[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިޢުތިކާފް -2

trans_mosque

އިޢުތިކާފްގެ ބައެއް އަދަބުތައް

ތިރީގައި މިބަޔާންކޮށްލަނީ އިޢުތިކާފަށް އިނުމުގައި ސަމާލުކަންދޭން ޖެހޭ އަދަބުތަކުގެ ތެރެއިން، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުގެ އަލީގައި ޢިލްމުވެރިން ބަޔާންކުރައްވާ ބައެއް އަދަބުތައް.

1 – އިޚްލާސްތެރި ނިޔަތަކާއި އެކު އިޢުތިކާފަށް ވަނުން.

2 – އިޢުތިކާފަށް އިންނަ ހަޤީޤީ މަޤްޞަދުކަމުގައިވާ، ދުނިޔެވީ ކަންތައްތަކާއި ދުރުވެ،  ﷲ ތަޢާލާއަށްޓަކައި  މިސްކިތުގައި އިންނަ އިނުމެއްކަމުގައި ހިތްމަތީގައި އަބަދުވެސް ބެހެއްޓުން.

3 – ކޮންމެހެން ދައްކަން ޖެހިއްޖެ ވާހަކައެއް ފިޔަވައި ދުނިޔެވީ ވާހަކަތައް ދެއްކުމުން ދުރުހެލިވުން. އަދި ބޭކާރު ވާހަކަތައް ދެއްކުމުން ދުރުހެލިވުން.

4 – ފަރުޟު ނަމާދުތަކުގެ އިތުރަށް ރާވާތިބު ސުންނަތްތަކާއި ޟުޙާ ނަމާދުފަދަ ސުންނަތް ނަމާދުތަކަށް ރައްކާތެރިވުން.

5 – ކެއުމާއި ނިދުން މަދުކޮށް ނަމާދުކޮށް ޒިކުރުކޮށް ދުޢާކޮށް ޤުރުއާން ކިޔެވުން ގިނަކުރުން.

6 – ކޮންމެހެން ނުކުންނަން ޖެހިއްޖެ ޟަރޫރީ ޙަލަތެއްގައި މެނުވީ މިސްކިތުން ނުނިކުތުން.

7 – ސާފްތާހިރު ވުމަށް ސަމާލުކަން ދިނުން.

8 – އިޢުތިކާފަށް އިންނަމީހާ، އިޢުތިކާފަށް އިނުމަށް މިސްކިތުގެ ވަކި ތަނެއް ޚާއްސަކުރުން.

9 – އަދި މީސްތަކުންނާއި ވީހާވެސް އެކަހެރިކޮށް އަޅުކަމުގައި ގިނަވަގުތު ހޭދަކުރުން.

10 – ޖަދަލުކުރުމާއި ޣީބަ ބުނުންފަދަ އެއްމެހައި ޢަމަލުތަކުން ދުރުހެލިވުން.

11 – އިޢުތިކާފަށް އިންނަ މީހާއަށް ސުންނަތް ވެގެންވަނީ، އިޢުތިކާފުގައި އިންނަ ޙާލަތުގައި ޖަނާޒާގައި ބައިވެރިނުވުމާއި، ދަޢުވަތަށް އިޖާބަނުދިނުމާއި، ބަލިމީހުންނަށް ޒިޔާރަތް ނުކުރުމެވެ.


މަޢުލޫމާތުގެ އަޞްލު މަސްދަރުބެއްލެވުމަށް