مقدمة
الحمد لله رب العالمين والصلاة والسلام على رسول الله وعلى آله وصحبه ومن اهتدى بهداه .
އެކި އެކި މޫސުމީ ޗުއްޓީ ތަކުގައި މީސްތަކުން ކުރާ ދަތުރުތައް ވަރަށް ގިނަވެފައިވެއެވެ. އަދި އެދަތުރު ތަކުގެ ވައްތަރުތައްވެސް މިއަދު މިވަނީ ގިނަވެފައެވެ. އެއީ އަޅުކަމެއްގެ ގޮތުން ނުވަތަ ﷲ ތަޢާލާއަށް ކުއްތަންވުމުގެ ގޮތުން ކުރެވޭ ޙައްޖު ނުވަތަ ޢުމުރާގެ ދަތުރުތަކާއި، އެއްމެ މާތް ތިން މިސްކިތަށް ކުރާދަތުރުތަކާއި ޝަރުޢީ ޢިލްމު ހާސިލްކުރުމަށް ކުރާ ދަތުރުތަކާއި ނުވަތަ ރަޙިމުގެ ގުޅުން ދެމެހެއްޓުމަށްޓަކައި ގާތްތިމާގެ މީހުންގެ ގާތަށް ކުރާ ދަތުރުތަކާއި އަދި ﷲ ގެ މަގަށް ދަޢުވަތު ދިނުމަށް ކުރެވޭ ދަތުރުތައް ފަދަ ދަތުރުތަކެވެ. އަދި ހުއްދަ ގޮތުގައި ކުރެވޭ ޕިކްނިކް ދަތުރުތަކާއި ވިޔަފާރީގެ ދަތުރުތައް ފަދަ ހުއްދަ ދަތުރުތަކެވެ. އަދި ޙަރާން އެއްޗެއް ވިއްކުމަށް ނުވަތަ ސިހުރުވެރިއެއްގެ ކައިރިއަށް އެހީހޯދަން ނުވަތަ މުންކަރާތަކަށް އަރައިގަތުމަށް ކުރެވޭ ދަތުރުތައް ފަދަ ޙަރާމް ދަތުރުތަކެވެ.
އެހެން ކަމުން ދަތުރުގެ އާއްމު މާނައަކީ، ދީނީ ނުވަތަ ދުނިޔެވީ ކޮންމެވެސް ބޭނުމަކަށްޓަކައި ތިމާ ދިރިއުޅޭ ތަނާއި ވަކިވުމެވެ.
ދަތުރުގެ ޙުކުމު : އެކަމަކަށްޓަކައި ދަތުރު ކުރަންފެށުނު ކަމެއްގެ ޙުކުމުގެ ސަބަބުން ފަހަރެއްގައި ދަތުރު ވާޖިބަކަށްވެސް ވެދާނެއެވެ. ނުވަތަ ހުއްދަ ކަމަކަށް ވެދާނެއެވެ. ނުވަތަ ޙަރާމް ކަމަކަށް ވެދާނެއެވެ. ނުވަތަ މަކްރޫހަ ކަމަކަށްވެސް ވެދާނެއެވެ.
ދަތުރުފަތުރު ކުރުގައި ވަރަށް ބައިވަރު އަދަބުތަކާއި ޙުކުމުތައް އެކުލެވިގެން ވެއެވެ. އެގޮތުން އޭގެތެރެއިން ބައެއް އަދަބުތަކާއި ޙުކުމުތައް މިފޮތުގައި ހިމަނައިލަމެވެ. ދުޢާ އަކީ އަޅުގަނޑުމެން އެންމެންނަށް ﷲ ތަޢާލާ ފައިދާކުރަނިވި ޢިލްމާއި ޞާލިޙު ޢަމަލުކުރުމުގެ ހެޔޮތައުފީޤު ދެއްވުމެވެ.
الشيخ محمد صالح المنجد
– ނުނިމޭ –
މަސްދަރު : فضيلة الشيخ محمد صالح المنجد ( حفظه الله ) ލިޔުއްވާފައިވާ ފޮތް “السفر آداب و أحكام”


















