[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

سورة قريش ގެ ތަފްސީރު -1

بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ

لِإِيلَافِ قُرَ‌يْشٍ ﴿۱﴾ إِيلَافِهِمْ رِ‌حْلَةَ الشِّتَاءِ وَالصَّيْفِ ﴿٢﴾ فَلْيَعْبُدُوا رَ‌بَّ هَـٰذَا الْبَيْتِ ﴿٣﴾ الَّذِي أَطْعَمَهُم مِّن جُوعٍ وَآمَنَهُم مِّنْ خَوْفٍ ﴿٤﴾

 

ސޫރަތުގެ މާނަ:

“ޤުރައިޝު ވަންހައިގެ މީހުން އެކުވެރިކުރެއްވި ކަމަށްޓަކައެވެ. [1] އާދައިގެ މަތިން ފިނި މޫސުމާއި ހޫނު މޫސުމުގައި އެބައިމީހުން ކޮށްއުޅޭ ދަތުރަށްޓަކައެވެ. [2] ފަހެ، މިގެފުޅުގެ ވެރިރައްބަށް އެބައިމީހުން އަޅުކަންކުރާހުށިކަމެވެ. [3] އެއިލާހީ، ބަނޑުހައި ހޫނުކަމުގައި ވަނިކޮށް އެބައިމީހުންނަށް ކާންދެއްވައި، އަދި ބިރުވެރިކަމުގައި ވަނިކޮށް އެބައިމީހުންނަށް އަމާންކަންދެއްވި އިލާހެވެ. [4]”

 

ބިސްމީގެ ތަފްސީރު އިސްވެ ބަޔާންވެ ހިނގައްޖެއެވެ.

މިސޫރަތާއި އިސްވެ ބަޔާންވެ ދިޔަ ސޫރަތާ(ފީލް ސޫރަތާ)ވަނީ ގުޅިފައެވެ. އެހެނީ އިސްވެދިޔަ ސޫރަތުގައި ﷲ ތަޢާލާ ބަޔާންކުރައްވާފައިވަނީ މައްކާއަށް ޤަސްދުކޮށްގެން ގެފުޅު ތަޅާލުމަށް އައި ފީލުބާގައިގެ މީހުން ނެތިކުރައްވައި, މައްކާގެ އަހުލުވެރިންގެ މައްޗަށް އެކަލާނގެ ދަރުމަވަންތަވެވޮޑިގެންނެވި ގޮތެވެ. މި ސޫރަތުގައި ﷲ ތަޢާލާ ބަޔާންކުރައްވާފައިވަނީ މައްކާގެ އަހުލުވެރިން(އެބަހީ: ޤުރައިޝުން)ނަށް ދެއްވި އެހެން ނިޢުމަތެއްގެ ވާހަކައެވެ. އެއީ އަހަރަކު ދެކޮޅު އެބައިމީހުންގެ އެކުވެރިކަން ބަދަހިވެގެން ދިއުމެވެ. ( ﷲ ތަޢާލާ އެގޮތަށް މިންވަރުކުރެއްވުމެވެ.) އެބަހީ: ފިނި މޫސުމާއި ހޫނު މޫސުމުގައެވެ.

ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

لِإِيلَافِ قُرَ‌يْشٍ ﴿۱﴾ إِيلَافِهِمْ رِ‌حْلَةَ الشِّتَاءِ وَالصَّيْفِ ﴿٢﴾

މާނައީ : “ޤުރައިޝު ވަންހައިގެ މީހުން އެކުވެރިކުރެއްވި ކަމަށްޓަކައެވެ. [1] އާދައިގެ މަތިން ފިނި މޫސުމާއި ހޫނު މޫސުމުގައި އެބައިމީހުން ކޮށްއުޅޭ ދަތުރަށްޓަކައެވެ. [2]”

﴿إِيلَاف﴾ގެ މާނަ އަކީ ޖަމާކުރުމާއި އެއްކުރުމެވެ. އާޔަތުގައި އެލަފުޒުގެ މުރާދަކީ އެބައިމީހުން ފިނިމޫސުމާއި ހޫނު މޫސުމުގައި ކޮށްއުޅުނު ވިޔަފާރިއެވެ. ފިނި މޫސުމުގައި އެބައިމީހުން ދަނީ ޔަމަނަށެވެ. އެއީ އެތަނުގައިވާ ގޮވާމުގެ ބާވަތްތައް ހޯދުމަށެވެ. އަދި އެއީ މޫސުން އެކަމަށް އެކަށީގެންވާތީއެވެ. ހޫނު މޫސުމުގައި އެމީހުން ކުރިމަތިލަނީ ޝާމްކަރައަށް ދިއުމަށެވެ. އެހެނީ ޢާންމު ގޮތެއްގައި މޭވާ އާއި އެހެނިހެން ބާވަތްތަކުގެ ވިޔަފާރިތައް ކުރެވެނީ ހޫނު މޫސުމުގައެވެ. އެއީ ޖައްވު އެކަމަށް މުނާސަބު ވާތީއެވެ. އެއީ މިދެ ދަތުރުގައި އެބައިމީހުންނަށް ﷲ ތަޢާލާ ދެއްވި ނިޢުމަތެކެވެ. އެހެނީ އެކަމުގެ ސަބަބުން ގިނަގުނަ ވެގެންވާ ފައިދާތަކެއް ލިބެމުންދެއެވެ. އަދި އެވިޔަފާރިތަކުން ބޮޑުވެގެންވާ ނަފާ ލިބެމުންދެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އެބައިމީހުންނަށް އަމުރުކުރެއްވީ މިގެފުޅުގެ ވެރި ރައްބަށް އަޅުކަން ކުރުމަށެވެ.

-ނުނިމޭ-

________________________________________________________

މިއީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه اللهލިޔުއްވާފައިވާ سورة قريشގެ ތަފްސީރުގެ ތަރުޖަމާއެވެ.

 

މިލިޔުމުގެ އެހެންބައިތައް