الحمد لله رب العالمين. والصلاة و السلام على أشرف الأنبياء و المرسلين. و بعد:
މިފޮތަކީ ކުށު ސަޖިދަޖެހުމާއި ބެހޭގޮތުން ޢައްލާމާ މުޙައްމަދު ބިން ޞާލިޙް އަލްއުޘައިމީން ރަޙިމަހުﷲ ލިޔުއްވާފައިވާ “رِسَالَةُ فِي سُجُوْدُ السَّهْوِ” “ކުށު ސަޖިދަތައް ޖެހުމާއި ބެހޭ ރިސާލާއެއް” މިފޮތުގެ ތަރުޖަމާއެކެވެ. މިފޮތް ނިމުމުން އިތުރުބައިތައް އިތުރުކުުރަން ހަަމަޖެހިފައިވާތީ އެހެންނަމެއް ޞުރުޙީއަކަށް ދެވިފައިވަނީއެވެ.
ޢައްލާމާ އިބުނު ޢުޘައިމީން ރަޙިމަހުﷲ މަތީގައި ބަޔާންކުރެވުނު ރިސާލާގައި ބަޔާންކުރައްވައެވެ.
“بسم الله الرحمن الرحيم.
الحمد لله رب العالمين. و الصلاة و السلام على نبينا محمد الذي بلغ البلاغ المبين، و على آله و أصحابه و التابعين لهم بإحسان إلى يوم الدين. أما بعد.
ހަމަކަށަވަރުން ވަރަށް ގިނަ މީސްތަކުން ވަނީ ނަމާދުގައި ކުށު ސަޖިދަޖެހުމާއި ބެހޭ ޙުކުމްތަކާއި ބެހޭގޮތުން ވަރަށް ބޮޑަށް ޣާފިލުވެފައެވެ.
އޭގެ ތެރޭގައި ކުށު ސަޖިދަޖެހުން ވާޖިބުވާ ޙާލަތް ދޫކޮށްލާމީހުންވެއެވެ.
އަދި އޭގެ ތެރޭގައި ކުށު ސަޖިދަ ޖަހަންޖެހޭ ޙާލަތްނޫން އެހެން ޙާލަތެއްގައި ކުށު ސަޖިދަ ޖަހާ މީހުންވެއެވެ.
އަދި އޭގެ ތެރޭގައިި ސަލާމްދިނުމަށްފަހު ކުށު ސަޖިދަ ޖަހަންޖެހޭ ތަންތަނުގައި ސަލާމްދިނުމުގެ ކުރިން ކުށު ސަޖިދާ ޖަހާމީހުންވެއެވެ.
އަދި އޭގެ ތެރޭގައި ސަލާމްދިނުމުގެ ކުރިން ކުށު ސަޖިދަ ޖަހަންޖެހޭ ތަންތާގައި، ސަލާމްދިނުމަށްފަހު ކުށު ސަޖިދަ ޖަހައެވެ.
އެހެންކަމުން ކުށު ސަޖިދައިގެ ޙުކުމްތައް ދެނެގަތުމަކީ ވަރަށް މުހިންމު ކަމެކެވެ. ޚާއްޞަކޮށް އެބަޔަކު ނަމޫނާއެއްކަމުގައި ބަލާ އެބަޔަކަށް ތަބާވާ މިސްކިތްތަކުގެ (މުދިމުން)އިމާމުންނަށެވެ. އަދި މީސްތަކުން އެބައިމީހުންނާއިގެން މުސްލިމުންނާއިގެން ނަމާދު އިމާމްވެ ޝަރުޢާ އެއްގޮތަށް ނަމާދުކުރުމުގެ މަސްއޫލިއްޔަތު އެބައެއްގެ ބޮލުގައި އެޅިފައިވާ މީހުންނަށް އެކަމުގައި ތަބާވެ ތަޤްލީދުކުރެއެވެ.
އެހެންކަމުން މިބާބުގެ ޙުކުމްތަކާއި ބެހޭގޮތުން ﷲގެ ކިބައިން އެއިލާހުގެ އަޅުތަކުންގެ ތެރެއިން މުއުމިނުނަށް މަންފާކޮށްދެއްވާނެ ކަމުގެ އުންމީދުގައި މިމަސައްކަތް ހުށައަޅައިލަމެވެ. ﷲގެ ތަޢުފީޤާއި އަދި ރަނގަޅުގޮތް އެނގުމުގެ ތައުފީޤު ދެއްވުން ދަންނަވަމުން ބަޔާންކުރަމެވެ.
ކުށު ސަޖިދަ
ކުށު ސަޖިދައަކީ ނަމާދުކުރާ މީހާ އޭނާގެ ނަމާދުގައި ޖެހޭ ކުށެއްގެ ސަބަބުން ނަމާދަށް އަންނަ އުނިކަން ފޫބެއްދުމަށް ޖަހާ ދެ ސަޖިދައަކަށް ކިޔާ ނަމެކެވެ.
ކުށު ސަޖިދަ ޖަހަން ޖެހެނީ ތިން ސަބަބެއް މެދުވެރިވެގެންނެވެ.
ހ. ނަމާދުގައި އިތުރުވުން.
ށ. ނަމާދުގައި މަދުވުން (ނުވަތަ އުނިވުން).
ނ. ނަމާދުގައި ޝައްކުވުން.
ފުރަތަމަ: އިތުރުވުން.
ނަމާދުކުރާ މީހާ އޭނާގެ ނަމާދުގައި ޤިޔާމެއް ނުވަތަ (ދެ ސަޖިދަ ދެމެދު) އިށީނުމެއް، ނުވަތަ ހަނދާން ނެތިގެން ނުވަތަ ސަޖިދައެއް އިތުރަށް ޤަޞްދުގައި ކޮށްފިނަމަ ނަމާދު ބާޠިލުވާނެއެވެ.
ހަނދާން ނެތިގެން ނަމާދުގައި އިިތުރަށް (ނަމާދުގެ ޢަމަލުތަކުގެ ތެރެއިން ޢަމަލެއްކުރެވި) ނަމާދުން އަވަދިވެއްޖެނަމަ(ނިިމިއްޖެނަމަ)، (ދެން ހަނދާންވެއްޖެނަމަ) އޭނާގެ މައްޗަށް (ކުށު) ސަޖިދަޖެހުން ނޫން އެހެންކަމެއް ނުވެެއެވެ. އޭނާގެ ނަމާދު ޞައްޙަވާނެއެވެ. ނަމާދުކުރަނިކޮށް އިތުރުވީ ކަންތަކުގެ މަތިން ހަނދާން ވެއްޖެނަމަ، އެއިތުރުވީ ކަމަކުން ރުޖޫޢަވެ، ކުށު ސަޖިދަޖެހުން ވާޖިބުވާނެއެވެ. އޭނާގެ ނަމާދު ޞައްޙަވާނެއެވެ.
އިތުރުވުމުގެ މިޘާލެއް:
މިސާލަކަށް މެންދުރު ނަމާދުކުރި މީހަކު ފަސްވަނަ ރަކުޢަތުގައި އައްތަޙިއްޔާތަށް އިންދައި މެނުވީ އޭނާއަށް އެކަން ނޭނގެއެވެ. ދެން އޭނާ އައްތަޙިއްޔާތު ފުރިހަމަކޮށް ސަލާމްދިނުމަށްފަހު، ދެން ކުށު ސަޖިދަ ޖެހުމަށްފަހު ސަލާމްދޭނީއެވެ.
ހަނދާންވީ ސަލާމްދިނުމަށްފަހުގައި ކަމުގައިވާނަމަ، ކުށު ސަޖިދަ ޖެހުމަށްފަހު ސަލާމްދޭނީއެވެ. އިތުރަށް ކުރި ރަކުޢަތް ހަނދާންވީ ފަސްވަނަ ރަކުޢަތުގައި ކަމުގައިވާނަމަ، އެވަޤުތު އައްތަޙިއްްޔާތަށް އިށީނދެ އައްތަޙިއްޔާތު ނިންމުމަށްފަހު، ސަލާމްދޭނީއެވެ. އެޔަށްފަހު ކުށު ސަޖިދަ ޖަހައި ސަލާމްދޭނީއެވެ.
އެކަމުގެ މައްޗަށްވާ ދަލީލު:
އެއީ ޢަބްދުﷲ ބިން މަސްޢޫދު ރަޟިޔަﷲ ޢަންހު ރިވާކުރައްވާފައިވާ އަންނަނިވި ޙަދީޘެވެ. (أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ صَلَّى الظُّهْرَ خَمْسًا، فَقِيلَ لَهُ: أَزِيدَ فِي الصَّلاَةِ؟ فَقَالَ: «وَمَا ذَاكَ؟» قَالَ: صَلَّيْتَ خَمْسًا، فَسَجَدَ سَجْدَتَيْنِ بَعْدَ مَا سَلَّمَ) (1)
މާނައީ: “ހަމަކަށަވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މެންދުރު ނަމާދުގައި ފަސް ރަކުޢަތް ކުރެއްވިއެވެ. ދެން ނަބިއްޔާއަށް ދެންނެވުނެވެ. ނަމާދަށް (ރަކުޢަތެއް) އިތުރު ކުރެއްވުނީތޯއެވެ؟. ޙަދީޘް ކުރެއްވިއެވެ. “އެކަންވީ ކިހިނަކުންހެއްޔެވެ؟” ޞަޙާބީ ބޭކަލުން ދެންނެވިއެވެ. “ކަލޭގެފާނު ކުރެއްވީ ފަސްރަކުޢަތެވެ.” ދެން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެ ސަޖިދަ ކުރައްވައި އެޔަށްފަހު ސަލާމްދެއްވައިފިއެވެ.
އެހެން ރިވާޔަތެއްގައި ވެއެވެ. (فَثَنَى رِجْلَيهِ، وَاسْتَقْبَلَ الْقِبْلَةَ، فَسَجَدَ سَجْدَتَيْنِ، ثُمَّ سَلَّمَ) (2) “އެކަލޭގެފާނު ފައިންޕުޅު ކުރުކޮށްލައްވައި، ޤިބުލަޔަށް ކުރިމަތިލައްވައި ދެސަޖިދަކުރެއްވިއެވެ. އެޔަށްފަހު ސަލާމްދެއްވިއެވެ.” ސުނަނު ހަތަރުބޭކަލުން މިޙަދީޘް ރިވާކުރެއްވިއެވެ.
(ނުނިމޭ)
(މާދަމާގެ ބައިގައި: ނަމާދު ފުރިހަމަ ނުކޮށް ސަލާމްދިނުމަކީވެސް ނަމާދަށް އިތުރުވާ އިތުރުވުމެއް)
و صلى الله وسلم على محمد و آله صحبه أجمعين.
_____________
(1)متفق عليه.
(2) رواه أبوداود و الترمذي و النسائي وابن ماجه.