[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ދަރިވަރުން ޓީޗަރުންނަށްޓަކައި ކޮޅަށްތެދުވުމުގެ ޙުކުމަކީ ކޮބާ؟

 

الحمد لله والصلاة والسلام على رسول الله وعلى آله وصبحه أجمعين.

ދަރިވަރުން ޓީޗަރަށް (އިޙްތިރާމްކުރުމުގެ ގޮތުން) ކޮޅަށް ތެދުވުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ.

އަނަސްގެފާނުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

((لَمْ يَكُنْ شَخْصٌ أَحَبَّ إِلَيْهِمْ مِنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، وَكَانُوا إِذَا رَأَوْهُ لَمْ يَقُومُوا ، لِمَا يَعْلَمُونَ مِنْ كَرَاهِيَتِهِ لِذَلِكَ)) [وصححه الألباني في صحيح الترمذي]

މާނައީ: “ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ އަޞްހާބުބޭކަލުންގެ އަރިހުގައި، އެންމެ ލޮބުވެތިކަން ބޮޑުވެގެންވަނީ އެކަލޭގެފާނެެެވެ. އެހެން ނަމަވެސް އެކަލޭގެފާނު ފެނިވަޑައިގަތުމުން (އެބޭކަލުން އެކަލޭގެފާނަށް) ތެދުވެވަޑައި ނުގަންނަވައެވެ. ސަބަބަކީ އެއީ އެކަލޭގެފާނު ނުރުއްސަވާ ކަމެއްކަން އެބޭކަލުންނަށް އެނގިވަޑައިގަންނަވާތީއެވެ.”

((مَنْ سَرَّهُ أَنْ يَتَمَثَّلَ لَهُ الرِّجَالُ قِيَامًا فَلْيَتَبَوَّأْ مَقْعَدَهُ مِنَ النَّارِ)) [رواه الترمذي (2755) وصححه الألباني في صحيح الترمذي]

މާނައީ: “އެމީހަކަށްޓަކައި އެހެންމީހުން ތެދުވުމަށް ލޯބި ކުރާ މީހާ، ފަހެ އޭނާ ނަރަކައިން ޖާގަ ލިބިގަންނަ ހުށިކަމެވެ. ”

މި ހަދީޘް ވަނީ އަލްބާނީ ރަޙިމަހުﷲ ސައްޙަ ކުރައްވާފައެވެ.

 

ޓީޗަރުން ކުލާސް ރޫމަށް ވަނުމުން ދަރިވަރުން ޓީޗަރަށްޓަކައި ތެދުވުމުގެ ޙުކުމާބެހޭގޮތުން ސަޢޫދީ ޢަރަބިއްޔާގެ ފަތުވާކޮމެޓީއަށް ސުވާލުކުރެވުނެވެ.

އެބޭފުޅުންގެ ޖަވާބަކީ:

އެންމެ ހެޔޮ ހިދާޔަތަކީ މުޙައްމަދު صَلَّى اللَّهُ عَلَيْهِ وَسَلَّمَ  ދެއްކެވި ހިދާޔަތެވެ. އަދި އެންމެ ނުބައިކަމަކީ ދީނަށް އަލަށް ގެނެވޭ ކަންތައްތަކެވެ. އެންމެ ހެޔޮވެގެންވާ މީސްތަކުންނަކީ ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ދުވަސްވަރު އުޅުއްވި ބޭކަލުންނެވެ. ދެން އެއަށްފަހު ވަޑައިގަތް ބޭކަލުންނެވެ. އެއީ ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ އަރިހުން އެކަން ޘާބިތުވެފައިވާ ފަަދައިންނެވެ.

މި މައްސަލައިގައި އެކަލޭގެފާނު މަގުދައްކަވާފައިވާ ގޮތަކީ، އެކަލޭގެފާނު އަޞްޙާބުބޭކަލުންގެ އަރިހަށް ވަޑައިގެންނެވުމުން އެބޭކަލުން އެކަލޭގެފާނަށްޓަކައި ކޮޅަށް ތެދުވެވަޑައި ނުގަންނަވައެވެ. އެއީ އެކަލޭގެފާނު އެކަމާ ނުރުއްސަވާކަން އެބޭކަލުންނަށް އެނގިވަޑައިގަންނަވާތީއެވެ. އެހެންކަމުން މުދައްރިސުން ދަރިވަރުންނަށް ކޮޅަށް ތެދުވުމަށް އަމުރުކޮށްގެން ނުވާނެއެވެ. އަދި މުދައްރިސް އެކަމަށް އެދުނު ނަމަވެސް ދަރިވަރުން އެކަމަށް ބޯލެނބުމަކީ އެކަށީގެންވާ ކަމެއްނޫނެވެ. އެހެނީ ﷲ އަށް އުރެދެވޭ ކަމެއްގައި މަޚްލޫޤަކަށް ކިޔަމަން ގަތުމެއް ނުވެއެވެ.

وبالله التوفيق. وصلى الله على نبينا محمد، وآله وصحبه وسلم.

ޝެއިޚް އަބްދުލް އަޒީޒު އިބްނު ބާޒް(ރަޙިމަހު ﷲ) ވިދާޅުވިއެވެ.

ވަރަށް ގިނަ މުދައްރިސުން ކުލާހަށް ވަނުމާއެކު ކުދިން ކޮޅަށްނަގާ ހަދައެވެ. އެއްވެސް ޝައްކެއްނެތްގޮތުގައި މިއީ ޞައްޙަ ސުންނަތާ ޚިލާފު ކަމެކެވެ.

މާތްﷲ އަޅަމެންނަށް ދީނަށް އުޅުމަކީ ލުއިފަސޭހަކަމެއް ކަމުގައި ލައްވާށި! އާމީން

______________________________________________________

މަޞްދަރު: ފަތަވާ އިސްލާމިއްޔާ ވޮލިޔުމް8 ޞަފްޙާ127، ޝެއިޚް އަބްދުލް ޢަޒީޒް ބިން ބާޒް

فتاوى اللجنة الدائمة” (1/172)