[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤިޔާމަތްވުމުގެ ޢަލާމާތްތައް (أَشْرَاطُ السَّاعَةِ) – 56 “ޢިލްމު އުފުއްލެވުމާއި ޖާހިލުކަން ފާޅުވުން.”

 

ދެންފަހެ ދުނިޔެވީ ޢިލްމު ދަންނައެވެ. އެކަން ހުރީ އިތުރުވާށެވެ. އަދި ޙަދީޘްގައިވާ މުރާދަކީ އެކަން ނޫންކަން ނަބިއްޔާ صلى الله عليه وسلم ގެ މި ބަސްފުޅުން ދަލީލު ލިބިދެއެވެ: ((فَسُئِلُوا، فَأَفْتَوْا بِغَيْرِ عِلْمٍ، فَضَلُّوا وَأَضَلُّوا))އަދި އެމީހުނާ (އެބަހީ ޖާހިލުންނާ) ސުވާލު ކުރެތެވެ. ފަހެ ޢިލްމެވެރިކަމެއް ނެތި އެމީހުން ފަތުވާދެއެވެ. އެބައިމީހުން ވަނީ މަގުފުރެދިގެންނެވެ. އަދި މީސްތަކުން މަގުފުރައްދާލައެވެ.” މަގުފުރެދުން ވާހުށީ ދީނީ ކަންކަމުގައި ޖާހިލުކަން ވެރިވުމުންނެވެ. އަދި ޙަޤީޤީ ޢިލްމުވެރިންނަކީ އިލްމާ އެއްގޮތަށް ޢަމަލުކުރާ މީހުންނެވެ. އަދި އުއްމަތަށް އެކަން ފޯރުކޮށްދީ އެއިން ހިދާޔަތާއި ތެދުކަމުގެ މަގަށް މަގުދައްކާ މީހުންނެވެ. އެހެނީ، ޢަމަލެއް ނުވާ ޢިލްމަކީ އޭގައި ފައިދާއެއް ނެތް އެއްޗެއްކަން ކަށަވަރެވެ. އަދި ކިއެއްހެއްޔެވެ! އެކަން ވާހުށީ އެއުނގެނިގެން ހުރި މީހާއަށްވާ ނުބަޔަކަށެވެ. ދެންފަހެ ބުޚާރީ ރިވާކުރައްވާފައިވާ މި ރިވާޔަތުގައި ވަނީ: ((وَيَنْقُصُ الْعِلْمُ))[1] “ޢިލްމު މަދުވާނެއެވެ.”

ޢިލްމުވެރީންގެ ބައެއްގެ ވާހަކަ ޛިކުރު ކުރެއްވުމަށްފަހު، އިސްލާމީ ތާރީޚުގެ [ޢިލްމުވެރިއެއް ކަމުގައިވާ] الإِمَام الذَّهَبِي ވިދާޅުވިއެވެ. [ބަސްފުޅުގެ މާނައީ:] “ޢިލްމުގެ މަދު މިންވަރެއް މެނުވީ އެބޭކަލުންނަށް ލިބިގެން ނުވެއެވެ. އަދި މިއަދުގެ ޙާލަތު ދަންނައެވެ! އެމަދު ޢިލްމުގެ ކުޑަ މިންވަރެއް މެނުވީ ދެމިނެތެވެ. އެވަރުވެސް ވަނީ މަދު ބައެއްގެ އަތުގައެވެ. އަދި އެމީހުންކުރެ އެމަދު ޢިލްމަށް ޢަމަލުކުރާ މީހުންގެ މަދުކަމާއެވެ! حَسْبُنَا اللهُ وَنِعْمَ الوَكِيْل.”[2]

މިއީ ޛަހަބީގެ ޒަމާނުގެ ޙާލަތުނަމަ ފަހެ އަހުރެމެންގެ މިޒަމާނުގެ ކަންތައް ހުރީ ކިހިނަކުން ބާއެވެ؟ އެހެނީ ނަބީކަމުގެ ދައުރާ ޒަމާން ދުރުވާ ވަރަކަށް ޢިލްމުވެރިކަން ދަށްވެ ޖާހިލުކަން ވާހުށީ އިތުރުކަން ޔަޤީނެވެ. ފަހެ މިއުއްމަތުގައި އެންމެ ބޮޑަށް ދަންނަ ބައެއް ކަމުގައިވީ ﷲ ރުއްސުންލެއްވި، އަޞްޙާބު ބޭކަލުންނެވެ. އެއަށްފަހު ތާބިޢީ ބޭކަލުންނެވެ. އޭގެފަހުގައި ތާބިޢީންނަށް ތަބާވި ބޭކަލުންނެވެ. އެއީ އެންމެ ހެޔޮ ޤަރުނު ތަކެވެ. ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވާ ފަދައިންނެވެ. ((خَيْرُ النَّاسِ قَرْنِى، ثُمَّ الَّذِينَ يَلُونَهُمْ، ثُمَّ الَّذِينَ يَلُونَهُمْ))[3] މާނައީ: “އެންމެ ހެޔޮ މީސްތަކުން ވަނީ ތިމަންކަލޭގެފާނުގެ ޤަރުނުގައެވެ. ދެން އޭގެފަހުން އަންނަ ޤަރުނެވެ. ދެން، އެއަށްފަހު އަންނަ ޤަރުނެވެ.”

ދެންފަހެ ޢިލްމުވެރިކަން ދަށްވެ ޖާހިލުކަން އިތުރުވުމަށް ހުއްޓުމެއް ނާދެއެވެ. އިސްލާމްދީނުގެ ފަރުޟުތައް މީސްތަކުންނަށް ނޭނގުމާ ހަމައަށެވެ. ޙުޛައިފާ رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ((يَدْرُسُ الْإِسْلَامُ كَمَا يَدْرُسُ وَشْيُ الثَّوْبِ، حَتَّى لَا يُدْرَى مَا صِيَامٌ، وَلَا صَلَاةٌ، وَلَا نُسُكٌ، وَلَا صَدَقَةٌ؟ وَيُسْرَى عَلَى كِتَابِ اللَّهِ فِي لَيْلَةٍ، فَلَا يَبْقَى فِي الْأَرْضِ مِنْهُ آيَةٌ، وَتَبْقَى طَوَائِفُ مِنَ النَّاسِ: الشَّيْخُ الْكَبِيرُ، وَالْعَجُوزُ؛ يَقُولُونَ: أَدْرَكْنَا آبَاءَنَا عَلَى هَذِهِ الْكَلِمَةِ؛ يَقُوْلُوْن: (لَا إِلَهَ إِلَّا اللَّهُ)، فَنَحْنُ نَقُولُهَا)) فَقَالَ لَهُ صِلَةُ: مَا تُغْنِي عَنْهُمْ: (لَا إِلَهَ إِلَّا اللَّهُ) وَهُمْ لَا يَدْرُونَ مَا صَلَاةٌ، وَلَا صِيَامٌ، وَلَا نُسُكٌ، وَلَا صَدَقَةٌ؟ فَأَعْرَضَ عَنْهُ حُذَيْفَةُ، ثُمَّ رَدَّدهَا عَلَيْهِ ثَلَاثًا، كُلَّ ذَلِكَ يُعْرِضُ عَنْهُ حُذَيْفَةُ، ثُمَّ أَقْبَلَ عَلَيْهِ فِي الثَّالِثَةِ، فَقَالَ: يَا صِلَةُ! تُنْجِيهِمْ مِنَ النَّارِ ثَلَاثًا))[4] މާނައީ: “ހެދުން ވިޔަން ދަސްކުރާ ފަދައިން އިސްލާމްކަން ދަސްކުރެއެވެ. ރޯދަ އާއި ނަމާދާއި ޙައްޖާއި ޒަކާތުގެ އިތުރު ކަމެއް އެނގެން ނުޖެހޭ މިންވަރަށެވެ. ދެން އެއްރެއްގައި ﷲގެ ފޮތް އަރުއްވާގަނެއެވެ. ބިންމަތީގައި އެއިން އެއްވެސް އާޔަތެއް އިތުރަކަށް ނޯވެއެވެ. އަދި މުސްކުޅިންނާއި ދެބައިއުމުރުން މަތީ މީހުން ދެމިތިބެއެވެ. އެމީހުން ބުނެއެވެ: ތިމަންމެންގެ ކާބަފައިން މިކަލިމަ: (لَا إِلَهَ إِلَّا اللَّهُ) ކިޔާއުޅުނުތަން ތިމަންމެން ދުށީމުއެވެ. ފަހެ ތިމަންނާމެންވެސް އެފަދައިން ކިޔައިއުޅެމެވެ. އެކަލޭގެފާނަށް ޞިލަތު[5] ވިދާޅުވިއެވެ. ނަމާދެއް ރޯދައެއް ޙައްޖެއް އަދި ޒަކާތެއް ނުދަންނަ ބަޔަކަށް (لَا إِلَهَ إِلَّا اللَّهُ) ގެ މަންފާއެއް ނުކުރާނެތެވެ. ޙުޛައިފާގެފާނު އެކަލޭގެފާނާ ދެކޮޅު ހެއްދެވިއެވެ. އެކަލޭގެފާނު އެވާހަކަ ތިންފަހަރު ތަކުރާރު ކުރެއްވިއެވެ. އެހުރިހާ ފަހަރެއްގައިވެސް ޙުޛައިފާގެފާނު އެކަލޭގެފާނާ އެއްބަސްވެ ވަޑައި ނުގެންނެވިއެވެ. އެއަށްފަހު ތިންވަނައަށްވީ ފަހަރު އިސްނަންގަވައި ވިދާޅުވިއެވެ. އޭ ޞިލަތެވެ. އެބައިމީހުން ނަރަކައިން މުއްތި ކުރެއްވޭނެއެވެ. [މިފަދައިން] ތިންފަހަރު ވިދާޅުވިއެވެ.”

ޢަބްދުﷲ ބިން މަސްޢޫދު رضي الله عنه ވިދާޅުވިއެވެ. ((لَيُنْزَعَنَّ الْقُرْآنُ مِنْ بَيْنِ أَظْهُرِكُمْ؛ يُسْرَى عَلَيْهِ لَيْلًا، فَيَذْهَبُ مِنْ أَجْوَافِ الرِّجَالِ، فَلَا يَبْقَى فِي الْأَرْضِ مِنْهُ شَيْءٌ))[6] މާނައީ: “ތިޔަބައިމީހުންގެ ބުރަކަށިތަކުން ޤުރުއާން ބޭލުއްވޭ ހުއްޓެވެ. ރޭގަނޑެއްގައި އެއުފުއްލެވި މީސްތަކުންގެ އެތެރެހަށިންވެސް އެހިނގައިދާނެތެވެ. ފަހެ ބިންމަތީގައި އެއިން އެއްވެސް މިންވަރެއް ދެމި ނޯންނާނެއެވެ.”

އިބްނު ތައިމިއްޔާ ވިދާޅުވިއެވެ. [އެބަސްފުޅުގެ މާނައީ:] “ފަހުޒަމާނުގައި ހިތާއި ފޮތުން އެ [ޤުރުއާން] އުފުއްލެވޭނެއެވެ. ފަހެ އެއިން ކަލިމައެއް ހިތްތަކުގައި ނުވާ ހުއްޓެވެ. އަދި މުޞްޙަފުތަކުގައި އެއިން އަކުރެއް ވެސް ނުވާނެއެވެ.”[7]

މިކަންކަމުންކުރެ އެންމެ ބޮޑު ކަމަކީ ﷲ ތަޢާލާގެ ނަންފުޅުވެސް ބިންމަތީގައި ނުކިޔުމެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި ކަމުގައި އަނަސް رضي الله عنه ގެ ރިވާކުރައްވާފައި ވާފަދައިންނެވެ. ((لَا تَقُومُ السَّاعَةُ حَتَّى لَا يُقَالَ فِي الْأَرْضِ: اللهُ، اللهُ))[8] “ﷲ އެވެ ﷲ އެވެ މިފަދައިން ނުބުނެވިއްޖައުމަށް ދާންދެން ޤިޔާމަތް ޤާއިމް ނުވާހުއްޓެވެ.”

އިބްނު ކަޘީރު ވިދާޅުވެއެވެ. [ބަސްފުޅުގެ މާނައީ:] “މިޙަދީޘާމެދު ދެބަސްފުޅެއް ވެއެވެ:

ފުރަތަމައީ: އެއްވެސް މީހަކު މުންކަރާތަށް އިންކާރު ނުކުރުމެވެ. އަދި މުންކަރާތަކަށް އަރައިގަނެވޭ ހިނދު އެކަކުވެސް އެކަން މަނާ ނުކުރުމެވެ. މިބަސްފުޅުން އެމާނަ ކުރެއެވެ: ((حَتَّى لَا يُقَال: اللهُ، اللهُ)) “ﷲއެވެ ﷲއެވެ ނުކިއިއްޖެއުމާ ހަމައަށެވެ.” ޢަބްދުﷲ ބިން ޢުމަރުގެ އިސްވެދިޔަ ޙަދީޘްގައި ވާފަދައިންނެވެ: ((فَيَبْقَى فِيهَا عَجَاجَةٌ؛ لَا يَعْرِفُونَ مَعْرُوفا، وَلَا يُنْكِرُونَ مُنْكَرًا))[9] “ގޮތެއްފޮތެއް ނެތް ބަޔަކު ދެމި ތިބެއެވެ. ހޮޔަކަމެއް ނޭނގޭޙާލު މުންކަރާތަށް އިންކާރެއް ނުކުރެއެވެ.”

ދެވަނަ ބަސްފުޅަކީ: ބިންމަތީގައި ﷲ ގެ ޛިކުރު ނުކުރެވުމެވެ. އަދި އެކަލާނގެ އިސްމުފުޅު މީސްތަކުން ނުވެސް ދަތުމެވެ. އެއީ ޒަމާން ގޯސްވެސް މުޅި އިންސާނިއްޔަތު ހަލާކުވެގެން ދިއުމުންނެވެ. ކުފުރާއި ފާސިޤުކަމާއި އުރެދުން އިތުރުވުމުގެ ސަބަބުންނެވެ.”[10]

=ނުނިމޭ=

__________________________________________

[1] ((صحيح البخاري))، كتاب الأدب، باب حسن الخلق والسخاء وما يكره من البخل، (10 / 456 – مع الفتح).

[2]  [ބައްލަވާ:] ((تذكرة الحفاظ)) (3 / 1031).

[3]  ((صحيح مسلم))، كتاب فضائل الصحابة، باب فضل الصحابة رضي الله عنهم ثم الذين يلونهم، (16 / 86 – مع شرح النووي).

[4]  ((سنن ابن ماجه))، كتاب الفتن، باب ذهاب القرآن والعلم، (2 / 1344 – 1345)، والحاكم في ((المستدرك)) (4 / 473)، وقال: ((هذا حديث صحيح على شرط مسلم، ولم يخرجاه))، ووافقه الذهبي.

[5] އެއީ أَبُو العَلَا އެވެ. ނުވަތަ أَبُوْ بَكْر بن صِلَةُ بن زُفَرُ العَبْسِيّ الكُوْفِي އެވެ. ތާބިޢި ބޭކަލުންގެ ބޮޑެކެވެ. ހިތުދަސްކުރުމުގެ ބާރުގަދަ ތެދުވެރި، މާތް ބޭކަލެކެވެ. عمَّار بن يَاسِر އާއި حُذَيْفَة بن اليَمَان އާއި ابْنُ مَسْعُود އާއި ابن عَبَّاس އާއި علِي ގެފާނުގެ އަރިހުންވެސް ރިވާކުރައްވާފައި ވެއެވެ. އަވަހާރަވެ ވަޑައިގެންނެވީ ހަތްދިހައިގެ އަހަރުތަކުގައެވެ. މާތް ﷲ އެކަލޭގެފާނަށް ރަޙްމަތް ލައްވާށިއެވެ.

ތަރުޖަމާ ބައްލަވާ: ((تهذيب التهذيب)) (4 / 437)، و ((تقريب التهذيب)) (1 / 370).

[6]   رواه الطبراني، ورجاله رجال الصحيح؛ غير شداد بن معقل، وهو ثقة. ((مجمع الزوائد)) (7 / 329 – 330).

وقال ابن حجر: ((سنده صحيح، ولكنه موقوف)). ((فتح الباري)) (13 / 16).

قلت: مثله لا يقال بالرأي، فحكمه حكم المرفوع.

[7]    [ބައްލަވާ:] ((مجموع فتاوى ابن تيمية)) (3 / 198 – 199).

[8]  ((صحيح مسلم))، كتاب الإيمان، باب ذهاب الإيمان آخر الزمان، (2 / 178 – مع شرح النووي).

[9]   ((مسند أحمد)) (11 / 181 – 182 – شرح أحمد شاكر)، وقال: ((إسناده صحيح)).

و ((مستدرك الحاكم)) (4 / 435)، وقال: ((هذا حديث صحيح على شرط الشيخين، إن كان الحسن سمعه من عبد الله بن عمرو))، ووافقه الذهبي)).

[10]   [ބައްލަވާ:] ((النهاية / الفتن والملاحم)) (1 / 182) تحقيق د. طه زيني.