الحمد لله والصلاة والسلام على رسول الله وعلى آله وصبحه أجمعين.
قال الله تعالي: أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ حَقَّ تُقَاتِهِ وَلَا تَمُوتُنَّ إِلَّا وَأَنتُم مُّسْلِمُونَ [آل عمران : ١٠٢]
ﷲ ގެ ވަޙީ ބަސްފުޅުގެ މާނައިގައިވެއެވެ. : އޭ އީމާންވި މީސްތަކުންނޭވެ! އެކަލާނގެއަށް ތަޤްވާވެރިވުން ޙައްޤުވެގެންވާ ގޮތުގައި ތިޔަބައިމީހުން ﷲ އަށް ތަޤްވާވެރި ވާށެވެ! އަދި މުސްލިމުން ކަމުގައިވާ ޙާލުގައި މެނުވީ، ތިޔަބައިމީހުން މަރުނުވާ ހުށިކަމެވެ.”
وقال تعالى: مَن جَاءَ بِالْحَسَنَةِ فَلَهُ خَيْرٌ مِّنْهَا وَهُم مِّن فَزَعٍ يَوْمَئِذٍ آمِنُونَ [النمل : ٨٩]
މާނައީ: “ހެޔޮކަމައިގެން އަތުވެއްޖެމީހާ ދަންނާށެވެ! ފަހެ، އެމީހަކަށް އެއަށްވުރެ ހެޔޮވެގެންވާ ޘަވާބު (އާޚިރަތުގައި) ހުށްޓެވެ. އަދި އެދުވަހުން، އެބައިމީހުންވަނީ ހުރިހައި ބިރުވެރި ކަމަކުން އަމާންކަން ލިބިގެންނެވެ.”
وقال تعالى:إِنَّ هَـٰؤُلَاءِ يُحِبُّونَ الْعَاجِلَةَ وَيَذَرُونَ وَرَاءَهُمْ يَوْمًا ثَقِيلًا [الإنسان : ٢٧]
މާނައީ: ހަމަކަށަވަރުން، މިބައިމީހުން ދުނިޔޭގެ ދިރިއުޅުމަށް ލޯބިކުރެއެވެ. އަދި ބުރަދަންހުރި ދުވަހެއް އެބައިމީހުންގެ ފަހަތަށް ދޫކޮށްލައެވެ.
“ޤިޔާމަތްދުވަސް، ހަމަކަށަވަރުން ވަނިވިދުވަސް” މިފޮތަކީ “ދަރުމަ” މަޖައްލާގައި ސިލްސިލާކޮށް އަޅުގަނޑު ލިޔެފައިވާ ލިޔުންތަކެއްގެ މައްޗަށް ބިނާކޮށްގެން އެކުލަވާލެވިފައިވާ ފޮތެކެވެ. “ދަރުމަ” މަޖައްލާގައި މިލިޔުންތަކުގެ ސުރްޚީއަކަށް އޮންނާނީ ” ޤިޔާމަތްދުވަސް، ﷲގެ ޙަޟްރަތުގައި ކޮޅަށްތިބޭ ދުވަސް” މިފަދައިންނެވެ.
والحمد لله رب العالمين.
1430 – 2009
އައްޝައިޚު އާދަމް ނަސީމް – رحمه الله –
ފޮތުގެ ނަން | ޤިޔާމަތް ދުވަސް: ހަމަކަށަވަރުން ވަނިވި ދުވަސް |
ތަރުޖަމާކުރީ | އައްޝައިޚު އާދަމް ނަސީމް (ބީއޭ ނަސީމް) – رحمه الله |
ޞަފްޙާގެ ޢަދަދު | 201 ޞަފްޙާ |
ފައިލް ސައިޒް | 4.31 MB |
(މިއީ dhisalafiyyah.net އާ ޝައިޚު ހިއްސާ ކުރައްވާފައިވާ ފޮތެކެވެ.)