أَبُو ذَرّ رَضِي اللهُ عَنْهُ ވިދާޅުވިއެވެ. ﷲ ގެ ރަސޫލާ صلّى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ((يَا أَبَا ذَرٍّ! أَتَرَى كَثْرَةَ الْمَالِ هُوَ الْغِنَى؟». قُلْتُ : نَعَمْ يَا رَسُوْلَ اللهِ! قَالَ :«فَتَرَى قِلَّةَ الْمَالِ هُوَ الْفَقْرِ؟». قُلْتُ : نَعَمْ يَا رَسُوْلَ اللهِ! قَالَ :«إِنَّمَا الْغِنَى غِنَى الْقَلب، وَالْفَقْرُ فَقْرُ الْقَلْب)) މާނައީ: “އޭ އަބޫ ޛައްރުއެވެ! މުދާ ގިނަ ވުމަކީ ، މުއްސަނދި ވުން ކަމުގައި ތިބާ ދެކެމު ހެއްޔެވެ؟” ތިމަން ދެންނެވީމެވެ. އޭ ﷲ ގެ ރަސޫލާއެވެ! އާދޭހެވެ. ޙަދީޘް ކުރެއްވިއެވެ. “މުދާ މަދު ވުމަކީ ފަޤީރުވުން ކަމުގައި ތިބާ ދެކެމު ހެއްޔެވެ؟” ތިމަން ދެންނެވީމެވެ. އޭ ﷲ ގެ ރަސޫލާއެވެ! އާދޭހެވެ. ޙަދީޘް ކުރެއްވިއެވެ. “ޙަޤީޤީ މުއްސަނދި ކަމަކީ ހިތުގެ މުއްސަނދި ކަމެވެ. ޙަޤީޤީ ފަޤީރު ކަމަކީ ހިތް ފަޤީރުވުމެވެ.”(1)
މާތް ﷲ އެމީހަކަށް މިންވަރު ކޮށް ދެއްވި އެއްޗަކަށް ރުހޭ މީހަކީ އެންމެ މުއްސަނދި މީހާއެވެ.
أبو هريرة رضي الله عنه ވިދާޅުވިއެވެ. ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ((مَنْ يَأْخُذُ عَنِّي هَؤُلَاءِ الْكَلِمَاتِ فَيَعْمَلُ بِهِنَّ أَوْ يُعَلِّمُ مَنْ يَعْمَلُ بِهِنَّ؟)) “ތިމަންކަލޭގެފާނު އަރިހުން މި ކަލިމަތައް ލިބިގަނެ އެއަށް ޢަމަލު ކުރާނީ ކާކު ހެއްޔެވެ؟ ނުވަތަ އެއަށް ޢަމަލު ކުރާނޭ ބަޔަކަށް އުނގަންނައި ދޭނީ ކާކު ހެއްޔެވެ؟” މިފަދައިން ޙަދީޘް ކުރެއްވުމުން أبو هريرة رضي الله عنه ވިދާޅުވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ! އަޅުގަނޑު ތިކަން ކުރާ ހުށީމެވެ. އެހިނދު އެކަލޭގެފާނު، ތިމަންގެ އަތުގައި ހިއްޕަވައި ފަސްކަމެއް ގުނާ ލެއްވިއެވެ. ޙަދީޘް ކުރެއްވިއެވެ. ((اتَّقِ الْمَحَارِمَ تَكُنْ أَعْبَدَ النَّاسِ، وَارْضَ بِمَا قَسَمَ اللَّهُ لَكَ تَكُنْ أَغْنَى النَّاسِ، وَأَحْسِنْ إِلَى جَارِكَ تَكُنْ مُؤْمِنًا، وَأَحِبَّ لِلنَّاسِ مَا تُحِبُّ لِنَفْسِكَ تَكُنْ مُسْلِمًا، وَلَا تُكْثِرْ الضَّحِكَ فَإِنَّ كَثْرَةَ الضَّحِكِ تُمِيتُ الْقَلْبَ)) މާނައީ: ” ޙަރާމްކަންތައްތަކުން ތިބާ ރައްކާތެރި ވާށެވެ. އޭރުން ތިބާއަކީ މީސްތަކުންގެ ތެރެއިން ވާ އެންމެ އަޅުވެރި މީހާއަށް ވާ ހުއްޓެވެ. ﷲ ތިބާއަށް ބައްސަވައި މިންވަރު ކުރައްވައިފައި ވާ އެއްޗަށް ތިބާ ރުހޭށެވެ. އޭރުން ތިބާއަކީ މީސްތަކުންގެ ތެރެއިން ވާ އެންމެ މުއްސަނދި މީހާއަށް ވާ ހުއްޓެވެ. ތިބާގެ އަވަށްޓެރިޔާއަށް، ތިބާ އިޙުސާންތެރި ވާށެވެ. އޭރުން ތިބާ ފުރިހަމަ މުއުމިނަކަށް ވާ ހުއްޓެވެ. ތިބާގެ އަމިއްލަ ނަފުސަށް އެދޭ ކަންތައްތައް، މީސްތަކުންނަށް ތިބާ އެދޭށެވެ. އޭރުން ތިބާ ފުރިހަމަ މުސްލިމަކަށް ވާ ހުއްޓެވެ. ތިބާ ގިނައިން ނުހޭށެވެ. ފަހެ ، ހަމަކަށަވަރުން ގިނައިން ހުނުމަކީ ހިތް މަރުވާ ކަމެކެވެ.”(2)
އަދިވެސް أبو هريرة رضي الله عنه ކިބައިން ރިވާވެފައިވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ((لَيْسَ الْغِنَى عَنْ كَثْرَةِ الْعَرَضِ وَلَكِنَّ الْغِنَى غِنَى النَّفْسِ)) މާނައީ: “މުއްސަނދިކަމަކީ މުދަލުގެ ގިނަކަމެއް ނޫނެވެ. އެހެނެއްކަމަކު މުއްސަނދިކަމަކީ ނަފްސުގެ މުއްސަނދިކަމެވެ.”(3)
___________________________
(1) موارد الظمآن إلى زوائد ابن حبان. باب ما جاء في الفقراء ومن لا يؤبه له .حديث:2563.
(2) سنن الترمذي. حديث:2305. ޝެއިޚް އަލްބާނީ رحمه الله ޙަސަންގެ ދަރަޖަ ދެއްވާފައިވާ ޙަދީޘްއެއް.
(3) صحيح البخاري: حديث: 6446، صحيح مسلم: باب ليس الغني عن كثرة العرض، حديث: 1051.