[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މަދީނާގެ މާތްކަން (އަދި އެތާގައި ދިރިއުޅުމާއި އެތަނަށް ޒިޔާރަތްކުރުމުގެ އަދަބުތައް) 20

madheenah

ޢުމަރު ބުނުލް ޚައްޠާބު رضى الله عنه އިސްލާމްވެވަޑައިގަތުމުގެ ކުރީގައި ސާޅީހަކަށް ބޭކަލުން އިސްލާމްދީނަށް ވެދެވަޑައިގަތެވެ. އިސްލާމްވުމުގެ ކުރީގައި އެކަލޭގެފާނަކީ މުސްލިމުންގެ މައްޗަށް ނުހަނު ގަދަކަން ދެއްކެވި ބޭކަލެކެވެ. ﷲތަޢާލާ އެކަލޭގެފާނަށް ހިދާޔަތު ދެއްކެވުމުން އެކަލޭގެފާނުގެ ގަދަފަދަކަން ހުރީ ކާފިރުންގެ މައްޗަށެވެ. އަދި އެކަލޭގެފާނު އިސްލާމްވެ ވަޑައިގަތުންވީ މުސްލިމުންނަށް ލިބުނު ޢިއްޒަތެއް ކަމުގައެވެ.

ޢަބްދުﷲ ބިން މަސްޢޫދު ވިދާޅުވިކަމަށް އިމާމް ބުޚާރީ އެކަލޭގެފާނުގެ ޞަޙީހުގައި ވިދާޅުވެފައިވެއެވެ. “ޢުމަރުގެފާނު އިސްލާމްވެވަޑައިގެން ފަހުން ތިމަންމެން ޢިއްޒަތުގައި ނޫނީ ނުވަމެވެ.” [أخرجه البخاري في صحيحه]

ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމުގެ އަރިހުގައި އެކަލޭގެފާނު މަދީނާ އަދި މައްކާގައި ހޭދަކުރެއްވިއެވެ. އަބޫބަކުރު رضى الله عنه ޚަލީފާކަމާއި ހަވާލުވެވަޑައިގެންނެވުމުން އެކަލޭގެފާނު ވެވަޑައިގެންނެވީ އަބޫބަކުރު رضى الله عنه ގެ ކަނާއަތް ކަމުގައެވެ. އަދި އެކަލޭގެފާނު އަވަހާރަވުމުން އުންމަތުގެ ޚަލީފާކަމާއި ޙަވާލުވެވަޑައިގެންނެވިއެވެ. ޚަލީފާކަމުގައި ދިހައަހަރަށްވުރެ ގިނަ އަހަރު ހޭދަކުރެއްވިއެވެ. އެކަލޭގެފާނުގެ ޚިލާފަތުގައި އެތައްތަނެއް ފަތަޙަކުރެއްވިއެވެ. އިސްލާމީ އުންމަތުގެ ބިން އިތުރުވެގެން ދިޔައެވެ. އަދި އެންމެ ބޮޑު ދެދައުލަތް ފަތަޙަވެގެން ދިޔައެވެ. އެއީ ފާރިސްކަރައާއި ރޫމްކަރައެވެ. އަދި ކިސްރާގެ ކަންޒުތައް ﷲގެމަގުގައި ހޭދަކުރެވުނެވެ. އެންމެ ތެދުވެރި ސާޙިބާ ޚަބަރު ދެއްވާފައިވާ ފަދައިންނެވެ. އަދި އެކަލޭގެފާނު އަވަހާރަވުމުން ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހުގައި ފަސްދާނުލެވުމުގެ ނަސީބު އެކަލޭގެފާނަށް ﷲ ތަޢާލާ މިންވަރުކުރެއްވިއެވެ. އަދި އެކަލޭގެފާނު މަޙްޝަރު ކުރެވޭ ދުވަހުގައިވާނީ ސުވަރުގެ ވަންތަވެރިންގެ ތެރެއިންނެވެ. މިއީ ﷲތަޢާލާ ދެއްވަވާ މާތްކަމެވެ. އެއިލާހު އިރާދަކުރެއްވި އަޅަކަށް އެމާތްކަން ދެއްވައެވެ. އަދި ﷲ އީ އެންމެ މާތް އެންމެ މަތިވެރި އިލާހެވެ.

މިފަދަ މާތްކަމާއި މަތިވެރިކަން ލިބިވަޑައިގެންވާ ދެބޭކަލުންނަށް ބަދުބަސްތައް ރައްދު ކުރެވޭނީ ކޮންފަދައަކުން ހެއްޔެވެ. ﷲތަޢާލާގެ ޙަޟްރަތުގައި މިނުބައިކަމުން ރައްކާތެރިކަމަށް އެދެމެވެ. އޭހައްދަވާ ގެންގުޅުއެވާ އިލާހެވެ! އަޅަމެންނަށާއި އަޅަމެންގެ ކުރިން އީމާންކަމުގައި ކުރިއަރައިގެންދިޔަ މީސްތަކުންނަށް ފާފަ ފުއްސަވާފާނދޭވެ! އަދި އީމާންވީ މީސްތަކުންނަށް އަޅަމެންގެ ހިތްތަކުގައި ބުރަކަމެއް ނުލައްވާފާނދޭވެ.! ފަހެ އިބަﷲއީ އެންމެ އޯގާވަންތަ ރައޫފުވަންތަ އިލާހެވެ! އަދި އަޅަމެންގެ ހިތްތައް ޙައްޤުމަގަށް އެނބުރުމަށް ފަހުގައި އެމަގުން އެއްކިބާނުކުރައްވާނދޭވެ! އަދި އިބައިލާހުގެ ހަޟްރަތުން އަޅަމެންނަށް ރަޙުމަތްބާވައްލާވާފާނދޭވެ! ހަމަކަށަވަރުން އިބަﷲ އީ އެންމެހާ ނިޢުމަތްތައް ދެއްވާ އިލާހެވެ!

އިބުނު ކަޘީރު ރަޙިމަހުﷲ އެކަލޭގެފާނުގެ ތަފްސީރުގައި

﴿إِن تَجْتَنِبُوا كَبَائِرَ مَا تُنْهَوْنَ عَنْهُ نُكَفِّرْ عَنكُمْ سَيِّئَاتِكُمْ وَنُدْخِلْكُم مُّدْخَلًا كَرِيمًا﴾ [سورة النساء ٣١]

މާނައީ :”ތިޔަބައިމީހުނަށް ތިމަންﷲ ނަހީކުރައްވާފައިވާ ބޮޑެތިފާފަތަކުން ދުރުވެތިބޭނަމަ ތިޔަބައިމީހުންގެ ކުދި ފާފަތައް ތިމަންﷲ ފުއްސަވާދެއްވާނަމެވެ. އަދި މާތްވެގެންވާ ތަނަކަށް ތިޔަބައިމީހުން ތިމަންﷲ ވައްދަވާހުށީމެވެ.”

މިއާޔަތް ތަފްސީރުކުރައްވަމުން ލިޔުއްވާފައިވެއެވެ.

“އިބުނު އަބީޙާތިމް މުޣީރާ ބުން މިޤްސަމް ވިދާޅުވިކަމަށް ލިޔުއްވާފައިވެއެވެ. މުޣީރާ ވިދާޅުވިއެވެ.

އަބޫބަކުރު އަދި ޢުމަރު رضى الله عنهما އަށް ބަދުބަސް ރައްދުކުރުމަކީ ބޮޑުފާފައިގެ ތެރޭގައި އިލްމުވެރިން ހިމަނުއްވައެވެ.”

އެއަށްފަހުގައި އިބުނު ކަޘީރު ލިޔުއްވާފައިވެއެވެ.

ބައެއް ޢިލްމުވިރިން ޞަޙާބީންނަށް ލަޢުނަތްދޭމީހާ ކާފަރުކުރައްވައެވެ. އެއީ އިމާމު މާލިކުގެ ކިބައިން އައިސްފައިވާ ރިވާޔަތެކެވެ. އަދި މުޙައްމަދު ބިން ސީރީން ވިދާޅުވިއެވެ.

“އަބޫބަކުރުގެފާނަށާއި ޢުމަރުގެފާނު رضى الله عنهما ދެކެ ނަފްރަތުކުރާމީހާ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ލޯބިކުރާކަމަށް އަޅުގަނޑަށް ނުބެލެވެއެވެ.” [رواه الترمذى]

=ނުނިމޭ=

މިފޮތުގެ އެހެނިހެން ބައިތައް