[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

سورة النصر ގެ ތަފްސީރު – 1

بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ

إِذَا جَاءَ نَصْرُ اللَّـهِ وَالْفَتْحُ ﴿١﴾ وَرَأَيْتَ النَّاسَ يَدْخُلُونَ فِي دِينِ اللَّـهِ أَفْوَاجًا ﴿٢﴾ فَسَبِّحْ بِحَمْدِ رَبِّكَ وَاسْتَغْفِرْهُ ۚ إِنَّهُ كَانَ تَوَّابًا ﴿٣﴾

ސޫރަތުގެ މާނަ:

“ﷲގެ ނަޞްރާއި ފަތަޙަ އަތުވެއްޖެ ހިނދެވެ. [1] އަދި ﷲގެ ދީނަށް މީސްތަކުން ބައިބަޔަށް ވަންނާތީ، ކަލޭގެފާނު ދެކެވަޑައިގެންފި ހިނދެވެ. [2] ފަހެ، ކަލޭގެފާނުގެ ވެރިރައްބަށް ޙަމްދާއެކު ތަސްބީޙަ ވިދާޅުވާށެވެ! އަދި ފާފަފުއްސެވުން އެދިވަޑައިގެން  އެކަލާނގެ ޙަޟްރަތަށް ދަންނަވާށެވެ! ހަމަކަށަވަރުން، ގިނަގިނައިން ތައުބާ ޤަބޫލުކުރައްވާ ކަލަކުކަމުގައި އެކަލާނގެ ވޮޑިގެންވެއެވެ.[3]”

 

ބިސްމީގެ ތަފްސީރު އިސްވެ ބަޔާންވެ ހިނގައްޖެއެވެ.

إِذَا جَاءَ نَصْرُ اللَّـهِ وَالْفَتْحُ ﴿١﴾

މާނައީ: “ﷲގެ ނަޞްރާއި ފަތަޙަ އަތުވެއްޖެ ހިނދެވެ.”

[މިސޫރަތުގައި] މުޚާޠަބު ކުރެވިފައި މިވަނީ ނަބިއްޔާ صلى الله عليه وسلم އާއެވެ. ﴿نَصْرُ اللهِ﴾ [އެބަހީ ﷲ ގެ ނަޞްރު]، ނަޞްރަކީ އިންސާނާއަށް އޭނާގެ ޢަދުއްވުގެ ކިބައިން ރެކި އޭނާ ދެރަކޮށް ނިކަމެތިކޮށްލުމަށް ﷲގެ ޙަޟްރަތުން ލިބޭ ބާރުވެރިކަމެކެވެ. އަދި ނަޞްރަކީ އަޅާއަށް އޭނާގެ ޢަމަލުތަކުގައި ޙާޞިލްކުރެވޭ އެންމެ ބޮޑު އުފާވެރިކަންވެސް މެއެވެ. އެހެނީ މަތިވެރިވެގެންވާ އުފަލަކާއި ހަމަޖެހުމެއް ނަޞްރުލިބޭ ފަރާތަށް ލިބިގެންދެއެވެ. އަދި ކިއެއްތޯއެވެ! ޙައްޤުގެ މަގުގައި ނަމަ ފަހެ އެއީ ހެޔޮކަމެކެވެ. ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ޘާބިތުވެގެން ވެއެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ: ((نُصِرْتُ بِالرُّعْبِ مَسِيْرَةَ شَهْرٍ)) [1] މާނައީ: “މަސްދުވަހުގެ ރާސްތާގެ ބިރުގެންނެވުމަކުން ތިމަންކަލޭގެފާނަށް ނަޞްރުދެއްވުނެވެ.” އެބަހީ: ޢަދުއްވުންނާއި އެކަލޭގެފާނާ ދެމެދު މަސްދުވަހުގެ ރާސްތާގެ ދުރުމިން ވީނަމަވެސް އެބައިމީހުން އެކަލޭގެފާނާމެދު ޖެހިލުންވެއެވެ.

ބިރުވެރިކަމަކީ ޢަދުއްވުންނަށް ދެވޭ އެންމެ ވަރުގަދަ ހަމަލާއެވެ. އެހެނީ އެމީހެއްގެ ހިތަށް ބިރުވެރިކަން ވަދެއްޖެ މީހާއަށް ޘާބިތުކަން ލިބުމީ ދުވަހަކުވެސް ނުވާނޭކަމެކެވެ. އަދި ކިއެއްތަ! ވައިގެތެރޭގައި އުދުހިދާ ދޫންޏެއް ފަދައިން އޭނާ ހިނގާދާނެތެވެ.

-ނުނިމޭ-

________________________________________________________

[1] صحيح البخاري / 335 / 438 / 6398

މިއީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه الله ލިޔުއްވާފައިވާ سورة النصرގެ ތަފްސީރުގެ ތަރުޖަމާއެވެ.

މިލިޔުމުގެ އެހެނިހެން ބައިތައް