﴿لَا أَعْبُدُ مَا تَعْبُدُونَ﴾ ﴿وَلَا أَنتُمْ عَابِدُونَ مَا أَعْبُدُ﴾ ﴿وَلَا أَنَا عَابِدٌ مَّا عَبَدتُّمْ﴾ ﴿وَلَا أَنتُمْ عَابِدُونَ مَا أَعْبُدُ﴾ މިތަނުގައި މިވަނީ ކޮންމެ އާޔަތެއްވެސް ދެފަހަރު ތަކުރާރުވެގެން އައިސްފައެވެ.
﴿لَا أَعْبُدُ مَا تَعْبُدُونَ﴾
މާނައީ: “ތިޔަބައިމީހުން އަޅުކަންކުރާ ތަކެއްޗަކަށް، ތިމަންކަލޭގެފާނު އަޅުކަމެއް ނުކުރައްވަމެވެ.”
އެބަހީ: ބުދުތަކެވެ.
﴿وَلَا أَنتُمْ عَابِدُونَ مَا أَعْبُدُ﴾
މާނައީ: “އަދި ތިމަންކަލޭގެފާނު އަޅުކަންކުރައްވާ އިލާހަށް، އަޅުކަންކުރާ ބަޔަކު ކަމުގައިވެސް ތިޔަބައިމީހުން ނުވަމުއެވެ.”
އެބަހީ: ﷲ ތަޢާލާއެވެ.
﴿مَا أَعْبُدُ﴾ މިތަނުގައި “مَا” އައިސްފައި އެވަނީ “مَنْ” ގެ މާނާގައެވެ. އެހެނީ اِسْمُ الْمَوْصُوْل (އިސްމުލްމައުޞޫލް) ލަފްޡުލްޖަލާލާ (ﷲ) އަށް ނިސްބަތްކުރާނަމަ އަންނާނީ “مَنْ” މި ލަފްޡުގައެވެ.
﴿لَا أَعْبُدُ مَا تَعْبُدُونَ﴾ ﴿وَلَا أَنتُمْ عَابِدُونَ مَا أَعْبُدُ﴾
މާނައީ: “ތިމަންކަލޭގެފާނުން ތިޔަބައިމީހުން ތިޔަ އަޅުކަންކުރާ ބުދުތަކަށް އަޅުކަން ނުރުކަމެވެ. އަދި ތިޔަބައިމީހުންވެސް ﷲ އަށް އަޅުކަންކުރާ ބަޔަކުކަމުގައި ނުވެއެވެ.”
﴿وَلَا أَنَا عَابِدٌ مَّا عَبَدتُّمْ﴾ ﴿وَلَا أَنتُمْ عَابِدُونَ مَا أَعْبُدُ﴾ މި ދެ އާޔަތް ތަކުރާރު ކުރައްވާފައި އެވަނީ ތައުކީދެއްގެ ގޮތުގައި (އެބަހީ: ކުރީގެ އާޔަތަށް ބާރުދޭ އާޔަތެއްގެ ގޮތުގައި) ކަމަށް ހީކުރާ މީހަކު ހީކޮށްފާނެއެވެ. ނަމަވެސް އެފަދައަކުން ނޫނެއެވެ. މި ދެ އާޔަތުގެ ޞީޣާ ތަފާތެވެ. ﴿لَا أَعْبُدُ مَا تَعْبُدُونَ﴾ މި އާޔަތުގައި އެވަނީ “أَعْبُدُ” ފިޢުލެވެ. (އެބަހީ: ކަމެވެ.) ނަމަވެސް ﴿وَلَا أَنَا عَابِدٌ مَّا عَبَدتُّمْ﴾ މި އާޔަތުގައި މިވަނީ “عَابِدٌ” “عَابِدُونَ” އިސްމެވެ. (އެބަހީ: ނަމެވެ.) ތައުކީދު ކަމުގައި ވާނަމަ ފަހު އާޔަތްވެސް އަންނަންޖެހޭނީ ކުރީގެ އާޔަތާ އެއްވެސް ތަފާތެއް ނެތި ހަމަ އެގޮތަށެވެ. އެހެންކަމުން މި ދެ އާޔަތް ތަކުރާރުވެގެން އައިސްފައިވަނީ ތައުކީދެއްގެ ގޮތުގައި ކަމަށް ބުނާ ބުނުން ޟަޢީފު ވީއެވެ. (އެބަހީ: އެބަހުގައި ވަރުގަދަކަމެއް ނެތެވެ.) އެހެންކަމަށްވާނަމަ މި ދެ އާޔަތް ތަކުރާރުކޮށް ބާވައިލެއްވުމުގެ ސަބަބަކީ ނުވަތަ ފައިދާއަކީ ކޮބާ ތޯއެވެ؟
ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި
﴿لَا أَعْبُدُ مَا تَعْبُدُونَ﴾
މާނައީ: “ތިޔަބައިމީހުން އަޅުކަންކުރާ ތަކެއްޗަކަށް، ތިމަންކަލޭގެފާނު އަޅުކަމެއް ނުކުރައްވަމެވެ.”
އެބަހީ: މިހާރެވެ.
﴿وَلَا أَنَا عَابِدٌ مَّا عَبَدتُّمْ﴾
މާނައީ: “އަދި ތިޔަބައިމީހުން އަޅުކަންކުޅަ ތަކެއްޗަށް، އަޅުކަންކުރާ މީހަކު ކަމުގައި ތިމަންކަލޭގެފާނު ނުވާނަމެވެ.”
އެބަހީ: މުސްތަޤަބަލެވެ.
އެހެންކަމުން ﴿لَا أَعْبُدُ مَا تَعْبُدُونَ﴾ ނިސްބަތްވަނީ މިހާރަށެވެ. (މިވަގުތަށެވެ. މިޒަމާނަށެވެ.) ﴿وَلَا أَنَا عَابِدٌ مَّا عَبَدتُّمْ﴾ ނިސްބަތްވަނީ މުސްތަޤަބަލަށެވެ. (ކުރިއަށް އޮތް ދުވަސް ތަކަށެވެ.) އެހެނީ “أَعْبُدُ” فِعلُ مُضَارِع (ފިޢުލުމުޟާރިޢު) ދަލީލުކޮށްދެނީ މިވަގުތެވެ. މިހާރެވެ. އަދި اِسْمُ الْفَاعِل (އިސްމުލްފާޢިލު) “عَابِدٌ” ދަލީލުކޮށްދެނީ މުސްތަޤަބަލެވެ. އޭގެ ދަލީލަކީ فِعلُ مُضَارِع (އޭގެ ފަހަތަށް އަންނަ ކަލިމަތަކުގައި) އަސަރު ކުރުމެވެ. ނަމަވެސް اِسْمُ الْفَاعِل މުސްތަޤްބަލުގެ މާނަ ދޭހަވާ ކަންތައްތަކުގަ ނޫނީ (އޭގެ ފަހަތަށް އަންނަ ކަލިމަތަކުގައި) އަަސަރު ނުކުރެއެވެ.
﴿لَا أَعْبُدُ مَا تَعْبُدُونَ﴾ ﴿وَلَا أَنتُمْ عَابِدُونَ مَا أَعْبُدُ﴾ މާނައަކީ މިހާރެވެ.
﴿وَلَا أَنَا عَابِدٌ مَّا عَبَدتُّمْ﴾ ﴿وَلَا أَنتُمْ عَابِدُونَ مَا أَعْبُدُ﴾ މާނައަކީ މުސްތަޤުބަލުގައެވެ.
ނަމަވެސް މި ބުނުމާ ނުވަތަ މި ބަހާ ތަޢާރުޟުވާ އެހެން ބަހެއް މިބަހާދެކޮޅަށް އައިސްފައި ވެއެވެ. އެއީ ﴿وَلَا أَنتُمْ عَابِدُونَ مَا أَعْبُدُ﴾ މާނައީ: “އަދި ތިމަންކަލޭގެފާނު އަޅުކަންކުރައްވާ އިލާހަށް، އަޅުކަންކުރާ ބަޔަކު ކަމުގައިވެސް ތިޔަބައިމީހުން ނުވަމުއެވެ.” އެބައިމީހުން އީމާންވެ، ﷲ އަށް މުސްތަޤުބަލުގައި އަޅުކަންކޮށްފާނެ ނަމަވެސް، މިފަދައިން ﷲ ތަޢާލާ ބާވައިލެއްވީ ކީއްވެތޯއެވެ؟ އެހެންކަމުން މި ބަހުގައިވެސް ޟަޢީފު (ބަލިކަށި) ކަމެއް އެބަ ވެއެވެ.
=ނުނިމޭ=
________________________________________________________
މިއީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه الله ލިޔުއްވާފައިވާ سورة الكافرون ގެ ތަފްސީރުގެ ތަރުޖަމާއެވެ.