عَنْ سُلَيْمَانَ بْنِ بُرَيْدَةَ عَنْ أَبِيهِ قَالَ كَانَ رَسُولُ اللَّهِ -صلى الله عليه وسلم- يُعَلِّمُهُمْ إِذَا خَرَجُوا إِلَى الْمَقَابِرِ فَكَانَ قَائِلُهُمْ يَقُولُ ” السَّلاَمُ عَلَى أَهْلِ الدِّيَارِ مِنَ الْمُؤْمِنِينَ وَالْمُسْلِمِينَ وَإِنَّا إِنْ شَاءَ اللَّهُ لَلاَحِقُونَ أَسْأَلُ اللَّهَ لَنَا وَلَكُمُ الْعَافِيَةَ.” ( رواه مسلم )
މާނަ : ސުލައިމާން ބިން ބުރައިދާ ރަޟިޔަﷲ ޢަންހުމާ ، އެކަލޭގެފާނުގެ ބައްޕަ (ބުރައިދާ ރަޟިޔަﷲ ޢަންހު) ގެ ކިބައިން ރިވާކުރައްވާފައިވެއެވެ. އެބޭކަލުންނަށް (އެބަހީ: ޞަޙާބީންނަށް) ޤަބުރަށް ޒިޔާރަތްކުރާއިރު މިފަދައިން ކިޔުމަށް، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ، އުނގަންނަވައި ދެއްވާފައިވެއެވެ. ” السَّلاَمُ عَلَى أَهْلِ الدِّيَارِ مِنَ الْمُؤْمِنِينَ وَالْمُسْلِمِينَ وَإِنَّا إِنْ شَاءَ اللَّهُ لَلاَحِقُونَ أَسْأَلُ اللَّهَ لَنَا وَلَكُمُ الْعَافِيَةَ.”
ދުޢާ ގެ މާނައީ: “އޭ މުއުމިނުންނާއި މުސްލިމުންގެ ތެރެއިން މިޤަބުރުތަކުގެ އަހުލުވެރިންނޭވެ! ތިޔަބައިމީހުންގެ މައްޗަށް ސަލާމަތްކަންހުއްޓެވެ. އަދި ހަމަކަށަވަރުން އަހުރެމެންނީ ﷲ އިރާދަކުރެއްވިއްޔާ ތިޔަބައިމީހުންނާ ބައްދަލުވާނޭ މީހުންނެވެ. ﷲގެ ޙަޟްރަތުން އަހަރެމެންނަށާއި ތިޔަބައިމީހުންނަށް ޢާފިޔަތު ދެއްވުމަށް އެދި ދަންނަވަމެވެ.”
މި ނޫން ލަފްޡުތަކުންވެސް މި ދުޢާ ޘާބިތުވެއެވެ.
– و الله أعلم –