[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަރަކަ 33

17760

  1. ޙުކުމް ކުރުމުގައި އަނިޔާވެރިވުން

ﷲ ތަޢާލާ އިސްލާމީ ޝަރީޢަތް ބާވާލެއްވީ އެޝަރީޢަތުގައިވާ ގޮތަށް މީސްތަކުންގެ މެދުގައި ޢަދުލުވެރިކަމާއެކު ޙުކުމް ކުރުމަށެވެ. އަދި ޢަދުލުވެރިވުމަށް އެކަލާނގެ ވަނީ އަމުރުކުރައްވާފައެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ.

(إِنَّ اللَّـهَ يَأْمُرُ بِالْعَدْلِ وَالْإِحْسَانِ …) [سورة النحل 90]

މާނައީ: ” ހަމަކަށަވަރުން ﷲ އަމުރުކުރައްވަނީ ޢަދުލުވެރިވުމަށާއި އަދި އިޙްސާންތެރިވުމަށެވެ….”

އަދި އެކަލާނގެ ވަނީ ޤާޟީންނާއި އަދި ވެރީންގެ މައްޗަށް ޢަދުލުވެރިވުން ފަރުޟު ކުރައްވައި އަނިޔާވެރިވުން ޙަރާމް ކުރައްވާފައެވެ.

އެކަލާނގެ ވަޙީކުރެއްވިއެވެ.

(إِنَّ اللَّـهَ يَأْمُرُكُمْ أَن تُؤَدُّوا الْأَمَانَاتِ إِلَىٰ أَهْلِهَا وَإِذَا حَكَمْتُم بَيْنَ النَّاسِ أَن تَحْكُمُوا بِالْعَدْلِ…) [سورة النساء 58]

މާނައީ:  ” ހަމަކަށަވަރުން، އަމާނަތްތައް، އޭގެ  އަހުލުވެރިންނަށް އަދާކުރުމަށް،  ﷲ ތިޔަބައިމީހުންނަށް އަމުރުކުރައްވަތެވެ. އަދި، މީސްތަކުންގެ މެދުގައި ތިޔަބައިމީހުން ޙުކުމްކުރާނަމަ، ޢަދުލުވެރިކަމާއެކު ޙުކުމްކުރުމަށްވެސް، އަމުރުކުރައްވަތެވެ.”

އަދި އެކަލާނގެ ވަނީ ޢަދުލުވެރިކަމާއި އަދި ޙައްޤަށް ހުކުމް ނުކުރާ މީހުން ނަރަކަޔަށް ދާންޖެހޭނެކަން އަންގަވާފައެވެ.

ރަސޫލު ﷲ صلى الله عليه وسلم ހަދީޘްކުރެއްވިއެވެ.

(القضاةُ ثلاثةٌ : واحدٌ في الجنَّةِ ، واثنان في النَّارِ ؛ فأما الذي في الجنَّةِ ، فرجلٌ عرف الحقَّ فقضى به . ورجل عرَف الحقَّ ، فجارَ في الحُكمِ ، فهو في النَّارِ ، ورجلٌ قضى للناسِ على جهلٍ فهو في النَّارِ)1

މާނައީ: “ޤާޟީން ބެހިގެންދަނީ ތިންބަޔަކަށެވެ. އޭގެތެރެއިން އެއްބަޔަކު ސުވަރުގެއަށެވެ. އަދި އަނެއް ދެބައި ނަރަކަޔަށެވެ. ފަހެ ސުވަރުގޭގައި ވާ މީހުންނަކީ ޙައްޤު އެނގުމަށްފަހު އެއާއި އެއްގޮތަށް ޙުކުމް ކުރި މީހުންނެވެ. އަދި ޙައްޤު އެނގުމަށްފަހު އޭނާގެ ހުކުމްގައި އެހެންމީހުންނަށް އަނިޔާވެރިވި މީހުންވަނީ ނަރަކައިގައެވެ. އަދި ހަމައެފަދައިން ޖާހިލު ކަމާއެކު (ޢިލްމާއި ނުލައި) މީސްތަކުންގެ މެދުގައި ޙުކުމްކުރި ޤާޟީވެސް ވަނީ ނަރަކައިގައެވެ.”

 =ނުނިމޭ=

 މިލިޔުމުގެ އެހެނިހެން ބައިތައް ބައްލަވާ

                                                                                                      

[1] رواه أبو داود