[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަރަކަ 17

17760
ނަރަކައާ ބެހޭގޮތުން އިބްނު ޢުމަރު رضي الله عنه އަށް ފެނިވަޑައިގެންނެވި ހުވަފެން

ޞަޙީޙު ބުޚާރީ އަދި ޞަޙީޙު މުސްލިމުގައި އިބްނު ޢުމަރު رضي الله عنه ގެ ކިބައިން ރިވާވެގެން އައިސްފައިވެއެވެ. އިބްނު ޢުމަރުرضي الله عنه ވިދާޅުވިއެވެ.

((… إذْ جاءَنِي مَلَكانِ فِي يَدِ كُلِّ واحِدٍ مِنْهُما مَقْمَعَةٌ مِنْ حَدِيدٍ، يُقْبِلانِ بِي إِلَى جَهَنَّمَ، وَأَنا بَيْنَهُما أدْعُو الله اللَّهُمَّ، أعُوذُ بِكَ مِنْ جَهَنَّمَ، ثُمَّ أُراني لَقِينَي مَلَكٌ فِي يَدِهِ مِقْمَعَةٌ مِنْ حَدِيدٍ، فَقَالَ: لَنْ تُراعَ , نِعْمَ الرَّجُلُ أنْت, لَوْ تُكْثِرُ الصَّلاةَ. فانْطَلَقُوا بِي حتَّى وَقَفُوا بِي عَلى شَفِيرِ جَهَنَّمَ، فَإِذا هِيَ مَطْوِيَّةٌ كَطَيِّ البِئْر, لَهُ قُرُونٌ كَقَرْنِ البِئْرِ، بَيْنَ كُلِّ قَرْنَيْنِ مَلكٌ بِيَدِهِ مِقْمَعةٌ مِنْ حَدِيدٍ، وَأرى فِيها رِجالاً مُعَلِّقِينَ بِالسَّلاسِلِ رُؤُوسُهُمْ أسْفَلَهُمْ، عَرَفْتُ فِيها رِجالاً مِنْ قُرَيْشٍ، فانْصَرَفُوا بِي عنْ ذاتِ اليَمِينِ. فَقَصَصْتُها عَلى حَفْصَةَ فَقَصَّتْها حَفْصَةُ عَلى رسولِ الله فَقَالَ رسولُ الله إنَّ عَبْدَ الله رَجُلٌ صالِحٌ…))

މާނައީ: “ތިމަންކަލޭގެފާނުގެ އަރިހަށް (ހުވަފެނުގައި) ދެމަލާއިކަތް ބޭކަލުން ވަޑައިގެންނެވިއެވެ. އެއިން ކޮންމެ ބޭކަލެއްގެ އަތުގައިވެސް ދަގަނޑު ޗާބޫކެއް އޮތެވެ. އެދެބޭކަލުން ތިމަންކަލޭގެފާނު ގޮވައިގެން ނަރަކައާ ދިމާލަށް ދާންފެއްޓެވިއެވެ. އެހިނދު ތިމަންކަލޭގެފާނު އެދެބޭކަލުން ދެމެދުގައި ހުރެ ﷲއަށް ދުޢާކުރަމުން ގެންދެވީމެވެ. “އޭ ﷲ! މިއަޅާ ނަރަކައިން ސަލާމަށް ކޮށްދެއްވުމަށް އެދި އިބައިލާހުގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދެމެވެ.” ދެން ތިމަންކަލޭގެފާނާ ބައްދަލުވީ އެހެން މަލާއިކަތް ބޭކަލަކާއެވެ. އެބޭކަލެއްގެ އަތުގައިވެސް ދަގަނޑު ޗާބޫކެއް އޮތެވެ. އެމަލާއިކަތާ ވިދާޅުވިއެވެ. ތިބާގެ މައްޗަށް އެއްވެސް ބިރެއްނެތެވެ. ތިބާއަކީ ރަނގަޅު މީހެކެވެ. އަދި ތިބާ ގިނައިން ނަމާދު ކުރާނެ ނަމައެވެ. ދެން އެބޭކަލުން ތިމަންކަލޭގެފާނު ގޮވައިގެން ނަރަކައިގެ ތުންފަންމަތީގައި ހުއްޓުނެވެ. އެނަރަކަ ވައްތަރީ ހަދާފައިވާ ވަޅަކާއެވެ. އަދި ވަޅުގެ (ވަށައިގެން) ހުންނަ ކަހަލަ ކަފިތަކެއް(1) ހުއްޓެވެ. އަދި ކޮންމެ ދެކަތްޕެއްގެ ދެމެދުގައި މަލާއިކަތެއް ދަގަނޑު ޗާބޫކެއް ހިފައިގެން ހުއްޓެވެ. އަދި ހިލިހިލާތަކުން މީސްތަކުން އެކޮޅުކޮޅަށް އެލުވިގެންވާތަން ތިމަންކަލޭގެފާނަށް ފެނިވަޑައިގަތެވެ. އެމީހުންގެ ތެރެއިން ޤުރައިޝުންގެ ބައެއް މީހުން ވަކިކުރަން އެނގުނެވެ. ދެން އެބޭކަލުން ތިމަންކަލޭގެފާނު ގޮވައިގެން ކަނާތް ފަރާތަށް ވަޑައިގަތެވެ. ދެން ތިމަންކަލޭގެފާނު އެހުވަފެން ޙަފްޞާއަށް(2) ކިޔައިދިނީމެވެ. ދެން ޙަފްޞާ އެހުވަފެން ރަސޫލު ﷲ صلى الله عليه وسلم އަށް ކިޔައިދެއްވުމުން އެކަލޭގެފާނު ހަދީޘް ކުރެއްވިއެވެ. ހަމަކަށަވަރުން އަބްދު ﷲ(3) އަކީ ޞާލިޙު މީހެކެވެ.”

_____________________________________________

(1) މިއިން ކޮންމެ ދެކައްޕެއްގެ ދެމެދުގައި ވަޅުގެ އެއްފަރާތުން އަނެއް ފަރާތަށް ހުރަހަށް އަޅާފައިވާ ލަކުނޑި ގަނޑެއްވެއެވެ. އަދި މި ލަކުނޑި ގަނޑުގައި އެލުވިގެންވާ ވަލެއްގެ ފަހަތުގައި އެއްޗެހި ފިރުކާން ފުރޮޅުލައިފައި ހަދައިފައި އޮންނަ އާލަތެއް((Pulley އެލުވިގެންވެއެވެ. މިއާލަތް ބޭނުން ކުރަނީ ވަޅުން ފެންނެގުމަށެވެ.
(2) އެއީ ޢުމަރު ގެފާނުގެ ދަރިކަނބަލުން ޙަފްޞާ ބިންތު ޢުމަރެވެ. އަދި ރަސޫލު ﷲ صلى الله عليه وسلم ގެ އަނބިއަނބި ކަބަލުންގެ ތެރެއިން އަނބިކަބަލެކެވެ.
(3) އެއީ ޢުމަރު ގެފާނުގެ ދަރިކަލުން ޢަބްދު ﷲ ބުން ޢުމަރެވެ.

=ނުނިމޭ=

މިލިޔުމުގެ އެހެނިހެން ބައިތައް ބައްލަވާ