ޓެޓޫ ޖެހުމަކީ ހުއްދަކަމެއް ހެއްޔެވެ؟
ޖަވާބު:
އަލްވަޝްމު (ޓެޓޫ ޖެހުން) އަކީ: ކައްޓަކުން ހަންގަނޑު ތޮރުފާފައި އަލްކޮހޮލްފަދަ މާއްދާއެއް އެތެރެއަށް ފޮނުވާލައި ހަމުގެ ކުލަ ނޫކުލަ ނުވަތަ ފެހިކުލަފަދަ ކުލައަކަށް ބަދަލުކުރުމެވެ.
އެއީ ޙަރާމްކަމެއްކަމުގައި ޢިލްމުވެރިންވަނީ އިޖުމާޢުވެފައެވެ. (المغني 1 / 94)
އިމާމު ބުޙާރީއާއި މުސްލިމު ޢަބްދުﷲ ބުން މަސްޢޫދު ގެ އަރިހުން ރިވާކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
“لَعَنَ اللَّهُ الْوَاشِمَاتِ، وَالْمُسْتَوْشِمَاتِ، وَالْمُتَنَمِّصَاتِ وَالْمُتَفَلِّجَاتِ لِلْحُسْنِ، الْمُغَيِّرَاتِ خَلْقَ اللَّهِ” [متفق عليه]
މާނައީ: “ޓެޓޫ ޖަހައިދޭ އަންހެނުންނާއި (ހަށިގަނޑުގައި) ޓެޓޫ ޖަހާ އަންހެނުންނާއި ބުމަ އުފުރާ އަންހެނުންނާ އަދި ރީތިކަންދެއްކުމަށްޓަކައި ދަތްތައް ދުރުކުރާ އަންހެނުންނާއި، ﷲ ގެ ޚަލްޤު ބަދަލުކުރާ އަންހެނުންނަށް ﷲ ލަޢުނަތް ލެއްވިއެވެ.” (1)
ފަޟީލަތުއްޝައިޚު މުޙައްމަދު ޞާލިޙުލް މުނައްޖިދު
____________________________________
(1) މިބަސްފުޅުގައިވާ ކަންތައްތަތަކީ އަންހެނުންނާ އަދި ފިރިހެނުންނަށްވެސް ނަހީކުރެވިފައިވާ ކަންތައްތަކެވެ. ނަމަވެސް ޚާއްޞަގޮތެއްގައި އަންހެނުންގެ ވާހަކަ ބަޔާންކުރެވިފައިވަނީ އެ ޒަމާނުގައި ޢާންމުކޮށް އެކަންކޮށް އުޅުނީ އަންހެނުންކަމުގައިވާތީއެވެ. والله أعلم