةَ التَّقْوَى وَكَانُوا أَحَقَّ بِهَا وَأَهْلَهَا وَكَانَ اللَّهُ بِكُلِّ شَيْءٍ عَلِيماً﴾ [الفتح:26]
މާނައީ: “ކާފިރުވަމީހުން އެއުރެންގެ ހިތްތަކުގެ ތެރެއަށް ބޮޑާކަން ވައްދައިފި ހިނދެވެ. އެއީ ޖާހިލީޒަމާނުގެ ބޮޑާކަމެވެ. ފަހެ، ﷲ އެއިލާހުގެ ރަސޫލާގެ މައްޗަށާއި، މުއުމިނުންތަކުގެ މައްޗަށް، އެއިލާހުގެ ޙަޟްރަތުން ހިތްހަމަޖެހުން ބާވައިލެއްވިއެވެ. އަދި ތަޤުވާގެ ކަލިމަ، އެއުރެންގެ މައްޗަށް ލާޒިމުކުރެއްވިއެވެ. އެއުރެން އެކަލިމައަށް ޙައްޤުކަން ބޮޑުވެފައި، އަދި އެކަލިމައިގެ އަހުލު ވެރިންކަމުގައިވިއެވެ. ކޮންމެކަމެއް މޮޅަށް ދެނެވޮޑިގެންވާ އިލާހަކުކަމުގައި ﷲ ވޮޑިގެންވެއެވެ. “
2. ﷲތަޢާލާ ވަނީ އެންމެހާ މީސްތަކުން އެއިލާހަށް ތަޤުވާވެރިވުމަށް އަމުރު ކުރައްވާފައެވެ. އަދި ތަޤުވާވެރިވުމަށް މުއުމިނުތަކުންނަށް ޚާއްޞަ އަމުރަކުން އަމުރު ކުރައްވާފައިވެއެވެ.
މާތްﷲ ވަޙީކުރައްވާފައިވެއެވެ:
*﴿يُنَزِّلُ الْمَلائِكَةَ بِالرُّوحِ مِنْ أَمْرِهِ عَلَى مَنْ يَشَاءُ مِنْ عِبَادِهِ أَنْ أَنْذِرُوا أَنَّهُ لا إِلَهَ إِلَّا أَنَا فَاتَّقُونِ ﴾ [النحل:2 ]
މާނައީ: “ﷲތަޢާލާ އެއިލާހުގެ އަޅުތަކުންގެ ތެރެއިން، އެއިލާހު އިރާދަކުރައްވާ ބަޔެއްގެ މައްޗަށް، އެއިލާހުގެ އަމުރުފުޅާއެކު، ވަޙީއާއިގެން މަލާއިކަތުން ފޮނުއްވައެވެ. (ވަޙީ ކުރައްވަމުންނެވެ.) ތިޔަބައިމީހުން އިންޛާރުކުރާށެވެ! ހަމަކަށަވަރުން، ތިމަންއިލާހު މެނުވީ، ޙައްޤުގޮތުގައި އަޅުކަންވެވޭ އިލާހަކުނުވެއެވެ. ފަހެ، ތިޔަބައިމީހުން ތިމަންއިލާހަށް ތަޤުވާވެރިވާށެވެ!”
*﴿وَإِنَّ هَذِهِ أُمَّتُكُمْ أُمَّةً وَاحِدَةً وَأَنَا رَبُّكُمْ فَاتَّقُونِ﴾ [المؤمنون:52]
މާނައީ: “އަދި ހަމަކަށަވަރުން، މިއީ އެއް އުންމަތެއް ކަމުގައިވާ، ތިޔަބައިމީހުންގެ އުންމަތެވެ. އަދި، ތިމަންއިލާހީ، ތިޔަބައިމީހުންގެ ވެރި رَبُّއެވެ. ފަހެ، ތިޔަބައިމީހުން ތިމަންއިލާހަށް ބިރުވެތިވެ، ތަޤުވާވެރިވާށެވެ.”
*﴿لَهُمْ مِنْ فَوْقِهِمْ ظُلَلٌ مِنَ النَّارِ وَمِنْ تَحْتِهِمْ ظُلَلٌ ذَلِكَ يُخَوِّفُ اللَّهُ بِهِ عِبَادَهُ يَا عِبَادِ فَاتَّقُونِ﴾ [الزمر:16]
މާނައީ: “(ނަރަކައަގައި) އެއުރެންނަށް އެއުރެންގެ މަތީގައި އަލިފާނުގެ ފަށަލަތަކެއްވެއެވެ. އަދި އެއުރެންގެ ދަށުގައިވެސް (އަލިފާނުގެ) ފަށަލަތަކެއްވެއެވެ. ﷲ އެތަކެތިން އެއިލާހުގެ އަޅުތަކުން ބިރުގަންނަވައެވެ. އޭ ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ފަހެ، ތިޔަބައިމީހުން، ތިމަންއިލާހަށް ތަޤުވާވެރިވާށެވެ.”
* ﴿يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ حَقَّ تُقَاتِهِ وَلا تَمُوتُنَّ إِلَّا وَأَنْتُمْ مُسْلِمُونَ﴾ [آل عمران:102]
މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ﷲއަށް ތަޤުވާވެރިވުން ޙައްޤު ވެގެންވާ ގޮތުގައި ތިޔަބައިމީހުން އެއިލާހަށް ތަޤުވާވެރިވާށެވެ! އަދި، މުސްލިމުން ކަމުގައިވާ ޙާލުގައިމެނުވީ، ތިޔަބައިމީހުން މަރުވެނުދާހުށިކަމެވެ!”
*﴿يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمُ الَّذِي خَلَقَكُمْ مِنْ نَفْسٍ وَاحِدَةٍ وَخَلَقَ مِنْهَا زَوْجَهَا وَبَثَّ مِنْهُمَا رِجَالاً كَثِيراً وَنِسَاءً وَاتَّقُوا اللَّهَ الَّذِي تَسَاءَلُونَ بِهِ وَالْأَرْحَامَ إِنَّ اللَّهَ كَانَ عَلَيْكُمْ رَقِيباً﴾ [النساء:1]
މާނައީ:”އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރި رَبّއަށް ތިޔަބައިމީހުން ތަޤުވާވެރިވާށެވެ! އެއިލާހީ، އެންމެ ނަފްސަކުން ތިޔަބައިމީހުން ހެއްދެވި އިލާހެވެ. އަދި، އެނަފްސުގެ ކިބައިން އަނެއް ޖިންސު ހެއްދެވައެވެ. އަދި، އެ ދެކަނބަލުންގެ ކިބައިން، ގިނަ ފިރިހެނުންނާއި، ގިނަ އަންހެނުން ފެތުރުއްވިއެވެ. އަދި، ތިޔަބައިމީހުން ﷲއައް ތަޤުވާވެރިވާށެވެ! އެއިލާހީ، އެއިލާހު މެދުވެރިކޮށް ތިޔަބައިމީހުން އެކަކު އަނެކަކާ ސުވާލުކޮށް، ކަންކަމަށް އެދިއުޅޭ އިލާހެވެ. އަދި، ތިމާގެކަމުގެ ގުޅުންތަކަށް ތިޔަބައިމީހުން ރައްކާތެރިވާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ ކަންތައް ބައްލަވާވޮޑިގެންވާ އިލާހު ކަމުގައި، ﷲ ވޮޑަގެންވެއެވެ.”
* ﴿… وَلَقَدْ وَصَّيْنَا الَّذِينَ أُوتُوا الْكِتَابَ مِنْ قَبْلِكُمْ وَإِيَّاكُمْ أَنِ اتَّقُوا اللَّهَ ﴾ [النساء: من الآية131 ]
މާނައީ: “… އަދި، ހަމަކަށަވަރުން، ﷲއަށް ތަޤުވާވެރިވުމަށް ތިޔަބައިމީހުންގެ ކުރިން ފޮތް ލިބުނު މީހުންނަށާއި، ތިޔަބައަމީހުންނަށް، ތިމަންއިލާހު ވަޞިއްޔަތް ކުރައްވާ އެންގެވީމެވެ…”
3. ރަސޫލުންނާއި ނަބީބޭކަލުން، އެބޭކަލުން ފޮނުއްވެވި ޤައުމުތަކަށް ކުރެއްވި ވަޞިއްޔަތަކީ ތަޤުވާވެރިވުމެވެ.
މާތްﷲ ވަޙީކުރައްވާފައިވެއެވެ:
*﴿إِذْ قَالَ لَهُمْ أَخُوهُمْ نُوحٌ أَلا تَتَّقُونَ ﴾ [الشعراء:106 ]
މާނައީ: “(އެއީ) އެއުރެންގެ އަޚް، ނޫޙުގެފާނު އެއުރެންނަށް ވިދާޅުވި ހިނދުގައެވެ. ތިޔަބައިމީހުން (ﷲއަށް) ތަޤުވާވެރި ނުވަނީހެއްޔެވެ.”
*﴿إِذْ قَالَ لَهُمْ أَخُوهُمْ هُودٌ أَلا تَتَّقُونَ ﴾ [الشعراء:124 ]
މާނައީ: “(އެއީ) އެއުރެންގެ އަޚް، ހޫދުގެފާނު އެއުރެންނަށް ވިދާޅުވި ހިނދުގައެވެ. ތިޔަބައިމީހުން (ﷲއަށް) ތަޤުވާވެރި ނުވަނީހެއްޔެވެ.”
*﴿إِذْ قَالَ لَهُمْ أَخُوهُمْ صَالِحٌ أَلا تَتَّقُونَ ﴾ [الشعراء:142 ]
މާނައީ: “(އެއީ) އެއުރެންގެ އަޚް، ޞާލިޙުގެފާނު އެއުރެންނަށް ވިދާޅުވި ހިނދުގައެވެ. ތިޔަބައިމީހުން (ﷲއަށް) ތަޤުވާވެރި ނުވަނީ ހެއްޔެވެ.”
*﴿إِذْ قَالَ لَهُمْ أَخُوهُمْ لُوطٌ أَلا تَتَّقُونَ ﴾ [الشعراء:161 ]
މާނައީ: “(އެއީ) އެއުރެންގެ އަޚް، ލޫޠުގެފާނު އެއުރެންނަށް ވިދާޅުވި ހިނދުގައެވެ. ތިޔަބައިމީހުން (ﷲއަށް) ތަޤުވާވެރި ނުވަނީ ހެއްޔެވެ.”
*﴿إِذْ قَالَ لَهُمْ شُعَيْبٌ أَلا تَتَّقُونَ ﴾ [الشعراء:177 ]
މާނައީ: “(އެއީ) އެއުރެންނަށް ޝުޢައިބުގެފާނު ވިދާޅުވި ހިނދުގައެވެ. ތިޔަބައިމީހުން (ﷲއަށް) ތަޤުވާވެރި ނުވަނީ ހެއްޔެވެ.”
*﴿وَإِبْرَاهِيمَ إِذْ قَالَ لِقَوْمِهِ اعْبُدُوا اللَّهَ وَاتَّقُوهُ ذَلِكُمْ خَيْرٌ لَكُمْ إِنْ كُنْتُمْ تَعْلَمُونَ ﴾ [العنكبوت:16 ]
މާނައީ: “އަދި އިބްރާހީމުގެފާނު، އެކަލޭގެފާނުގެ ޤައުމުގެމީހުންނަށް ވިދާޅުވިހިނދު (ހަނދުމަކުރައްވާށެވެ!) ތިޔަބައިމީހުން ﷲއަށް އަޅުކަންކުރާށެވެ! އަދި ތިޔަބައިމީހުން އެއިލާހަށް ތަޤުވާވެރިވާށެވެ! ތިޔަބައިމީހުންނަށް އެނގޭކަމުގައިވަނީނަމަ، އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ.”
4. ﷲތަޢާލާ ވަނީ އެއިލާހު ޚަލްޤުކުރެއްވި އެންމެހާ މަޚުލޫޤުން އެއިލާހަށް އަޅުކަން ކުރުމަށް އަންގަވާފައެވެ. އެއީ އެބައިމީހުން އެއިލާހަށް ތަޤުވާވެރިވުމަށްޓަކައެވެ.
މާތްﷲ ވަޙީކުރައްވާފައިވެއެވެ:
*﴿يَا أَيُّهَا النَّاسُ اعْبُدُوا رَبَّكُمُ الَّذِي خَلَقَكُمْ وَالَّذِينَ مِنْ قَبْلِكُمْ لَعَلَّكُمْ تَتَّقُونَ﴾ [البقرة:21]
މާނައީ: “އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިرَبّއަށް ތިޔަބައިމީހުން އަޅުކަންކުރާށެވެ! އެއިލާހީ، ތިޔަބައިމީހުންނާއި ތިޔަބައިމީހުންގެކުރިން އުޅުނުމީހުން ހެއްދެވި އިލާހެވެ. (އަޅުކަންކުރަންވީ) ތިޔަބައިމީހުން ތަޤުވާވެރިވުމަށްޓަކައެވެ.”
*﴿يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِنْ قَبْلِكُمْ لَعَلَّكُمْ تَتَّقُونَ﴾ [البقرة:183]
މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް ފަރުޟު ކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗައްވެސް ރޯދަ ފަރުޟު ކުރައްވައިފިއެވެ. (އެއީ) ތިޔަބައަމީހުން ތަޤުވާވެރި ވުމަށްޓަކައެވެ.”
*﴿وَأَنَّ هَذَا صِرَاطِي مُسْتَقِيماً فَاتَّبِعُوهُ وَلا تَتَّبِعُوا السُّبُلَ فَتَفَرَّقَ بِكُمْ عَنْ سَبِيلِهِ ذَلِكُمْ وَصَّاكُمْ بِهِ لَعَلَّكُمْ تَتَّقُونَ ﴾ [الأنعام:153 ]
މާނައީ: “އަދި މިއީ ތިމަންއިލާހުގެ ސީދާވެގެންވާ ތެދުމަގެވެ. ފަހެ، އެމަގަށް ތިޔަބައިމީހުން ތަބާވާށެވެ! (އެނޫން) މަގުމަގަށް ތިޔަބައިމީހުން ތަބާނުވާށެވެ! (އޭރުން) އެއިލާޙުގެ މަގުން ތިޔަބައިމީހުން ވަކިވަކިވެގެން ހިނގައިދާނެއެވެ. އެކަންތައްތަކަށް، ތިޔަބައިމީހުންނަށް އެއިލާހު ވަޞިއްޔަތް ކުރެއްވީ، ތިޔަބައިމީހުން ތަޤުވާވެރިވުމަށްޓަކައެވެ.”
5. ތަޤުވާވެރިވެވެނީ އިންސާނާގެ ހަށިގަނޑުގެ އެންމެ މުހިންމު ގުނަވަން ކަމުގައިވާ ހިތުންނެވެ. އެއީ އިޞްލާޙުވެ، ފަސާދަވާތަނެކެވެ.
އަބޫ ހުރެއިރާ رضي الله عنهއަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ.
((لَا تَحَاسَدُوا وَلَا تَنَاجَشُوا وَلَا تَبَاغَضُوا وَلَا تَدَابَرُوا وَلَا يَبِعْ بَعْضُكُمْ عَلَى بَيْعِ بَعْضٍ وَكُونُوا عِبَادَ اللَّهِ إِخْوَانًا الْمُسْلِمُ أَخُو الْمُسْلِمِ لَا يَظْلِمُهُ وَلَا يَخْذُلُهُ وَلَا يَحْقِرُهُ التَّقْوَى هَاهُنَا وَيُشِيرُ إِلَى صَدْرِهِ ثَلَاثَ مَرَّاتٍ بِحَسْبِ امْرِئٍ مِنْ الشَّرِّ أَنْ يَحْقِرَ أَخَاهُ الْمُسْلِمَ كُلُّ الْمُسْلِمِ عَلَى الْمُسْلِمِ حَرَامٌ دَمُهُ وَمَالُهُ وَعِرْضُهُ)) . [رواه البخاري ]
މާނައީ: “ތިޔަބައިމީހުން އެއްބަޔަކު އަނެއް ބަޔަކަށް ޙަސަދަވެރިނުވާށެވެ. އަދި ތިޔަބައިމީހުން އެމުދާ ގަތުމުގެ މަޤްޞަދަކާނުލައި މުދަލުގެ އަގު މައްޗަށް އެރުވުމަށްޓަކައި އޭގެ އަގު މައްޗަށް ކިޔަމުން ނުދާށެވެ. އަދި ތިޔަބައިމީހުން އެއްބަޔަކު އަނެއް ބަޔަކަށް ރުޅިވެތިނުވާށެވެ. އަދި ތިޔަބައިމީހުން އެއްބަޔަކު އަނެއް ބަޔަކަން ފުރަގަސް ނުދޭށެވެ. އަދި ތިޔަބައިމީހުން އެކަކުގެ ވިޔަފާރީގެ މައްޗަށް އަނެކަކުގެ ވިޔަފާރި އިސްނުކުރާށެވެ. އަަދި ތިޔަބައިމީހުން ﷲގެ އަޅުންކަމުގައިވާޙާލު އަޚުންތަކެއް ކަމުގައިވާށެވެ. މުސްލިމަކީ އަނެއް މުސްލިމުގެ އަޚާއެވެ. އޭނާ އޭނާގެ އަޚާއަށް އަނިޔާ ނުކުރާނެއެވެ. އަދި އޭނާ އޭނާގެ އަޚާއަށް އެހީތެރިކަން ބޭނުންވާ ވަގުތު އެހީނުވެ ނުހުންނާނެއެވެ. އަދި އޭނާ އޭނާގެ އަޚާ އަށް ނިކަމެތިކަމުގެ ލޮލުން ނުދެކޭނެތެވެ. ތަޤުވާވެރިކަންވަނީ މިތާގައޭ ވިދާޅުވެ އެކަލޭގެފާނުގެ އަމިއްލަ މޭފުޅަށް ތިންފަހަރު އިޝާރާތްކުރެއްވިއެވެ. ތިމާގެ އަނެއް މުސްލިމް އަޚާއަށް ނިކަމެތި ކަމުގެ ލޮލުން ބެލުނު މީހާ ނުބައިކަމެއްގެ ގޮތުގައި ފުދެއެވެ. އެއްމުސްލިމު އަނެއް މުސްލިމެއްގެ މައްޗަށް އޭނާގެ ލެއާއި އޭނާގެ މުދަލާއި އޭނާގެ އަބުރު ވަނީ ޙަރާމް ވެގެންނެވެ. “
_____________________________
المراجع :
1ـ جامع العلوم والحكم / للحافظ بن رجب الحنبلي .
2ـ إرشاد العباد /للشيخ عبدالعزيز السلمان .
3 ـ الرائد / للشيخ مازن الفريح .