ނިފާޤުކަމަށް ބިރުވެތިވުން
ޞަޙާބީބޭކަލުންނާއި އޭގެ ފަހުން އައި ޞާލިޙްބޭކަލުން ނިފާޤުކަމަށް ނުހަނު ބިރުވެތިވިއެވެ. އެގޮތުން އަބުއްދަރްދާއު (رضي الله عنه) އެކަލޭގެފާނުގެ ނަމާދުގައި އައްތަޙިއްޔާތަށް ފަހުގައި ނިފާޤުކަމުން ރައްކާތެރިކޮށްދެއްވުމަށް އެދި ﷲގެ ހަޟްރަތުގައި ދުޢާކުރައްވައެވެ. އަދި އެގޮތަށް ދުޢާކުރެއްވުން ގިނަކުރައްވާ އުޅުއްވައެވެ. އެހިނދު އޭގެ ތެރެއިން ބޭކަލަކު އެކަލޭގެފާނަށް ވިދާޅުވިއެވެ. އޭ އަބުއްދަރްދާއު އެވެ! ކަލޭގެފާނާއި ނިފާޤް ތޯއެވެ! އެހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނު މިގޮތުގައި ދޫކޮށްލާށެވެ. ﷲ ގަންދީ ހުވާކޮށްފަ ބުނަމެވެ. ހަމަކަށަވަރުން މީހާ އެނާގެ ދީނުން ގަޑިއިރެއްގެ ތެރޭގައި މަގުފުރެދި ބޭރުވެދާނެއެވެ.
عَنْ حَنْظَلَةَ الْأُسَيِّدِيِّ، قَالَ: – وَكَانَ مِنْ كُتَّابِ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ – قَالَ: لَقِيَنِي أَبُو بَكْرٍ، فَقَالَ: كَيْفَ أَنْتَ؟ يَا حَنْظَلَةُ قَالَ: قُلْتُ: نَافَقَ حَنْظَلَةُ، قَالَ: سُبْحَانَ اللهِ مَا تَقُولُ؟ قَالَ: قُلْتُ: نَكُونُ عِنْدَ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، يُذَكِّرُنَا بِالنَّارِ وَالْجَنَّةِ، حَتَّى كَأَنَّا رَأْيُ عَيْنٍ، فَإِذَا خَرَجْنَا مِنْ عِنْدِ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، عَافَسْنَا الْأَزْوَاجَ وَالْأَوْلَادَ وَالضَّيْعَاتِ، فَنَسِينَا كَثِيرًا، قَالَ أَبُو بَكْرٍ: فَوَاللهِ إِنَّا لَنَلْقَى مِثْلَ هَذَا، فَانْطَلَقْتُ أَنَا وَأَبُو بَكْرٍ، حَتَّى دَخَلْنَا عَلَى رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، قُلْتُ: نَافَقَ حَنْظَلَةُ، يَا رَسُولَ اللهِ فَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ «وَمَا ذَاكَ؟» قُلْتُ: يَا رَسُولَ اللهِ نَكُونُ عِنْدَكَ، تُذَكِّرُنَا بِالنَّارِ وَالْجَنَّةِ، حَتَّى كَأَنَّا رَأْيُ عَيْنٍ، فَإِذَا خَرَجْنَا مِنْ عِنْدِكَ، عَافَسْنَا الْأَزْوَاجَ وَالْأَوْلَادَ وَالضَّيْعَاتِ، نَسِينَا كَثِيرًا فَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «وَالَّذِي نَفْسِي بِيَدِهِ إِنْ لَوْ تَدُومُونَ عَلَى مَا تَكُونُونَ عِنْدِي، وَفِي الذِّكْرِ، لَصَافَحَتْكُمُ الْمَلَائِكَةُ عَلَى فُرُشِكُمْ وَفِي طُرُقِكُمْ، وَلَكِنْ يَا حَنْظَلَةُ سَاعَةً وَسَاعَةً» ثَلَاثَ مَرَّاتٍ (الكتب » صحيح مسلم» كتاب التوبة » باب فضل دوام الذكر والفكر في أمور الآخرة والمراقبة وجواز ترك ذلك في بعض الأوقات والاشتغال بالدنيا)
މާނައީ: ހަންޡަލާ (رضي الله عنه) ގެ އަރިހުން އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނާއި އަބޫބަކުރުގެފާނު ބައްދަލުވެވަޑައިގެން ވިދާޅުވިއެވެ. އޭ ހަންޡަލާއެވެ. ކަލޭގެފާނުގެ ޙަލަކީ ކޮބައިތޯއެވެ! ދެންނެވިއެވެ. ހަންޡަލާ ނިފާޤުވެއްޖެއެވެ. އަބޫބަކުރުގެފާނު ދެންނެވިއެވެ. ސުބުޙާނަﷲ! ތިޔަ ވިދާޅުވީ ކީކޭތޯއެވެ؟ ދެންނެވިއެވެ. ތިމަންމެން ރަސޫލާ (صلى الله عليه وسلم) ގެ އަރިހުގައި ވީމެވެ. ތިމަންމެންނަށް ނަރަކައާއި ސުވަރުގެ ހަނދާންކޮށްދެއްވި ހިންދު އެތަންތަން ލޮލުކުރިމަތީގައި ފެންނަކަހަލައެވެ. ފަހެ ތިމަންމެން އެކަލޭގެފާނުގެ އަރިހުން ނިކުމެވަޑައިގެން ތިމަންމެންގެ އަނބިކަނބަލުންނާއި ދަރިކަލުންނާއި ދުނިޔަވީ ކަންކަމުގައި މަޝްޣޫލްވުމުގެ ސަބަބުން އޭގެ ތެރެއިން ގިނަ ވާހަކަތައް ހަނދާން ނެތެއެވެ. އަބޫބަކުރުގެފާނު ވިދާޅުވިއެވެ. ﷲ ގަންދީ ހުވާކޮށްފަ ބުނަމެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނަށްވެސް ތިޔަގޮތަށް ވަރަށް ގިނައިން ކަންތައް ދިމާވެއެވެ. އެހިނދު ތިމަންކަލޭގެފާނާއި އަބޫބަކުރުގެފާނު ރަސޫލާ (صلى الله عليه وسلم) ގެ އަރިހަށް ވަޑައިގަތީމެވެ. އަދި ދެންނެވީމެވެ. ހަންޡަލާ ނިފާޤުވެއްޖެއެވެ. އޭ ﷲގެ ރަސޫލާއެވެ. އެހިނދު ރަސޫލާ) صلى الله عليه وسلم) ދެންނެވިއެވެ. ތިބާއަށް ކިހިނެތްވީތޯއެވެ؟ ތިމަން ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއެވެ. ތިމަންމެން ރަސޫލާ (صلى الله عليه وسلم) ގެ އަރިހުގައި ވީމެވެ. ތިމަންމެންނަށް ނަރަކައާއި ސުވަރުގެ ހަނދާންކޮށްދެއްވި ހިންދު އެތަންތަން ލޮލުކުރިމަތީގައި ފެންނަކަހަލައެވެ. ފަހެ ތިމަންމެން އެކަލޭގެފާނުގެ އަރިހުން ނިކުމެވަޑައިގެން ތިމަންމެންގެ އަނބިކަނބަލުންނާއި ދަރިކަލުންނާއި ދުނިޔަވީ ކަންކަމުގައި މަޝްޣޫލްވުމުގެ ސަބަބުން އޭގެ ތެރެއިން ގިނަ ވާހަކަތައް ހަނދާން ނެތެއެވެ. އެހިނދު އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. “ތިމަންކަލޭގެފާނުގެ ނަފްސު އެފަރާތެއްގެ އަތްޕުޅުގައިވާ ފަރާތް ގަންދެއްވާ ޙަދީޘްކުރައްވަމެވެ. ތިމަންކަލޭގެފާނުގެ އަރިހުގައި ތިޔަބައިމީހުން ތިބޭޙާލުގައި އެގޮތުގައި ތިޔަބައިމީހުން ދެމިތިބޭ ކަމުގައިވަނީ ނަމަ އަދި ޒިކުރުގެ މަތީގައި ދެމިތިބޭނަމަ ހަމަކަށަވަރުން މަލާއިކަތުން ތިޔަބައިމީހުންގެ ތަންމަތިތަކާއި ހިނގާއުޅޭ މަގުތަކުން ތިޔަބައިމީހުންނާއި ސާލާމްކުރައްވާނެއެވެ. އެހެނެއްކަމަކު އޭ ހަންޡަލާއެވެ. ވަގުތަކަށްފަހު ވަގުތެކެވެ” ތިންފަހަރު ތަކުރާރު ކުރެއްވިއެވެ
މިތަނުގައި (نافق حنظلة) ނުވަތަ ހަންޡަލާގެފާނު ނިފާޤުވެއްޖެއޭ ބުނެވޭ ބަހުގެ މާނައަކީ އެކަލޭގެފާނަށްވެސް މުނާފިޤަކަށް ވެދާނެކަމުގެ ބިރު އޮންނަވާހަކެއެވެ. އެހެނީ ރަސޫލާ (صلى الله عليه وسلم) ގެ މަޖިލީހުގައި އެކަލޭގެފާނު އިންނަވާއިރު ބިރުވެތިވެއެވެ. އަދި އެކަލޭގެފާނުގެ ކިބައިން ނަފްސު ޙިސާބުކުރުމާއި ވިސްނާފިކުރުކުރުމާއި އާޚިރަތައް ތައްޔާރުވުމުގެ އަސަރު ފާޅުވެއެވެ. އެހެންނަމަވެސް އެ މަޖިލިހުން ނުކުތުމާއިއެކު އަނބިކަނބަލުންނާއި ދަރިކަނަބލުންނާއި ދުނިޔަވީ ކަންކަމުގައި މަޝްޣޫލުވެގެންދެއެވެ. އެހެނީ ނިފާޤުގެ އަސްލަކީ އެތެރޭގައި ފޮރުވިފައިވާ ނުބައިކަމަކާއި ޚިލާފަށް ބޭރުފުށުން ދައްކާ ފާޅުކުރުމެވެ. އެހެންވެ އެކަލޭގެފާނުވެސް އެކަލޭގެފާނަށް އެކުރިމަތިވާ ކަންތައްތައް އެއީ ނިފާޤަށް ވެދާނެކަމަށް ބިރުވެތިވީއެވެ. އެހެންވެ ނަބިއްޔާ (صلى الله عليه وسلم) އެބައިމީހުންނަށް އެއީ ނިފާޤު ނޫންކަމުގައި ބަޔާންކޮށްދެއްވިއެވެ. އެހެނީ އެބައިމީހުން އެކަލޭގެފާނުގެ އަރިހުގައި ތިބޭ ޙާލަތުގައި ދެމިތިބުމުގެ ތަކްލީފް އެބައިމީހުންނަށް ޖެއްސެވިގެން ނުވެއެވެ. (ساعة و ساعة) (އެބަހީ: އެއްވަގުތުގައި އެހެނެވެ. އަނެއް ވަގުތުގައި މިހެނެވެ.)
=ނުނިމޭ=