[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނިފާޤުކަން 1

nifaq

މުއައްލިފުގެ މުޤައްދިމާ

الحمد لله رب العالمين. والصلاة والسلام على نبينا محمد. وعلى آله وصحبه أجمعين

أما بعد:

ފަހެ ހަމަކަށަވަރުން ނިފާޤްކަމަކީ ބޮޑުވެގެންވާ ބަލިމަޑުކަމެކެވެ. ނުރައްކާތެރި މަގުއޮޅުމެކެވެ. ފެތުރިފައިވާ ބޮޑުނުބައިކަމެކެވެ. އެއީ ހިތްތައް ފަސާދަކުރާ ބަލިތަކުގެ ތެރެއިން އެންމެ ނުރައްކާތެރި އެއް ބައްޔެވެ. އަދި ކިއެއްތަ! އެންމެ ނުރައްކާތެރި ބައްޔަށްވެސް ވެދާނެއެވެ. ފަހެ އިންސާނާ އޭނާގެ ނަފްސު ނިފާޤްކަމުގެ ތެރެއަށްދާކަށް ނުރުހޭނެއެވެ. ނަމަވެސް އޭނާ އޭގެ ތެރެއަށް ހުށަހެޅިގެންދަނީ އޭނާ އެކަން ނުދަނެހުއްޓައެވެ. ޚާއްޞަކޮށް ޢަމަލުތަކުގެ ނިފާޤުގައެވެ. އޭގެ މާނައަކީ އެ އިންސާނާ އެ ނިފާޤްކަމާއި ކުރިމަތިލުމުގައި ނުކުޅެދި ފަސްޖެހެންވީ ވާހަކައެއް ނޫނެކެވެ. ފަހެ މި ނިފާޤްކަމުން އަމިއްލަ ނަފްސު ސަލާމަތްކުރަން މަސައްކަތް ނުކުރާ މީހާ އެހަދަނީ ގޯހެކެވެ. އޭގެ ސަބަބުން އޭނާ ހުރިހާ ރަނގަޅު ސިފަތަކަކުން ދުރުކުރެއެވެ. އަދި ހުރިހާ ހެޔޮ ޢަމަލަތަކަކުން މަޙްރޫމް ކުރެއެވެ. އަދި މަތިވެރިވެގެންވާ އަޚްލާޤުން ދުރުކުރެއެވެ. އެމީހާއަކީ މީސްތަކުން ނަފުރަތުކުރާ، މަލާމަތްލިބިގެންވާ މީހަކަށް ވެއްޖައުމަށް ދާންދެނެވެ. އެކަމަށްޓަކައި ނިފާޤުގެ އަހުލުވެރިންގެ ޙަޤީޤަތް ބަޔާންކޮށް އެމީހުންގެ ސިފަތަކުގެ ވާހަކަ ޚަބަރުދާރު ކުރެވިގެންވާ ސޫރަތެއް ކީރިތި ޤުރްއާނުގައި އައިސްފައިވެއެވެ.

މިފޮތުގައި ﷲގެ އިރާދަފުޅާއިއެކު ނިފާޤްކަމުގެ ތަޢުރީފާއި އޭގެ ވައްތަރުތަކާއި މުނާފިޤުންގެ ސިފަތަކާއި އެކަމުން ސަލާމަތްވާނެ މަގުތަކަށް ބަލައިލެވިފައިވާނެއެވެ.

އެހެންކަމުން މިފޮތް އެކުލަވައިލާ ނެރުމުގައި އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވަމެވެ.

وصلى الله وسلم على نبينا محمد

محمد صالح المنجد

=ނުނިމޭ=

މިލިޔުމުގެ އެހެނިހެން ބައިތައް