[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ދީނުގައި ސާބިތުވުމަށް ކުރެވިދާނެ ބައެއް ކަންކަން

3086_lg

1 – ދީނު ސާބިތުކޮށްދެއްވުމަށް އެދި ﷲ ތަޢާލާގެ ހަޟްރަތުގައި ގިނަގިނައިން ދުޢާކުރުން.

2 – އަޅުކަމުގައި ފަރުވާކުޑަ ނުކުރުން އަދި ޚާއްސަކޮށް ފަރުޟު ފަސްނަމާދު ޖަމާޢަތުގައި ކުރުމުގައި ދެމިހުރުން.

3 – ސުންނަތަށް ޢަމަލުކުރަން މަސައްކަތް ކުރުން.

4 – ފިތުނަތަކާއި ފާޙިޝް ޢަމަލުތަކުން ރައްކާތެރިކޮށް ދެއްވުން އެދި ﷲ އަށް ދެއްނެވުން.

5 – އެކުގައި އުޅޭ އެކުވެރިންގެ ގޮތުގައި ރަނގަޅު ޞާލިޙުން އިޚްތިޔާރުކުރުން.

6 – ގިނަގިނައިން ﷲ ތަޢާލާގެ ޒިކުރު ކުރުން.

7 – ﷲ ތަޢާލާ ހުރިހާވަގުތެއްގައިވެސް ތިބާގެ ޢަމަލުތައް ބައްލަވާ އައްސަވާ ވޮޑިގެންވާކަން ހަނދާނުގައި ބެހެއްޓުން.

8 – ސީދާވެގެންވާ ތެދުމަގަށް ހިދާޔަތް ދެއްކެވުން އެދި ގިނަގިނައިން ދުޢާކުރުން.

9 – ހެޔޮޢަމަލު ތަކުގެ މަތީގައި ދެމިހުރުމުގެ މައްޗަށް ކެއްތެރިވުން.

10 – ފާފަތައް ދުކޮށްލުމުގެ މައްޗަށް ކެއްތެރިވުން.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގިނަގިނައިން މި ދުޢާ ކުރައްވަކަމުގައި ވެއެވެ.  (( يا مقلب القلوب ثبت قلبي على دينك ))  މާނަ – (( އޭ ހިތްތައް ބަދަލު ކުރައްވާ އިލާހު! މި އަޅާގެ ހިތް އިބް އިލާހުގެ ދީނުގެ މަތީގައި ޘާބިތު ކޮށްދެއްވާފާނދެއެވެ.! ))