[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

سورة الهمزة ގެ ތަފްޞީރު – 3

(الَّتِي تَطَّلِعُ عَلَى الْأَفْئِدَةِ)

މާނަ: (އެއީ ހިތްތަކަށް އޭގެ ހޫނާއި، ވޭން ފޯރުވަނިވި ނަރަކަޔެވެ.)

الْأَفْئِدَةِ އަކީ فؤاد ގެ ގިނަގޮތެވެ. ނުވަތަ ޖަމްޢެވެ. އޭގެ މާނައަކީ ހިތެވެ. އާޔަތުގައި އެވަނީ އެ އަލިފާނުގެ ހޫނުގަދަކަމުން ހިތްތަކަށް އޭގެ ހޫނު ފޯރާނެއެވެ. – ﷲ ތަޢާލާ އަޅަމެން ރައްކާތެރިކުރައްވާށި – ހިތަކީ މޭގެ ތެރޭގައި ވާ އެއްޗަކަށްވެފައި ހިތާއި އަދި ހަށިގަނޑުގެ އެންމެ ބޭރު ހަންގަނޑާއި ދެމެދު ގިނަ ބައިތަކެއް ވެއެވެ. އެއާއި އެކުވެސް މި އަލިފާން ހިތަށް ފޯރައެވެ. ( إِنَّهَا عَلَيْهِم) އެބަހީ އަލިފާނެވެ. އެބަހީ އެ އަލިފާން ވަނީ ދެބައުޑުވެ ފުރައްސާރަކުރާ މުދާ ބައްކުރާ އަދި ހެޔޮކަންތައްތައް މަނާކުރާ މީހުނަށެވެ. މި ތަނުގައި އިޝާރާތްކުރެއްވުމަށް ގެންނަވާފައިވާ ބަދަލުނަން، މިތަނުގައި ގެންނަވާފައި މިވަނީ ޖަމްޢުގެ(ނުވަތަ ގިނަނަމުގެ) ގޮތުގައެވެ. އިޝާރާތްކުރެވެނީ އެންމެ ފަރާތަކަށް ކަމަށް ވީއިރުވެސް މެއެވެ. ސަބަބަކީ (لِّكُلِّ هُمَزَةٍ لُّمَزَةٍ) ގައި ފުރައްސާރަކުރާ ހުރިހާ އެންމެންވެސް ޝާމިލްގޮތެއްގައި ހިމެނޭނެތީއެވެ. (مُّؤْصَدَةٌ) އެބަހީ : އެބައިމީހުންނަށްޓަކައި ދޮރުތައް ބަންދުކުރެވޭނޭއެވެ. އެބައިމީހުންނަށްޓަކައި ސަލާމަތްވާނޭ ކަމުގެ އުއްމީދެއްނޯނާނެއެވެ. – ﷲ ތަޢާލާ އަޅަމެން ސަލާމަތްކުރައްވާށިއެވެ. –

 (كُلَّمَا أَرَ‌ادُوا أَن يَخْرُ‌جُوا مِنْهَا أُعِيدُوا فِيهَا وَقِيلَ لَهُمْ ذُوقُوا عَذَابَ النَّارِ‌ الَّذِي كُنتُم بِهِ تُكَذِّبُونَ ﴿٢٠﴾) [سورة السجدة]  

މާނަ: “އެއުރެން އެތަނުން ނުކުންނަން އުޅެފި ކޮންމެ ފަހަރަކު، އެތަނަށް އެއުރެން އަނބުރާ ޢިޢާދަ ކުރައްވާނެތެވެ. އަދި އެއުރެންނަށް އަންގަވާނެތެވެ. ތިޔަބައިމީހުން ދޮގުކޮށް އުޅުނު ނަރަކައިގެ ޢަޒާބުގެ ރަހަ، ތިޔަބައިމީހުން ލިބިގަންނާށެވެ!”

އެބަހީ : ނަރަކައިގެ ދޮރުތަކާއި ހިސާބަށް އެރި ނުކުމެވޭނެ ކަމަށް ހީވާތަނާ ކޮށްޕާލާ އަނބުރާ ވައްޓާލެވޭނެއެވެ. މިއިން ކޮށްމެ ކަމަކީވެސް ގަދަފަދަ ޢަޒާބެވެ. އެހެނީ އިންސާނާ އޭނާ ސަލާމަތްވާނެކަމުގެ އުންމީދު އައިސް އެހުރި ވޭނުން މިންޖު ވާންކައިރިވެފައި ހުއްޓާ އަލުން އެކަމަށް އިޢާދަކުރެވިއްޖެނަމަ އާ ވޭނަކާ ކުރިމަތިވާނެއެވެ. އެފަދައިން އެބައިމީހުންގެ ޟަމީރުތަކަށާއި ހަށިގަނޑުތަކަށް ޢަޒާބުދެވެއެވެ. ކީރިތި ޤުރުއާނުގައާއި ނަބަވީ ސުންނަތުގައި ވަރަށް ތަފްޞީލްކޮށް ނަރަކައިގެ އަހުލުވެރިންގެ ޢަޒާބުގެ ވާހަކަ ޒިކުރުކުރެވިފައި ވެއެވެ. އަލިފާން ރޯވެފައިވާ ކާރެއްގެ ތެރޭގައި ނުވަތަ ކޮޓަރިއެއްގެ ތެރޭގައިވާ މީހަކާމެދު ނިކަން ވިސްނާލަބަލާށެވެ. އޭނަ އަކަށް ނުކުމެވޭނެ އެއްވެސް ގޮތެއް ނެތެވެ. ހުރިހާ ދޮރުތަކެއްވަނީ މުޅީން ބަންދުކުރެވިފައެވެ. އެފަދަ މީހަކަށް ވާނެގޮތް ވިސްނާލާށެވެ. ހުރިހިތާމައިގެ ބޮޑުކަމާއެވެ. އެފަދަ ހިތާމައިގެ މިޘާލެއްވެސް ނުޖެހޭނެއެވެ.

ނަރަކައިގެ އަހުލުވެރިންވެސް މިފަދައެވެ. ނަރަކަ އެބައިމީހުންނަށްޓަކައި ނަރަކައިގެ ދޮރުތައްވާނީ ބަންދުކުރެވިގެންނެވެ.

– ނުނިމޭ –

މަސްދަރު : –  ފަޟީލަތުއްޝައިޚު އަލް ޢައްލާމާ މުޙައްމަދު ބިން ޞާލިޙުލް ޢުޘައިމީން ރަޙިމަހުﷲ ގެ  ތަފްޞީރު –

ކުރީގެބައި ކިޔުއްވުމަށް