[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޝިިރުކު 3

 

أمُّ سلمة رضي الله عنها ވިދާޅުވިއެވެ.

“ރަސޫލާ صلى الله عليه وسلم އެންމެ ގިނައިން ކުރައްވާ ދުޢާއަކީ:

((يَا مُقَلِّبَ الْقُلُوبِ، ثَبِّتْ قَلْبِيَ عَلَى دِينِكَ))”[1]

މާނައީ: “އޭ ހިތްތައް ބަދަލު ކުރައްވާ އިލާހެވެ! މިއަޅާގެ ހިތް އިބައިލާހުގެ ދީން މަތީ ޘާބިތުކޮށްދެއްވާނދޭވެ!”

މި ބާބުގައި ހިމެނޭ ދަލީލުތަކުގެ ތެރޭގައި އަންނަނިވި ޙަދީޘް ހިމެނެއެވެ.

(إِنَّ أَخْوَفَ مَا أَخَافُ عَلَيْكُمُ الشِّرْكُ الْأَصْغَرُ)[2]

މާނައީ: “ތިމަންކަލޭގެފާނު ތިޔަބައިމީހުންގެ މައްޗަށް އެންމެ ބޮޑަށް ބިރުފުޅު ހީވަނީ ކުޑަ ޝިރުކަށެވެ.” އެއާ ބެހޭ ގޮތުން ސުވާލު ދެންނެވުމުން ޙަދީޘްކުރެއްވިއެވެ. “الرياء އެވެ.”   (އެބަހީ: ދެއްކުންތެރިކަމެވެ.)

ޢިލްމުވެރިން ވިދާޅުވާގޮތުގައި ނަބިއްޔާ صلى الله عليه وسلم ގެ ޞަޙާބީންނަށް މިކަމަށް ބިރުފުޅު ހީވުމުން އަހެރެމެން ފަދަ ބަޔަކަށްވާނީ ފަހެ ކިހިނަކުން ހެއްޔެވެ! އެބޭފުޅުންނަކީ توحيد އެންމެ ފުރިހަމައަށް އަދާ ކުރެއްވި ބޭފުޅުންނެވެ.

މި އުއްމަތުގެ ބައެއް މީހުން ބުދަށް އަޅުކަން ކުރާނެކަމުގެ ޚަބަރުވަނީ ނަބިއްޔާ صلى الله عليه وسلم ދެއްވާފައެވެ. މިއީވެސް ހަމަ، ޝިރުކުގެ ބިރުވެރިކަން ހިތަށް ވައްދައިދޭނޭ ކަމެކެވެ.

(لَا تَقُومُ السَّاعَةُ حَتَّى تَلْحَقَ قَبَائِلُ مِنْ أُمَّتِي بِالْمُشْرِكِينَ وَحَتَّى يَعْبُدُوا الْأَوْثَانَ …)[3]

މާނައީ: “ތިމަން ކަލޭގެފާނުގެ އުއްމަތުގެ ޤަބީލާތަކެއް މުޝްރިކުންނާ ގުޅިއްޖައުމަށް ދާންދެން ޤިޔާމަތް ނުވާ ހުށްޓެވެ. އަދި އެބައިމީހުން ބުދަށް އަޅުކަން ކޮށްފުމަށް ދާންދެން ޤިޔާމަތް ނުވާ ހުށްޓެވެ…”

މި ހުރިހާ ކަމެއްވެސް ނަބިއްޔާ صلى الله عليه وسلم އުއްމަތަށް ބަޔާންކޮށްދެއްވައިފައިވަނީ ނަޞޭޙަތްތެރި ވެވަޑައިގަތުމުގެ ގޮތުންނެވެ. މި ބޮޑުވެގެންވާ ފާފައިގެ ނުރައްކާތެރިކަން ބަޔާންކޮށްދެއްވުމަށްޓަކައެވެ. ސަމާލުވެ، ރައްކާތެރިވެ ތިބުމަށްޓަކައެވެ.

ޝިރުކުގެ ހުރި ނުރައްކާތެރިކަމުން، ހިތަށް ބިރުވެރިކަން ގެނެސްދޭ އަނެއް ކަމަކީ ، މުޝްރިކަކު މަރުވުމުން ނަރަކައަށް ވަނުމެވެ. އެމީހަކާ ނަރަކައާ ދޭތެރޭ ވަނީ ހަމައެކަނި މަރެވެ.

ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.

(مَنْ مَاتَ وَهوَ يَدْعُو مِنْ دُونِ اللَّهِ نِدًّا دَخَلَ النَّارَ)[4]

މާނައީ: “ﷲ ނޫން ފަރާތަކާ ، އެއިލާހާ އެއްފަދަކޮށް ، ކަންކަމު އެދި ދަންނަވާ ޙާލު މަރުވާ މީހަކީ ނަރަކަ ވަންނާނެ މީހެކެވެ.”

ޢިލްމުވެރިން رحمهم الله ވިދާޅުވަނީ : މި ޙަދީޘުން ދަލީލުކޮށްދޭ ގޮތުގައި މުޝްރިކުންނާއި ނަރަކަ ގާތްވެގެން ވެއެވެ. އެބަހީ ނަރަކައާ އެމީހަކާ ދޭތެރޭ މަރުވުން ނޫން ކަމެއް ނުވެއެވެ.

=ނުނިމޭ=

_______________________________

[1]  مسند الإمام أحمد بن حنبل،حديث :26721.

[2]  المعجم الكبير – الطبراني،حديث :4301.

[3]  سنن الترمذي،حديث : 2219. އިމާމް އަލްބާނީ رحمه الله ޞައްޙަކުރައްވާފައިވާ ޙަދީޘްއެކެވެ.

[4]  صحيح البخاري،حديث : 4227.

 މިލިޔުމުގެ އެހެންބައިތައް