الحمد لله رب العالمين. والصلاة و السلام على حبيبنا محمد و آله و صحبه أحمعين و بعد:
ޢައްލާމާ އިބުނު އަލްޢުޘައިމީން ރަޙިމަހުﷲ ބަޔާންކުރައްވައެވެ.
“އިމާމު ރުކޫޢުގައި ވަނިކޮށް، މީހަކު އައިސް ކޮޅަށްހުރެ، އިޙުރާމް ބަން ތަކުބީރު ކިޔައެވެ. އެޔަށްފަހު އޭނާ ރުކޫޢަށް ދެއެވެ. މި ޙާލަތުގައި ތިން ޙާލަތަކުން މެނުވީ ބޭރު ނުވާހުއްޓެވެ.
ފުރަތަމައީ: އިމާމު ރުކޫޢުން ތެދުވުމުގެ ކުރިން، އިމާމާއި އެކު ރުކޫޢު ލިބުނުކަން ޔަޤީންވުމެވެ. އޭރުން އޭނާއަށް (މައުމޫމަށް) ރަކުޢަތް ލިބުނީއެވެ. އަދި ސޫރަތުލް ފާޠިޙާ ކިޔުން އޭނާގެ ކިބައިން އެދިޔައީއެވެ. (ނުކިޔެވިޔަސް ރަކުޢަތް ލިބުނީއެވެ.)
ދެވަނައީ: އިމާމު ތެދުވުމުގެ ކުރިން އޭނާއަށް(މައުމޫމުއަށް) ރުކޫޢު އިމާމުއާއި އެކު ލައްވާނުލާކަން ޔަޤީންވުމެވެ. އެހެންކަމުން އޭނާއަށް އެރަކުޢަތް ގެއްލުނީއެވެ. (އެރަކުޢަތް އަލުން އަދާކުރަން ޖެހޭނެއެވެ)
ތިންވަނައީ: އިމާމު ރުކޫޢުގައި ވަނިކޮށް އިމާމާއި އެކު ލައްވާލިތޯ ނުވަތަ ނޫންތޯ ޝައްކުވުމެވެ. އިމާމާއި އެކު ރުކޫޢު ލިބުނުނަމަ ރަކުޢަތް ލިބޭ ހުއްޓެވެ. (އެރަކުޢަތް އަލުން އަދާކުރާކަށް ނުޖެހޭނެއެވެ.) އަދި އިމާމާއި އެކުގައި ރުކޫޢު ލައްވާލުމުގެ ކުރިން އިމާމު ތެދުވިނަމަ، ރަކުޢަތް ގެއްލުނީއެވެ.
މިތަނުން ދެކޮޅުން ކުރެ ކޮޅަކަށް ބުރަވެވިއްޖެނަމަ (އެބަހީީ ބޮޑަށް ކުރެވުނީ މިޔަނިކޮޅެއްކަން ޔަޤީންވެއްޖެނަމަ) އެކަމުގެ މައްޗަށް ބިނާކޮށް ނަމާދު ނިންމައި ސަލާމްދޭނީއެވެ. އެޔަށްފަހު ކުށު ސަޖިދަޖަހައި ސަލާމްދޭނީއެވެ. ނަމާދުން އެއްވެސް މިންވަރެއް ނުގެއްލޭ ޙާލަތުގައި މެނުވީއެވެ. އެ ހާލަތުގައި އޭނާގެ މައްޗަށް ކުށު ސަޖިދަ ޖެހުމެއްނުވެއެވެ.
ދެކޮޅުން ކުރެ ކޮޅަކަށް ބުރަ ނުވެވިއްޖެނަމަ، އެންމެ މަދުމިންްވަރު(ޔަޤީނުންވެސް ކުރެވުނު މިންވަރު)ގެ މައްޗަށް ބިނާކޮށް(އެއީ ރަކުޢަތެއް ނުކުރެވުނު ކަމުގެ މައްޗަށް ބިނާކޮށް)، ނަމާދު ނިންމައި، (ސަލާމްދީނުމުގެ ކުރިން) ކުށު ސަޖިދަ ޖަހައި، ސަލާމްދޭނީއެވެ.
(ސަލާމް ދިނުމުގެ ކުރިން ޝައްކު ފިލައިފިއްޔާ ހަދާނީ ކިހިނެއް؟)
އިތުރު ނުކުތާއެއް: މަތީގައި ބަޔާންވި ތަފުޞީލުގައިވާ ފަދައިން ނަމާދުގައި ޝައްކުވެ އެކަމުގެ މައްޗަށް ބިނާކޮށް، ނުވަތަ އެންމެ މަދުމިންވަރު(ޔަޤީންވާ މިންވަރުގެ) މައްޗަށް ޢަމަލުކޮށް ނުވަތަ ބޮޑަށް ބުރަވެވޭ ކޮޅަށް ބިނާކޮށް ނަމާދުކުރަމުން ގޮސް، (ނަމާދު ނުނިމެނީސް) އޭނާއަށް ނަމާދު ކުރެވުނީ ބަރާބަރަށް ކަމަށް، އިތުރަށްވެސް އަދި މަދުކޮށްވެސް ނުކުރެވޭކަން ޔަޤީންވެއްޖެނަމަ، އޭނާގެ މައްޗަށް ކުށު ސަޖިދަޖެހުމެއް ނުވާހުއްޓެވެ. އެއީ (ޙަންބަލީ)މަޒުހަބުގައިވާ އެންމެ އިތުބާރުހުރި މަޝްހޫރު (ފިޤުހީ ރިވާޔަތުގައި ވާ ފަދައިން) ސަޖިދަ ޖަހަން ލާޒިމުކުރާ ސަބަބު ކަމުގައިވާ ޝައްކު ފިލުމުގެ ސަބަބުންނެވެ.
އަނެއް ރިވާޔަތުގައި ބުނެވެއެވެ: އޭނާގެ މަތިން ސަޖިދަ ޖެހުން ފިލައިގެން ނުދާހުއްޓެވެ.(ޔަޤީން ވިޔަސް ސަޖިދަ ޖަހަން ޖެހޭނެއެވެ. އެއީ) ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘް ބަސްފުޅުގައިވާ ފަދައިން ޝައިތާނާ އާއި ދެކޮޅުވެރިވުމުގެ މައްޗަށެވެ. (ޙަދީޡް ބަސްފުޅުގައި ވެއެވެ. (وَإِنْ كَانَ صَلَّى إِتْمَامًا لِأَرْبَعٍ كَانَتَا تَرْغِيمًا لِلشَّيْطَانِ)(1) “އަދި އޭނާ ކުރީ ހަތަރު ރަކުޢަތް ކަމުގައިވާނަމަ، އެއީ ޝައިޠާނާއާއި ދެކޮޅަށްވާ ދެސަޖިދައެވެ.” (2)
ސަބަބަކީ އޭނާގެ ނަމާދު ކުރިއިރު، ނަމާދުގެ ބައެއް ޝައްކުވެ ހުރެ ކުރީތީއެވެ. ރާޖިޙު ޤައުލަކީ މިއެވެ. (އެބަހީީ އިސްވެ ބަޔާންވެ ދިޔަ ދެ ގޮތުގެ ތެރެއިން އެންމެ ރަނގަޅު ބުނުމަކީ މިއެވެ.)
އޭގެ މިޘާލެއް: މީހަކު ނަމާދު ކުރަމުން ދަނިކޮށް އޭނާ ކުރަމުން އެދަނީ ދެވަނަ ރަކުޢަތްތޯ ނުވަތަ ތިންވަނަ ރަކުޢަތްތޯ ޝައްކު އުފެދިއްޖެއެވެ. އަދި ޝައްކުވީ ދެކޮޅުން ކުރެ އެއްވެސް ކޮޅަކަށް ބުރައެއްނުވެވުނެވެ. ދެން އެއީ ދެވަަަނަ ރަކުޢަތް ކަމުގައި ބަލައި(ކުރެވުނު މަދުމިންވަރަކީ ޔަޤީން ޢަދަދު ކަމަށް ނިންމައި)، އޭގެ މައްޗަށް ބިނާކޮށް ނަމާދު ފުރިހަމަކޮށްފިއެވެ. އެޔަށްފަހު އޭނާއަށް ޔަޤީންވީ (ޝައްކު އުފެދުނު އިރު) އަޞްލު ޙަޤީޤަތުގައިވެސް އޭނާއަށް ހުރެވުނީ ދެވަަނަ ރަކުޢަތުގައިކަމެވެ. (ޙަންބަލީ) މަޒުހަބުގައިވާ މަޝްހޫރު ޤައުލަކީ އެޙާލަތުގައި ކުށު ސަޖިދަ ޖަހަން ނުޖެހުމެވެ.
(ނަމަވެސް) ދެވަނަ ޤައުލުގައިވާ ފަދައިން އޭނާގެ މައްޗަށް ސަލާމްދިނުމުގެ ކުރިން ކުށު ސަޖިދަ ޖަހަންޖެހޭނެއެވެ. އެއީ އަޅުގަނޑު(އިބުނު އަލްއުޘައިމީން ރަޙިމަހުﷲ) ރާޖިޙުކުރެއްވި ބަސްފުޅުގެ މައްޗަށެވެ. (ނުނިމޭ.)
_________________
- رواه مسلم (571). كتاب المساجد، باب السهو في الصلاة.
- (މިތަނުގައި ދަލީލު ނެގޭ ވަޖުހަކީ އޮތްވަރަށް ކުރެވުނު ކަމުގައިވީނަމަ އެއީ ޝައިޠާނާއާއި ދެކޮޅަށް ޖެހޭ ސަޖިދައެކެވެ. މިބަސްފުޅެވެ. އެހެނީ އެސަޖިދައިން އުނިކަމެއްނުވެއެވެ.)
މިފޮތުގެ އިތުރު ބައިތައް ވިދާޅުވެލައްވާ.
ދެން އަންނަ ބައެއްގައި:
(އިމާމުގެ ފަހަތުގައި ތިބޭ މައުމޫމުންގެ މައްޗަށް ކުށު ސަޖިދަޖެހުން)