[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

سورة الكافرون ގެ ތަފްސީރު – 1

بِسْمِ اللَّـهِ الرَّ‌حْمَـٰنِ الرَّ‌حِيمِ

 

قُلْ يَا أَيُّهَا الْكَافِرُ‌ونَ ﴿١﴾ لَا أَعْبُدُ مَا تَعْبُدُونَ ﴿٢﴾ وَلَا أَنتُمْ عَابِدُونَ مَا أَعْبُدُ ﴿٣﴾ وَلَا أَنَا عَابِدٌ مَّا عَبَدتُّمْ ﴿٤﴾ وَلَا أَنتُمْ عَابِدُونَ مَا أَعْبُدُ ﴿٥﴾ لَكُمْ دِينُكُمْ وَلِيَ دِينِ ﴿٦﴾

 

މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! އޭ ކާފިރުންނޭވެ! {1} ތިޔަބައިމީހުން އަޅުކަންކުރާ ތަކެއްޗަށް، ތިމަންކަލޭގެފާނު އަޅުކަމެއް ނުކުރައްވަމެވެ. {2} އަދި ތިމަންކަލޭގެފާނު އަޅުކަންކުރައްވާ ޙައްޤުވަންތަ ﷲ އަށް، އަޅުކަންކުރާ ބަޔަކު ކަމުގައިވެސް ތިޔަބައިމީހުން ނުވަމުއެވެ. {3} އަދި ތިޔަބައިމީހުން އަޅުކަންކުޅަ ތަކެއްޗަށް، އަޅުކަންކުރާ މީހަކު ކަމުގައި ތިމަންކަލޭގެފާނު ނުވަމުއެވެ. {4} އަދި ތިމަންކަލޭގެފާނު އަޅުކަންކުރައްވާ ޙައްޤުވަންތަ ﷲ އަށް، އަޅުކަންކުރާ ބަޔަކު ކަމުގައިވެސް ތިޔަބއިމީހުން ނުވަމުއެވެ. {5} ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ ދީނެވެ. އަދި ތިމަންކަލޭގެފާނަށް ތިމަންކަލޭގެފާނުގެ ދީނެވެ. {6}”

 

ބިސްމިނުގެ ތަފްސީރު ވަނީ އިސްވެ ގޮސްފައެވެ.

މިއީ ‘އިޚްލާޞް’ ދެ ސޫރަތުގެ ތެރެއިން އެއް ސޫރަތެވެ. އެހެނީ ‘އިޚްލާޞް’ ދެ ސޫރަތް ކަމަށްވާ

﴿قُلْ يَا أَيُّهَا الْكَافِرُ‌ونَ﴾ އަދި ﴿قُلْ هُوَ اللَّـهُ أَحَدٌ﴾ މި ދެ ސޫރަތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ފަތިސްނަމާދުގެ ސުންނަތުގަޔާއި،(1) މަޣްރިބް ނަމާދުގެ ސުންނަތުގަޔާއި،(2) ޠަވާފުގެ ދެ ރަކުޢަތުގައި(3) ކިޔަވާވިދާޅުވާ ކަމުގައި ވިއެވެ. އެއީ މި ދެ ސޫރަތުން ﷲ ޢައްޒަ ވަޖައްލަ އަށް އިޚްލާޞްތެރިވުން ހާމަކޮށްދިނުމާ އަދި ﴿قُلْ هُوَ اللَّـهُ أَحَدٌ﴾ ސޫރަތުގައި އެއިލާހަށް ޘަނާ ދެންނެވުމުގައި ރިވެތި ވެގެންވާ ފުރިހަމަ ސިފަތަކުން މުޚާޠަބު ކުރައްވާފައިވާ ވާތީއެވެ.

﴿قُلْ يَا أَيُّهَا الْكَافِرُ‌ونَ﴾

މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! އޭ ކާފިރުންނޭވެ!”

މި އާޔަތުގައި މިވަނީ ކާފިރުވީ މީސްތަކުން އެއީ ކާފަރުންކަން އިޢުލާނު ކުރެވި، އެނަމުން އެބައިމީހުންނަށް ގޮވިގެން ދެއެވެ.

﴿يَا أَيُّهَا الْكَافِرُ‌ونَ﴾ “އޭ ކާފިރުންނޭވެ!”

މިފަދައިންނެވެ.

މި ނިދާގައި، (އެބަހީ: މި ގޮވާލުމުގައި) އެންމެހާ ކާފިރުން ހިމެނެއެވެ. މުޝްރިކުންނާއި، ޔަހޫދީންނާއި، ނަޞާރާއިންނާއި، ކޮމިއުނިސްޓުންނާއި އަދި އެނޫންވެސް އެންމެހާ ކާފިރުންނެވެ. ކޮންމެ ކާފިރެއްވެސް އޭނާގެ ޙާޟިރުގައި، އޭނާގެ ކާފިރުކަމާއި ޝިރުކުން އަދި އޭނާގެ އަޅުކަންތަކުން ބަރީއަވުމަށްޓަކައި، ތިބާގެ ހިތުންނާއި ދުލުން އޭނާއަށް ‘ކާފިރު’ ކިޔާ ގޮވުން ވާޖިބުވާނެއެވެ.

=ނުނިމޭ=

________________________________________________________

 

  1. أخرجه مسلم ، كتاب صلاة المسافرين ، باب بيان استحباب ركعتي سنة الفجر ، وبيان ما يستحب أن يقرأ فيها (726)(98).
  2. أخرجه الترمذي ، كتاب الصلاة ، باب ما جاء في الركعتين بعد المغرب والقراءة فيهما (431) وقال: حديث غريب. وابن ماجه ، أبواب إقامة الصلوات ، باب ما يقرأ في الركعتين بعد المغرب (1166).
  3. أخرجه مسلم , كتاب الحج ، باب حجة النبي صلى الله عليه وسلم (1218)(147).

މިއީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه الله ލިޔުއްވާފައިވާ سورة الكافرون  ގެ ތަފްސީރުގެ ތަރުޖަމާއެވެ.

މިލިޔުމުގެ އެހެންބައިތައް