[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މަދީނާގެ މާތްކަން (އަދި އެތާގައި ދިރިއުޅުމާއި އެތަނަށް ޒިޔާރަތްކުރުމުގެ އަދަބުތައް) 16

madheenah

އެގާރަވަނައީ: މުސްލިމުމީހާ މިތަނުގައި ދިރިއުޅެމުން ދާއިރު އޭނާ މިއުޅެމުންދަނީ ޢިލްމުގެ ނޫރު އެތަނުން ފާޅުވެގެން ދިޔަބިންކަން ދަންނަން ޖެހެއެވެ. ދީނުގެ ޢިލްމު އެކި ކަންކޮޅުތަކަށް ފެތުރިގެން ދިޔައީ މިބިމުންނެވެ. އެހެންކަމުން މި ބިމުގައި ދިރިއުޅޭއިރު ޢިލްމު ހޯދުމަށް ޚާއްޞަ ފަރުވާތެރިކަމެއް ބަހައްޓަން ވާނެއެވެ. އެއީ ﷲ ގެ މަގު އޭނާ ފުރިހަމައަށް ދަނެގެންވާޙާލު އެމަގުގައި ޘާބިތު ވުމަށެވެ. އަދި މިދީން ރަނގަޅަށް އެނގި ދަނެގެންވާޙާލު އެހެން މީސްތަކުންނަށް ދީނަށް ގޮވާލުމަށްޓަކައެވެ. މަސްޖިދުއްނަބަވީގައި ޢިލްމު އުނގެނުމުގެ މާތްކަން ބަޔާންކުރައްވާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވާކަމަށް އަބޫ ހުރައިރާ رضى الله عنه ރިވާކުރައްވާ ޙަދީޘެއްގައި ވެއެވެ.

((مَنْ دَخَلَ مَسْجِدَنَا هَذَا، يَتَعَلَّمُ خَيْرًا أَوْ يُعَلِّمُهُ، كَانَ كَالْمُجَاهِدِ فِي سَبِيلِ اللهِ، وَمَنْ دَخَلَهُ لِغَيْرِ ذَلِكَ كَانَ كَالنَّاظِرِ إِلَى مَا لَيْسَ لَهُ)) [رواه أحمد وابن ماجه وغيرهما وله شاهد عند الطبرانى من حديث سهل بن سعيد رضى الله عنه ]

މާނައީ :”އަހަރެމެންގެ މިމިސްކިތައް ޢިލްމު އުނގެނެން ނުވަތަ އުނގަންނައިދިނުމަށް ވަންނަ މީހާވަނީ ﷲ ތަޢާލާގެ މަގުގައި ހަނގުރާމަ ކުރާ މުޖާހިދުން ފަދައިންނެވެ. އެނޫން އެހެން ބޭނުމެއްގައި (އެބަހީ: ޢިލްމު އުނގެނުމާއި ނަމާދު ކުރުމާއި އިޢުތިކާފުރުކުރުންފަދަ ކަންތައްތައް ފިޔަވާ) ވަންނަމީހާއަކީ އޭނާއަށް ނުވާ އެއްޗަކަށް ބަލާ މީހެއްފަދަ މީހެކެވެ.”

ރިވާކުރެއްވީ އިމާމް އަޙްމަދު، އިބްނު މާޖާ، އަދި އެހެނިހެން މުޙައްދިޘުންނެވެ. މިޙަދީޘްއަށް ބާރުދޭ ޙަދީޘެއް ތަބަރާނީގައި ސަހްލު ބިން ސަޢީދު رضى الله عنه ގެ ކިބައިން ރިވާވެގެން އައިސްފައިވެއެވެ.

=ނުނިމޭ=

މިފޮތުގެ އެހެނިހެން ބައިތައް